Irumathee Ghoutage Emme Bodu Avah Syria Sifain Hifaifi
vfp.mv
VFPBAAZAARU
MIB
MIB
އިރުމަތީ ޣޫތާގެ އެންމެ ބޮޑު އަވަށް ސީރިއާ ސިފައިން ހިފައިފި
inage
ޣޫތާ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން---ފޮޓޯ:އޭއެފްޕީ
  ދުނިޔެ | މެދުއިރުމަތި | 11 މާޗް 2018 | 0 ކޮމެންޓް
އިރުމަތީ ޣޫތާގެ އެންމެ ބޮޑު އަވަށް މެސްރަބާ ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. Dhiraagu
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރިސޯސަސްއިން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި އަސްކަރިއްޔާއިން މިހާރު ދަނީ މެސްރަބާގެ ކައިރީގައި ހުރި ދަނޑުބިންތަކާ ދިމާލަށް ކުރިއަށް ޖެހެމުންނެވެ.

ސީރިއާގެ ގައުމީ ޓީވީން ބުނެފައިވާ ގޮތުގައި ޣޫތާގެ މެދުތެރޭގައި އަސްކަރިއްޔާއިން ދަނީ ވަރުގަދައަށް ހަރަކާތްތެރިވަމުންނެވެ.

ޣޫތާގައި ސީރިއާ ސަރުޔކާރުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 1002 މީހަކުވަނީ މަރުވެފައެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރިސޯސަސްއިން ރިޕޯޓު ކުރާ ގޮތުގައި އޭގެތެރޭގައި 215 ކުޑަކުދިންނާއި 145 އަންހެނަކު ހިމެނެއެވެ.

ޣޫތާގައި ދެމުންދާ ހަމަލާތައް ހުއްޓާ ނުލާނެ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އައްސަދުވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި
ހަނގުރާމައިގައި ޒަހަމްވެ ފައި ބުރިކޮށްލަން ޖެހުނު 8 އަހަރުގެ މާޔާގެ ވާހަކަ
27 ޖޫން 2018
ދިމިޝްގު އެއާޕޯޓަށް އިޒްރާއީލުން މިސައިލު ހަމަލާއެއް ދީފި
26 ޖޫން 2018
ސީރިއާއަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފި
7 ޖޫން 2018
އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްފި ނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރުދީފި
25 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]