Emme Rangalhee adu harukoh Bismi kiun: Fathuva
vfp.mv
VFPBAAZAARU
MIB
MIB
އެންމެ ރަނގަޅީ އަޑު ހަރުކޮށް ބިސްމި ކިއުން: ފަތުވާ
inage
އިސްލާމީ މަރުކަޒު
  ދީން | | 9 މާޗް 2018 | 6 ކޮމެންޓް
ނަމާދު ކުރުމުގައި އަޑު ހަރުކޮށް ޤުރުޢާން ކިޔަވާ ނަމާދު ތަކުގައި ފާތިހާ ސޫރަތް ކިޔެވުމުގެ ކުރިން އަޑު ހަރުކޮށް ބިސްމި ކިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ. muni
އަންގާރަ ދުވަހު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުއްވި ފަތުވާގައި ބުނެފައިނީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ކީރިތި ރަސޫލާ ސޫރަތުލް ފާތިހާ ކިޔަވާ ވިދާޅުވާއިރު ބިސްމި ބާރަށް ވިދާޅުވިކަން އަދި ބައެއް ފަހަރު ސިއްރުން ވިދާޅުވި ކަން ވެސް އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ ކަމުގައެވެ.

ރައްޔިތުންގެ ދީނާ ވަހްދަތު އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުން އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ބިސްމި ބާރަށް ކިޔުން ކަމަށްވެސް ފަތުވާގައި ބުނެފައި ވެއެވެ.

އެގޮތަށް ނިންމާފައިވަނީ ރާއްޖޭގައި ފަރްއީ ހުކުމްތަކުގައި އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބްގައިވާ ގޮތަށް ކަމަށްވާތީކަމަށްވެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފައި ވެއެވެ.
ގުޅުންހުރި
މިރޭ ބޮޑު ޖަމާއަތުގައި މަޤްރިބް ނަމާދު ކުރަނީ
19 ޑިސެންބަރ 2017
ޔޫއޭއީގައި އިސްތިސްގާ ނަމާދުކޮށްފި
11 ނޮވެންބަރ 2017
އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފި
3 ޖޫން 2017
ހިޔާލު

ގުޅުންހުރި
ގޫޑް އެމްބެސެޑަރު
މަޖިލީހުގެ ފަތުވާއާ އެއްގޮތަށް މަޖިލީހުގެ މުވައްޒަފުން ޢަމަލެއް ނުކުރޭ! އިސްލާމީ މަރުކަޒުގެ އިމާމުން މިގޮތަކަށްނޫން އަމަލުކުރަނީ.
ތަކުރުފާނު
ކޮބާ ކޮންއިރަކު މިހިނގާ ފަސާދަތަކާ ދެކޮޅަށް ފަތުވާ އެއްނެރޭނީ؟ ބިސްމިކިޔާފަ ހުއްޓާލުމަކުން ނެތޭ ނިމޭކަށް
މަންސޫރު
އެންމެ ރަނގަޅީ ސިއްރުން ބިސްމިކިޔުން ކަމުގާ ލިޔެފައިވާ އެތެއް ފޮތެއް އިސްލާމިކު މިނިސްޓްރީން އެޕްރޫވް ކޮށްފައެބެހުރި. އެފޮތްތަކުގެ ހުއްދަވެސް ބާތިލްކުރަންވާނެ
ތަކުރުފާނު
މުސްކުޅިޔަކު ނިކުމެ ހަޅެލެވީމަ ކާކު އަޑު އަހަނީ. މިކަލޭގެ ކާރިން ކާކުތަ އެހީ އެންމެ ރަގަޅުގޮތް ބުނެދޭން ފެށީ. ޢަބްދުﷲ ޔާމީނަށް ރަގަޅުގޮތް ބުނެދީބަލަ. މިހާރު ހުރިހާ ކަންތައް ހުސްވެގެން މިސްކިތާ ފޮށެން މަގޭ ދީނަށް ގޮވަމުން ފެށީދޯ
މައުމޫން ޢަބްދުލް ޤައްޔޫމް
Emme Rangalhy Sirrun Bismi kiyun. http://shaafiu.press/archives/5686 via @muhammadshaafiu
މަރިޔަމް
ލޮލް...ތިޔަ ބުނާ ފަތުވާ ކޮމިޓީ އޮތް މީގެ ކުރިންވެސް، އޭރު ޝާފިއީ މަޒްހަބް ބޭނުންވާ ގޮތަށް ނުފެނުނީބާ!!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]