First Ladyge Sadhagaathu Foundationah Hajju Quota Dhinumugai Corruptioneh Nei: ACC
vfp.mv
VFPBAAZAARU
HM
HM
ސަދަގާތު ފައުންޑޭޝަނަށް ހައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަނެއް ނެތް
inage
ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް---ފޮޓޯ:ރައީސް އޮފީސް
  ހަބަރު | ސިޔާސީ | 6 މާޗް 2018 | 7 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުންގެ ސަދަގާތު ފައުންޑޭޝަނަށް އިސްލާމިކް މިނިސްޓްރީގެ ބޭނުމަށް ނެގި ހައްޖު ކޯޓާތަކެއް ދިނުމުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ. kobadoctor
ސަދަގާތު ފައުންޑޭޝަނަށް 2016 ވަނަ އަހަރު 50 ކޯޓާ ދިން ކަމަށް ބުނާ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމާފައިވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެ މައްސަލަ ނިންމުމަށްފަހު އޭސީސީން ބުނެފައިވަނީ ހައްޖު ކޯޓާތައް ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ.

އޭސީސީން ބުނެފައިވަނީ 2016 ވަނަ އަހަރު ދަރުމައަށް މަސައްކަތް ކުރާ ފަރާތަކަށް އިސްލާމިކް އެފެއާޒްގެ ބޭނުމަށް ރިޒާވްކޮށްފައިވާ 400 ކޯޓާއިން 63 ކޯޓާ ހަމަޖައްސާދީފައިވާ ކަމަށެވެ.

"މިނިސްޓްރީއަށް ރިޒާވްކުރާ ކޯޓާ ބެހުމުގެ އުޞޫލުގައި ދަރުމައަށް އެދި މަސައްކަތްކޮށްދޭ ފަރާތްތަކަށް ޙައްޖު ކޯޓާ ދޫކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާތީ މިމައްސަލައިގައި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބުނާފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް މިކޮމިޝަންގެ ތަޙްޤީޤަށް ބެލެވެން ނެތުމުން، އެންޓި -ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު ގެ 25 ވަނަ މާއްދާގެ )ހ( ގެ )1 )ވަނަ ނަންބަރުގައިވާ ފަދައިން މިމައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މި މައްސަލަ ނިންމީއެވެ،" އޭސީސީން ބުނެފައިވެއެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި 2017 ވަނަ އަހަރު ވެސް ސަދަގާތު ފައުންޑޭޝަނަށް ހައްޖު ކޯޓާތަކެއް ދީފައިވެއެވެ.
ގުޅުންހުރި
ގިނަ އަދަދެއްގެ ބަޔަކާއެކު ރައީސްގެ އަނބިކަނބަލުން ބްރިޖް ހުރަސް ކުރައްވައިފި
2 ސެޕްޓެމްބަރ 2018
ވެރިކަން ނުލިބިއްޖެނަމަ ފަސްޓްލޭޑީގެ އެހީ ހުއްޓިދާނެކަމުގެ އިޝާރާތެއް ކުރައްވައިފި
13 އޯގަސްޓު 2018
މިނިވަންދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރު ގޭގައި
25 ޖުލައި 2018
ރައީސްގެ ދެކަނބަލުން ބައްސަވާ ހަދިޔާތައް ތައްޔާރު ކުރުމުގައި މެންބަރުން
14 ޖޫން 2018
ހިޔާލު

ރާކަނި
އެންޓި ކޮރަޕްޝަންގެ ރައީސް އޭ ކިޔާ މީހަކަށް ފްލެޓް ދިނުމުގައިވެސް ކޮރަޕްޝަންއެއް ނެތެއްނޫންތޯ؟ ކާކުތޯ ދައްކަނީ ކޮރަޝަން އެބައޮތޭ.
އަހުމަދު
މިއީ ހައްޖަށް މީހުންފޮނުވާ ޖަމާޢަތެއްތަ. ނޫނީ ޤައުމުގައި ކުރަންޖެހޭ ހުރިހާކަމެއްކުރާ ކުރަންޖެހެނީ މިތަނުންތަ. ވަޒީފާ ދިނުން ހައްޖަށްފޮނުވުން ޚިތާނުކޮށްދިނުން ކަދުރުބަހައިދިނުން....،.......މިހެންގޮސް އެތަށްކަމެއް ..........
ދެން ކޮން ކަރަޕްޟަނެއް.......
ކަސަމް
މި ގައުމުގައި ދުވަހަކަުވެސް ކޮރަޕްޝަނުގެ އަމަލެއް ނުހިނގާ، ކޮރަޕްޝަނަކީ ކޯންްޗެއްކަންވެސް ގިނަބަޔަކަށް ނޭގޭ
ސާބި
ލުތުފީމެންނަކަށް މިހާރު ނުފެންނާނެ ކަރަޕްޝަނެެއް ،
ހައްވަ
ކޮރަޕްޝަނަކީ ޔާމީނުގެ ނިޔނެތި، މޫރިތި ސަރުކާރގައި އޮންނަ އެއްޗެއް ނޫން. ކާކު މޮޔަވަނީ؟
އަލީ
ގާނޫނީއިމުގެތެރެއިން ވައްކަން ވެސް ކުރެވޭދޯ
މުސްތަފާ މުހައްމަދު
ކޮރަޕްޝަން، މިލަފުޒުގެ މަފްޙޫމް ބަދަލުކުރަންއެބަޖެހޭ. މިހާރު ކޮރަޕްޝަނަކީ ކޮބައިކަން އޮޅޭ ހިސާބަށް ހިނގައްޖެ.
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]