Konme Dhuvahaku Dhonkeyo Kaanvee mi Sababuthakaa hure
vfp.mv
VFPBAAZAARU
MIB
MIB
ކޮންމެ ދުވަހަކު ދޮންކެޔޮ ކާންވީ މިސަބަބުތަކާއި ހުރެ
inage
ދޮންކެޔޮ---
  ފޭޑި | ސިއްހަތު | 3 މާޗް 2018 | 4 ކޮމެންޓް
ދޮންކެޔޮލަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާއެއް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ސިއްހީ ގިނަ ފައިދާތަކެއް ލިބޭއިރު، ކޮންމެ ދުވަހަކު ދޮންކެޔޮ ބޭނުން ކުރާނަމަ ސިއްހީ ގޮތުން ކުރިމަތިވާ ބައެއް މައްސަލަތަކަށް ހައްލު ލިބިދެއެވެ. Dhiraagu
ދޮންކެޔޮލުން ލިބޭ ސިއްހީ ބައެއް ފައިދާތައް.
•ޑިޕްރެޝަން އަށް ހައްލެއް ލިބިދޭ
ދޮންކެޔޮލަކީ ގިނަ އަދަދެއްގެ ޓްރައިޕްޓޮޕާން އެކުލެވޭ މޭވާއެއްކަމުން ހަށިގަނޑުގައި އެކުލެވޭ ސެރޮޓޮނިންގެ ސަބަބުން މީހާގެ ހާސްކަން ފިލުވައިދީ މޫޑު ރަނގަޅުވެއެވެ.

•ބޭރަށް ހިންގުމަށް ހައްލެއް
ދޮންކެޔޮލަކީ އޭގައި ގިނަ އަދަދެއްގެ ފައިބަރު އެކުލެވޭ މޭވާއެއްކަމުން ކެއުމުގައި ދޮންކެޔޮ ބޭނުންކުރާނަމަ ބޭރަށް ހިންގުމުގެ މައްސަލައަށް ހައްލެއް ލިބިދެއެވެ.

•ހިތުގެ މައްސަލަތައް
ދޮންކެޔޮލަކީ ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ލޭގެ ޕްރެޝަރު ދައްކޮށްދެއެވެ. ދޮންކެޔޮލަކީ ޕޮޓޭސިއަމް އާއި ފައިބަރު ގިނަ އަދަދަކަށް ހިމެނޭ މޭވާއެއްކަމުން ކެއުމުގައި ދޮންކެޔޮ ބޭނުންކުރާނަމަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތައް މެދުވެރިވުމުން ދުރުކޮށްދެއެވެ.

•ލޮލުގެ ފެނުން ރަނގަޅުވޭ
ދޮންކެޔޮލަކީ މިނަރަލްސްގެ ވައްތަރުތަކުގެ އިތުރުން ވިޓަމިން އޭ ފަދަ މާއްދާތައް އެކުލެވޭ މޭވާއެކެވެ. އޭގެ ސަބަބުން ލޮލުގެ ފެނުން ރައްކާތެރިކޮށްދެއެވެ.

•ހަކަތަ ލިބުން
ދޮންކެޔޮލުގައި ތަފާތު ތިން ވައްތަރެއްގެ ހަކުރު އެކުލެވެއެވެ. އޭގެތެރޭގައި ގުލްކޯޒާއި ފްރަކްޓޯޒް އަދި ސުކްރޯޒް ހިމެނެއެވެ. އެބާވަތްތަކަކީ ފައިބަރާއި ޕޮޓޭސިއަމް އެކުލެވޭ ބާވަތްތަކުގެ ހަކުރު އެކުލެވޭ ދޮންކެޔޮކަމުން އޭގެ ސަބަބުން ހަކަތަ ލިބިދެއެވެ. މިހެންކަމުން ކަސްރަތުކުރުން ނުވަތަ ކުޅިވަރު ކުޅޭ ވަގުތު ދޮންކެޔޮ ބޭނުންކުރެވިދާނެއެވެ.

ދޮންކެޔޮލަކީ މެގްނީސިއަމް އާއި ޕޮޓޭސިއަމް ފަދަ މާއްދާތަކުން މުއްސަނދިވެފައިވާ މޭވާއެއްކަމުން މައްސަރު ދުވަސްވަރު ބަނޑުގައި ރިއްސާ ރިއްސުމަށްވެސް ދޮންކެޔޮ ކާނަމަ ހައްލެއް ލިއްބައިދެއެވެ.

ގުޅުންހުރި
ޖަރާސީމުން ތަޣައްޔަރުވެފައިވާ ގަނޑުކުރި ތަރުކާރީ ރާއްޖޭގެ ބާޒާރުގައި
16 ޖުލައި 2018
އައްޑޫގައި ހަލުވި ކަމާއެކު ފާނަބަސަންދު ފެތުރެނީ
4 ޖުލައި 2018
އައިޖީއެމްއެޗްގެ މެޑިކަލް އިންޓާންޝިޕަށް ހުޅުވާލައިފި
12 ޖޫން 2018
ކަރުދަށް ކަޅުވާނަމަ ގޭގައި މިކަންތައް ކޮށްލެވިދާނެ
11 ޖޫން 2018
ހިޔާލު

ގުޅުންހުރި
ދޮންސޮރު
މިވެރިން ކޮމެންޓެއް ނުކިޔާނެ .
ހަސަނު
ދޮންކޭލަކީ، .... ރަނގަޅުގޮތް
މިސް
ދޮންކެޔޮ އެންމެ ރަގަޅަށް އިގޭނީ ނިހާނަށް
ނޭފަތުފޫޅު
ދޮންކެޔޮލަކީ - ދޮންކެޔޮލުގައި - މިހިރީ ހައްތަހާ ވެސް ގޯސް ކޮށް ލިޔެފިފައި ހުރި ބަސް ތައް. ރަނގަޅަށް ލިއުއްވުމަށް އާދަކުރައްވާ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]