2 Kidney Final Stage gai, Beynunvanee Dheelathi Ehee
vfp.mv
VFPBAAZAARU
MIB
MIB
ދެ ކިޑްނީ ފައިނަލް ސްޓޭޖުގައި، ބޭނުންވަނީ ދީލަތި އެހީ
inage
  ރިޕޯޓް | އިޖުތިމާއީ | 1 މާޗް 2018 | 0 ކޮމެންޓް
ކިޑްނީ ބަލީގެ ވޭނުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ އެކަން ދިމާވެފައިވާ ފަރާތަކަށް ނޫނީ އިހުސާސް ކުރެވޭނެ ކަމެއް ނޫނެވެ. dhi2
މާލެ، މ. މެރީލޮޖް އުމުރުން 46 އަހަރުގެ އިސްމާއިލް ސަމްރެޒް ދިޔައީ އޭނާގެ އަނބިމީހާ އާއި ލޯބިވާ ދެ ދަރީންނާއެކު އުފާވެރި ދުވަސްތަކެއް ވޭތު ކުރަމުންނެވެ. ނަމަވެސް މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން، އިސްމާއިލްގެ ލޮލުގެ ފެނުމުގައި ފުސް ކަމެއް ހުރިކަން ފާހަގަ ކުރެވުނެވެ. ޑޮކްޓަރަށް ދައްކާ ހެދި ޓެސްޓްތަކުން އެނގުނީ އިސްމާއިލްގެ ކިޑްނީގައި މައްސަލަތަކެއް ހުރި ކަމެވެ.

ޑޮކްޓަރުން އެންމެފަހުން ބުނި ގޮތުގައި އިސްމާއިލްގެ ދެ ކިޑްނީގެ ފަންގްޝަން އިންތިހާއަށް ދަށަށް ގޮސް، ދެ ކިޑްނީ ވަނީ ފައިނަލް ސްޓޭޖުގައެވެ.

ހަފުތާއަކު ދެ ފަހަރު ޑައިލެސިސް ހަދަން ޖެހިފައިވާ އިސްމާއިލް ބުނި ގޮތުގައި ކިޑްނީ ޑޯނަރެއް ހޯދުމަށް ކުރި މަސައްކަތް މިހާރު ވަނީ ކާމިޔާބުވެފައެވެ.

"އަޅުގަނޑުގެ ދޮށީ ދަރިފުޅަށް 18 އަހަރު ވެއްޖެ. ދަރިފުޅު ކިޑްނީ ޑޮނޭޓް ކުރަނީ. ކްރޮސް މެޗް ހެދޭނީ ރާއްޖެއިން ބޭރަށް ގޮސްގެން. ދަރިޔެއްވީމަ ދިމާވުމުގެ ޗާންސް ބޮޑުކަމަށް ޑޮކްޓަރުން ބުނަނީ" އިސްމާއިލް ބުންޏެވެ.

އޮޕަރޭޝަންގެ ހަރަދުތައް އާސަންދައިން ހަމަޖެހިފައި ވީނަމަވެސް އޮޕަރޭޝަން ކުރުމަށް ގައުމުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހޭއިރު އެކަމަށް ބޮޑު ހަރަދެއް ހިނގާ ކަމަށް އިސްމާއިލް ބުންޏެވެ.

"އޮޕަރޭޝަނަށް ފުރަނީ މިމަހު. މިކަމާ ގުޅޭ ގޮތުން މީގެ ކުރިން ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންކޮށްފައިވާ ބައެއް މީހުންނާ ވާހަކަ ދައްކާލިން. ބައެއް މީހުން އެބަ ބުނޭ އޮޕަރޭޝަން ކުރަން ގޮސް ހަ މަސް ދުވަސް ވަރު ހޭދަ ވާނެ ކަމަށް. އަޅުގަނޑު އޮޕަރޭޝަނަށް ދަނީ އިންޑިއާގެ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލަށް." އިސްމާއިލް ބުންޏެވެ.

އިސްމާއީލް ސަމްރެޒް އަށް އެހީތެރިކަން ފޯރުކޮށް ދޭން ބޭނުންވާ ފަރާތްތަކުން އާއިލާއާ ގުޅުމަށް އެއާއިލާއިން އެދެއެވެ.

އިސްމާއިލް ސަމްރެޒް: މޮބައިލް ނަންބަރު 7925156
އެކަައުންޓް ނަންބަރު: 101 450817 7713
ގުޅުންހުރި
އުމުރުން ދެ އަހަރުގައި ސިއްހީ މައްސަލަތަކެއް ދިމާވެ އެހީއަށް ބޭނުންވެފައި
27 ޖޫން 2018
ފަހިދޫ ބަހުސް މުބާރާތުގެ ޗެމްޕިއަން ޓީމަށް ލިބުނު ހުރިހާ ފައިސާއެއް ސާއިދުއަށް
17 ޖޫން 2018
ސާއިދުގެ ދެ ކިޑްނީ ފެއިލުވެ އާއްމުންގެ އެހީއަށް
12 ޖޫން 2018
ދެ ކިޑްނީ ފެއިލްވެފައިވާ މި މަންމަ އެހީއެއްގެ އިންތިޒާރުގައި
30 މެއި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]