SC Fandiyaarun raheenu kohfaivakamah bunaa habareh Dunya Re tweet kurah vaifi
vfp.mv
HM
HM
ފަނޑިޔާރުން ރަހީނުކޮށްފައިވާކަމަށް ބުނާ ހަބަރެއް ދުންޔާ ރިޓްވިޓް ކުރައްވައިފި
inage
ދުންޔާ މައުމޫނު
  ހަބަރު | ސިޔާސީ | 20 ފެބްރުއަރީ 2018 | 3 ކޮމެންޓް
ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ރަހީނުކޮށް ކޯޓްތައް އަސްކަރީ ބާރުގެ ދަށަށް ގެންގޮސްގެން ޖުޑިޝަރީ މިނިވަން ނުވާނެކަމަށް ބުނެފައިވާ ހަބަރެއް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ރިޓްވިޓް ކުރައްވައިފިއެވެ. kobadoctor
ސަރުކާރުގައި ތިއްބެވި އަދި ރައީސް ޔާމީނާއި އެކު ތިއްބެވި ރައީސް މައުމޫނުގެ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދުންޔާ މިހާރު ހުންނެވީވެސް ޗުއްޓީގައެވެ. ޗުއްޓީއަށް ވަޑައިގެންނެވުމުގެ ކުރިން ދުންޔާވަނީ ސަރުކާރުން އިސްތިއުފާ ދެއްވުމަށް ތައްޔާރަށް ހުންނެވިކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ދުންޔާ ރިޓްވިޓް ކުރައްވާފައިވަނީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ރަހީނުކޮށް ކޯޓްތައް އަސްކަރީ ބާރުގެ ދަށަށް ގެންގޮސްގެން ޖުޑިޝަރީ މިނިވަން ނުވާނެކަމަށް ދުންޔާއަށް ބޮޑުދައިތަ ވިދާޅުވާ ޝާހީން ހަމީދުއާއި ހަވާލާދީ ލިޔެފައިވާ ހަބަރެކެވެ.

ޝާހީން ހަމީދު އިސް ދައުރެއް އަދާ ކުރައްވާ ޕްރިމިއަ ޗެމްބާސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ރަހީނުކޮށްފައިވާ ކަމަށާއި ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ޝަރުއީ ދާއިރާ މިނިވަން ކަމަށް ނުބުނެވޭނެއެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށްޓަކާ ތެދުވެވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކާ އެކުވެރި އެހެން ވަކީލުން ވެސް ތެދުވެވަޑައިގެންނެވުމަށް ޝާހީން ގޮވާލައްވާފައިވެއެވެ.

ޝާހީންގެ ވާހަކަތަކަށް ދާއީދު ކުރައްވާކަން ދޭހަވާގޮތަށް ދުންޔާ "މިހާރު"ގެ ހަބަރު ރިޓްވިޓް ކުރައްވާފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ދިފާއިގައި އާދީއްތަ ދުވަހު ދުންޔާވަނީ ހިއުމަންރައިޓްސް ކޮމިޝަނާއިވެސް ބައްދަލު ކުރައްވާފައެވެ.
ގުޅުންހުރި
ރިޔާސީ އިންތިހާބު މިނިވަންވެދާނެ ކަމަށް ގަބޫލު ކުރަން ދަތި: ދުންޔާ
7 އޭޕްރީލް 2018
ރައީސް މައުމޫނު ވަގުތުން ގެއަށް ބަދަލުކުރަން ޖެހޭ: ދުންޔާ
4 އޭޕްރީލް 2018
ބައްޕަ ގެއަށް ބަދަލުކުރޭ: ދުންޔާ މައުމޫނު
27 މާޗް 2018
ރާއްޖޭގެ ކަންކަން ބޭރުބަޔަކު ހައްލެއް ނުކޮށްދޭނެ: ދުންޔާ
23 މާޗް 2018
ހިޔާލު

ޙަަސަން
ދުންޔާ މައުމޫނާއި ޝާހީން ހަމީދަކީ ދެބެއިންގެ ދެދަރި ބޭފުޅުން
އޭބީ
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޝާހީން އާއި ދުންޔާ އަކީ ދެބެންގެ ދެދަރި ދެބެންނެވެ. ވީމާ ޝާހީންގެ ބޮޑުދައިތައަކަށް ދުންޔާ ވާނޭގޮތެއް އޮންނާނެހެއްޔެވެ؟
އަލީ
އެމްޑީޕީ ގެ ވެރިކަމުގެ ވަޒީރުންނަށް ޓަކައި ފަޚުރުވެރި ވަން. ލިޔެކިޔުން ފޮރުވާނެ ފުރުސަތެއް ނުދީ ވެރިކަން ވައްޓާލި އިރު މި ބޭފުޅުންގެ އެއްވެސް މައްސަލަ އެއް ނުފެނުނު. ޝުކުރިއްޔާ ރައީސް ނަޝީދު އަދި ވަޒީރުން

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]