Kulli haalath 45 dhuvahah dhemigen dhaane: Raees office
vfp.mv
HM
HM
ކުއްލި ހާލަތު 45 ދުވަހަށް ދެމިގެންދާނެ: ރައީސް އޮފީސް
inage
ކުއްލި ހާލަތު 45 ދުވަހަށް ދެމިގެންދާނެ: ރައީސް އޮފީސް
  ހަބަރު | ސިޔާސީ | 19 ފެބްރުއަރީ 2018 | 8 ކޮމެންޓް
ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޤަރާރު ފާސްވެއްޖެ ނަމަ މިހާރު މިހިނގާ 15 ދުވަހާއި އެކު ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ދެމިގެން ދާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ. muni
ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރު ފާސްވެއްޖެ ނަމަ އިތުރު ފަނަރަ ދުވަހާއި އެކު ޖުމްލަ 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމިގެން ދާނެކަމަށް މިއަދު ހުށައެޅުނު ގަރާރަށް ބަލާއިރު ބެލެވިފައި ވަނިކޮށް ރައީސް އޮފީހުން މިރޭބުނީ ރައީސް ހުށައަޅުއްވާފައިވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ބޭއްވުމަށް ކަމުގައެވެ.

އެހެންކަމުން ގަރާރު މަޖިލީހުން ފާސްވެއްޖެ ނަމަ މިހާރު އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ޖުމްލަ 45 ދުވަހަށް ދެމިގެންދާނެކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު ކުރުމަށް ހުށައަޅާފައިވަނީ ޤާނޫނުއަސާސީ ޙިމާޔަތްކޮށް ޤާނޫނު ނެގެހެއްޓުމަށާއި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ގުޅުންހުރި
އެމްއެންޔޫގެ ފުރަތަމަ ޕީ.އެޗް.ޑި ދަސްވެނިންނާ ރައީސް ބައްދަލުކުރައްވައިފި
23 އޭޕްރީލް 2018
ސްކޫލްތަކުން ހޮވާ އެންމެ މޮޅު ދަރިވަރަށް ރައީސްގެ ހަނދާނީ ފިލައެއް
23 އޭޕްރީލް 2018
އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މަމްދޫހު
17 އޭޕްރީލް 2018
ހާއްސަ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
17 އޭޕްރީލް 2018
ހިޔާލު

ގާދިރު
މިގައުމައްއޮތްހަމައެކަނިކުއްލިނުރައްކަލަޖކީޔާމީން
މަސީޙު
ޔާމީނުގެ ވެރިކަން އަޅުގަނޑު އެކަނި ހުރި ނަމަވެސް މަޖިލިސް ތެރެއިން ވެއްޓުނަކަ ނުދޭނަން ، އަޅުގަނޑު ޖަލްސާއެއް ނުބާއްވާނަން
ސުހާނާ
ރައީސް މަނިކުފާނު ކުރައްވާ ކަންތައް އަމިއްލަ ފުޅައް ވިސްނަ ވާފައި ކުރިޔައް ގެން ދެވޭތޯ ބައްލަވާ
ކޮލެޖް ބޯއީ
ރައީސް ތި ގޮތަށް އެއާޕޯޓް ޓެކްސް ވެސް ބޮޑުކުރި. އެކަމަކު މަޖިލީހުން ފާސް ކުރީ މަދުން ނަގަން
ކޮލެޖް ބޯއީ
ރައީސް އަމަލު ކުރައްވަނީ އާންޓީ އާއި ބަންޑާރަ އަނިލް ދޭ ލަފާގެ މަތިން.
ޢަހްމަދު
ގާނޫނު އަސާސީ އެބަ ހިމާޔަތް ވޭ. ރައްޔިތުން ގެ ސަލާމަތަށޭ ބުނާއިރު މިގައުމުގެ ރައްޔިތުންނަށް އޮތް ހަމައެކަނި ނުރަެްކަލަކީ ޔާމީނު
ކުއްލި ނުރައްކާ
ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްގެން އުޅެނީ ޔާމީނުގެ ވެރިކަން ހިމާޔަތްކުރުމަށާއި ހިންގަމުންގެންދާ އަނިޔާވެރި ޖަރީމާތައް ދިފާޢުކުރުމައްޓަކައި އެހެންކަމުން އެްމެ ރަނގަޅުވާނީ 2018 ގައި ވޯޓުލާ ނިމެންދެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފަ ބޭއްވުން މި ނޫން ގޮތެއް ނެތް
ހެހޭ
ޑިކްޓޭޓަރުން ވަރަށް އަވަހަށް ވެއްޓޭނެ. ދުވަސްޖަހަޖަހާ ތިއްބާ ވެއްޓޭނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]