Birudhakkaa kamah bune Media thakah immigration ge inzaareh
vfp.mv
VFPBAAZAARU
HM
HM
ބިރުދައްކާކަމަށްބުނެ ބައެއް މީޑިއާތަކަށް އިމިގްރޭޝަންގެ އިންޒާރެއް
inage
ބިރުދައްކާކަމަށްބުނެ މީޑިއާތަކަށް އިމިގްރޭޝަންގެ އިންޒާރެއް
  ހަބަރު | ސިޔާސީ | 19 ފެބްރުއަރީ 2018 | 6 ކޮމެންޓް
އިމިގްރޭޝަންގެ މުވައްޒަފުންނަށް ބައެއް މީޑިއާތަކުން ބިރުދައްކާކަމަށްބުނެ އެ މީޑިއާތަކާއިމެދު ފިވަޔަޅު އެޅުމަށް މަސައްކަތް ކުރަމުން ގެންދާކަމަށްބުނެ އިމިގްރޭޝަނުން އިންޒާރު ދީފިއެވެ. muni
އިމިގްރޭޝަނުން މިހެންބުނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

ބެލެވޭ ގޮތުގައި މި ބަޔާނަކީ ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަން އިއްޔެ ލަންކާއަށް ދިއުމަށް ފުރަން ގޮސް އެއަރޕޯޓްގައި ހުއްޓާ ހައްޔަރުކުރަން އުޅުނުކަމަށްބުނެ މީޑިއާތަކުން ރިޕޯޓް ކުރިކުރުމާއި ގުޅޭގޮތުން ނެރުނު ބަޔާނެކެވެ. ކޯޓް އަމުރެއްނެތި ހުސައިން ހައްޔަރުކުރަން އުޅުނުކަމަށް ބުނިއިރު ހުސައިންހުރީ ބޯޑިންގ ކަނޑާ ބޯޓަށް އަރަން ތައްޔާރުވެގެންނެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ ހުސައިން ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމުގައެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ މީހަކު ބޯޓަށްއަރާ އިންކަމުގައި ވިޔަސް އެމީހަކު ބޯޓުން ބާލައިގެން ހުއްޓުވާނެ ކަމުގައެވެ. އަދި އިމިގްރޭޝަންގެ ގާނޫނުގެ ތެރެއިން އެބާރު ލިބިގެންވާ ކަމުގައެވެ.

ބަޔާނުގައި ބުނެފައިވަނީ ބައެއް މީޑިއާތަކައި އަދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިމިގްރޭޝަންގެ މުވައްޒަފުންނަށް ކިތަންމެ ބިރެއް ދެއްކި ކަމުގައިވީނަމަވެސް އިމިގްރޭޝަންގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި ފަސް ނުޖެހި ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގައެވެ.

އިމިގްރޭޝަންބުނީ އެ އިދާރާ ބަދުނާމުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަން ކުރިން އަންގާފައިވާނެ ކަމަށާއި އެއިދާރާއާއި ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން ގެންދާ ކަމުގައެވެ.
ގުޅުންހުރި
އިންތިއާއި އަމިތާއި ފައިސަލާއި ނަޒީރުގެ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ބާތިލު
18 ޖޫން 2018
"ވަގު ޕާސްޕޯޓެއް"ގައި ބިދޭސީ ގާތިލަކު ރާއްޖޭގައި، ނިޒާމުތައް ފެއިލްވީތަ؟
5 އޭޕްރީލް 2018
ޢަދާލަތު ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓައިފި
21 މާޗް 2018
ހިޔާލު

ގުޅުންހުރި
އެޑަމް
ޔާމިނުގެ ރުންހޯދަން ކުރާކަމެއްތީ ގަދަބަސް ބުނިކަމުގައިވިއަސް ތީ ކަރަޕްޓް ތަނެއް
ހުސެންބެ
ތިކަންވެސް ކޮށްފައޮންނާނީ އަދުރޭ ބުނެގެން. ތިއީ އުސޫލަކުން ހިނގާތަންތަނެއްނޫން.
ސިމްކާ
މިއަންވަރަކީ ހާދަ ފޮނި މީހެކޭދޯ ތިތަނުން ވަކިކުރާނެ ދުވަސް ކައިރި ވަނީ
ޢަހުމަދު
ޢިމިގްރޭޝަން ގެ ކަރަޕްޝަން ވާހަމަ ކިޔަން މާ ރީތި ވާނެއް.
ސުއްކަތުރާ
މިސަރުކާރުން މީޑިއާދެކެ މިގަންނަ ބިރެއްދޯ! މަ ހަމަ އަޖާއިބު އަންތަރީސް. މި މީހުން ކަންކަން ކުރާގޮތުން ރައީސް ޔާމީނުގެ އަގު މި ވެއްޓެނީ، ހިތުން ބެޖުޖަހަން މި މަސައްކަތް ކުރަނީ.
މަތިމަސް
އިމިގުރޭށަން އެއީ ދޮރުހުޅުވާ ލައްފަން ހޮޓާތަކުގެ ބޭރުގަ ތިބޭ މީހުންނާ އެއްޒާތެއްގެ މަސައްކަތެއް ކުރާ ބައެއް. ދެން ކޮން ފުއްޕުމެއް ތި ފުއްޕަނީ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]