Fandiyaarun Raheenkoh, Court thah Sifainge Dhashugai Judiciaryge Minivan Judiciary akahtakaa Nukunnavaa
vfp.mv
VFPBAAZAARU
MIB
MIB
ފަނޑިޔާރުން ރަހީނުކޮށްގެން ޖުޑީޝަރީ މިނިވަނެއް ނުވާނެ: ޝާހީން
inage
ޝާހީން ހަމީދު---
  ހަބަރު | އަދުލްއިންސާފު | 19 ފެބްރުއަރީ 2018 | 0 ކޮމެންޓް
ފަނޑިޔާރުން ރަހީނުކޮށް ސިފައިންގެ ބެލުމުގެ ދަށަށް ކޯޓުތައް ގެންގޮސްގެން ޖުޑީޝަރީ މިނިވަން ނުވާނެކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ހުރިހާ ގާނޫނީ ވަކީލުން ތެދުވުމަށް ގާނޫނު އަސާސީ އިސްލާހުކުރި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ގޮވާލައްވައިފިއެވެ. Dhiraagu
ޝާހީން ހަމީދު އިސް ދައުރެއް އަދާ ކުރައްވާ ޕްރިމިއަ ޗެމްބާސްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ރަހީނުކޮށްފައިވާ ކަމަށާއި ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ޝަރުއީ ދާއިރާ މިނިވަން ކަމަށް ނުބުނެވޭނެއެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމަށްޓަކާ ތެދުވެވަޑައިގަންނަވާ ކަމަށާއި އެކަމަށްޓަކާ އެކުވެރި އެހެން ވަކީލުން ވެސް ތެދުވެވަޑައިގެންނެވުމަށް ޝާހީން ގޮވާލައްވާފައިވެއެވެ.

ކުއްލި ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ހައްޔަރުކޮށްފައިވާ އިރު މިއީ އެކަމާ ދެކޮޅަށް ޝާހީން ހަމީދު ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

ކުރީގެ ރައީސް މައުމޫނަށާއި މިހާރުގެ ރައީސް އަބުދުﷲ ޔާމީނަށް ވެސް ބޮޑުބޭބެ ވިދާޅުވާ ޝާހީން އެހެން ވިދާޅުވެފައިވާ ކަމަށް ބުނެ ޕްރިމިއަ ޗެމްބާސްއިން ކުރި ޓްވިޓައެކު ބައެއް ގާނޫނީ ވަކީލުން ދަނީ ހަމަ އެމެސެޖު ސޯޝަލް މީޑިއާގައި އާއްމު ކުރަމުންނެވެ.
ގުޅުންހުރި
"ބޮޑު" މައްސަލަތަކުގެ ލިއުންތައް ހަވާލުކޮށް އިބްތިދާއީ އަޑުއެހުންތައް ފަށަނީ
9 އޭޕްރީލް 2018
އެސްއޯއީ އިއުލާންކުރީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން: ރައީސް
2 އޭޕްރީލް 2018
ކުރީގެ ސާޖެންޓު އާސިމްގެ ބަންދު އިތުރު ކުރި މައްސަލަ އިސްތިއުނާފަށް
2 އޭޕްރީލް 2018
ޝިނާނުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުން ކެންސަލްކޮށްފި
29 މާޗް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]