SAARC Parliamentarianunge Jamiyyain Kanboduvun Faalhukoh Maseehah
vfp.mv
VFPBAAZAARU
MIB
MIB
ސާކް އެމްޕީންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް މަސީހަށް ސިޓީއެއް
inage
  ހަބަރު | ސިޔާސީ | 19 ފެބްރުއަރީ 2018 | 3 ކޮމެންޓް
ރާއްޖޭގައި ހިންގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައީސުން ހިމެނޭ ޖަމިއްޔާއިން އަބްދުﷲ މަސީހަށް ސިޓީއެއް ފޮނުވައިފިއެވެ. muni
ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައީސުން ހިމެނޭ ޖަމިއްޔާގެ ރިޔާސަތު ބަލަހައްޓަވާ ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަރު ޖަޔަސޫރިޔާ މަސީހަށް ފޮނުއްވި އެސިޓީގައި ޑިމޮކްރަޓިކް ހަމަތަކާއި މަޖިލީހުގެ އިޖުރާއަތުތައް ނުރައްކަލުގެ ތެރޭގައި ވާ ކަން ފާހަގަކޮށްފައިވެއެވެ.

އޭގެއިތުރުން ކުއްލި ހާލަތު އިއުލާންކޮށް ބައެއް ފަރާތްތައް ހައްޔަރު ކުރި ކުރުމާއި، ސްޕްރީމް ކޯޓުގެ އަމުރަށް ބޯނުލެނބުމުން ގާނޫނު އަސާސީއާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް ނުރައްކާ ވެފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.

ސާކު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ރައީސުން ހިމެނޭ ޖަމިއްޔާއިން އަބްދުﷲ މަސީހަށް ސިޓީއެއް ފޮނުވި އިރު އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށް ރޭ އެކޯޓުން ވަނީ އަމުރުކޮށްފައެވެ.
ގުޅުންހުރި
"ބޮޑު" މައްސަލަތަކުގެ ލިއުންތައް ހަވާލުކޮށް އިބްތިދާއީ އަޑުއެހުންތައް ފަށަނީ
9 އޭޕްރީލް 2018
އެސްއޯއީ އިއުލާންކުރީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން: ރައީސް
2 އޭޕްރީލް 2018
ކުރީގެ ސާޖެންޓު އާސިމްގެ ބަންދު އިތުރު ކުރި މައްސަލަ އިސްތިއުނާފަށް
2 އޭޕްރީލް 2018
ޝިނާނުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުން ކެންސަލްކޮށްފި
29 މާޗް 2018
ހިޔާލު

.މަލަކުރި
.މަސީހު އަކީ ލިޔަން ކިޔަން އެގޭމީހެއްނޫން އެއީ ޗާބީދީފައި ހުންނަ ރޮބަޓެއް
Heyo
އަހަރެން އުޅެނީ ލަންކާގައި މިތަނުގައި ސަރުކާރުން ރައްޔިތުންނަށް ދޭ ޚިދުމަތް ދައްވެގެންގޮސް އެންމެ ފަހުން އެއޮތީ ސަރުކާރުގެ އަގުލަބިއްޔަތު ގެއްލިފަ
މޫސަ
ތިސިޓީ ފޮނުވިޔަސް ތީގައި ލިޔަފައިވާ އެއްޗެއް އެގޭ މީހަކު މި ގައުމުގައި ނުހުންނާނެ. ގައުމުގައި ގިނައީ ޖާހިލުން.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]