Qaraaru Faas Kurumah Idhikolhu Memberunnah Rishvathu Dheyn Ulhey Kamah Thuhumathu Koffi
vfp.mv
VFPBAAZAARU
MIB
MIB
ގަރާރު ފާސް ކުރަން މެންބަރުންނަށް ރިޝްވަތު ދޭން އުޅޭ ކަމަށް ތުހުމަތުކޮށްފި
inage
އިދިކޮޅު މެންބަރުންތަކެއް---
  ހަބަރު | ސިޔާސީ | 19 ފެބްރުއަރީ 2018 | 4 ކޮމެންޓް
ކުއްލި ހާލަތުގެ ގަރާރު ފާސް ކުރުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަ ކުރުމަށް އިދިކޮޅު ބައެއް މެންބަރުންނަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް ބުނެފިއެވެ. kobadoctor
އިދިކޮޅު މެންބަރުންނަށް އެކިއެކި ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް ވިދާޅުވީ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒެވެ.

އިދިކޮޅު ޕީޖީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުގައި އެ ހުށަހެޅުންތައް ހުށަހަޅަމުންދަނީ ސަރުކާރައި ސަރުކާރަށް ތާއީދު ކުރާ ވިޔަފާރިވެރިން ކަމަށެވެ.

"އެބަ މައުލޫމާތު ލިބޭ އިދިކޮޅުގެ މެންބަރުންނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުންތަކެއް ލިބެމުންދާ ކަމުގެ، ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ސަރުކާރާއި ސަރުކާރަށް ތާއިދު ކުރާ ބައެއް ވިޔަފާރިވެރިން އަމަލުކުރަމުންދާ ކަމަށް،" ރިޔާޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މިއަދުގެ ޖަލްސާ ބޮއިކޮޓުކޮށްފައެވެ. އެ ޖަލްސާގައި ބައިވެރިވީ ޖުމްލަ 39 މެންބަރުންނެވެ.
ގުޅުންހުރި
"ބޮޑު" މައްސަލަތަކުގެ ލިއުންތައް ހަވާލުކޮށް އިބްތިދާއީ އަޑުއެހުންތައް ފަށަނީ
9 އޭޕްރީލް 2018
އެސްއޯއީ އިއުލާންކުރީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން: ރައީސް
2 އޭޕްރީލް 2018
ކުރީގެ ސާޖެންޓު އާސިމްގެ ބަންދު އިތުރު ކުރި މައްސަލަ އިސްތިއުނާފަށް
2 އޭޕްރީލް 2018
ޝިނާނުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުން ކެންސަލްކޮށްފި
29 މާޗް 2018
ހިޔާލު

އޮމްޝިއުޕޫރީ
ކޮބާ ވަގުކަލޭގެ؟
މާމަ
ސަރުކާރުގެ އެމް ޕީ އިންނެއް ރިޝްވަތެއް ނުދޭނެ އެބޭފުލހުން ކުރާނީ މަޝްވަރާ........ އިދިކޮޅަށް މެމްބަރެއް ކިރިޔާހިޔަނި އެޅެލިޔަސް ރިޝްވަރު ހިފުމާއި ގާނޫނީ ސަރުކާރު ވައްޓާލަން އުލހުމުގެ ދައުވާގަ މަސްޢަލަ ނިމެންދެން ޖަލަށް ލާނެ........ ޖަލައް ލުމަށްފަހު ދެން ކުރާނީ ހެކި ފޮރުވަން އުޅުނުކަމުގެ ދަޢުވާ މީ މިގައުމުގެ މިޔަދުގެ ހާލަތު
މޫސަ
ތިޔަކަށް ނުކިޔާނެ ރިޝްވަތެކޭ، ތިޔަށް ކިޔަނީ ހަލާލު ރިޒްގު
ސިއްދީޤް
މިރޭ 20:00އަށް ޖަލްސާ ތާވަލްކުރީ އަދަދު ހަމަކުރަން. މެމްބަރުންނަށް ބިރުދައްކާ ރިސްވަތުދީގެން ޤަރާރު ފާސްކުރަން ސަރުކާރުންބޭނުންވަނީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]