Budget ge Deficit Ufehdhuntherikamuge Nisbathun 3 Percent vanee Ithuruvefa: MMA
vfp.mv
MIB
MIB
ބަޖެޓްގެ ޑެފިސިޓް ވަނީ ތިނެއް އިންސައްތަ އިތުރުވެފައި: އެމްއެމްއޭ
inage
އެމްއެމްއޭ--
  ވިޔަފާރި | އިގްތިސާދު | 18 ފެބްރުއަރީ 2018 | 0 ކޮމެންޓް
މިއަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން ތިނެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. kobadoctor
އެމްއެމްއޭ އިން ނެރެފައިވާ ޖެނުއަރީ މަހުގެ އިގްތިސާދީ ރިވިއުގައި ބުނެފައިވަނީ މިދިޔަ އަހަރަށް ރިވައިޒް ކުރި ބަޖެޓުގައި އެ އަދަދު ހުރީ ދެއެއް އިންސައްތައިގައި ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އަންދާޒާކުރި ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު، އެ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 22 އިންސައްތައިގައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނަމަވެސް މިއަހަރު އެ މިންވަރު 18 އިންސައްތައަށް ކުޑަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ ބޮޑެތި ބައެއް މަޝްރޫއުތައް ނިމި، އެ މަޝްރޫއުތަކުގެ އިމްޕޯޓަށް ކުރާ ހޭދަ ނިސްބަތުން މަދުވާނެ ކަމަށް އަންދާޒާކުރެވޭތީއެވެ.
ގުޅުންހުރި
ޑިސެމްބަރުގައި ސަރުކާރުގެ ޖުމްލަ ހަރަދު 3.6 ބިލިއަން ރުފިޔާއަށް
28 މާޗް 2018
ރަސްމީ ރިޒާވް 625 މިލިއަން ޑޮލަރަށް
27 މާޗް 2018
ޓީ-ބިލާއި ޓްރެޝަރީ ބޮންޑު އާންމުންނަން ވިއްކަން އެމްއެމްއޭ އިން ތައްޔާރުވަނީ
28 ފެބްރުއަރީ 2018
ޓީ-ބިލް އަދި ޓްރެޝަރީ ބޮންޑްގެ އައުޓްސްޓޭންޑިން 23 ބިލިއަން ރުފިޔާއަށް
19 ފެބްރުއަރީ 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]