Ingiresyi FA CUP Quarter Final Draw Ge Natheeja Miothee
vfp.mv
VFPBAAZAARU
HM
HM
އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލް ގުރުއަތުލުމުގެ ނަތީޖާ މިއޮތީ
inage
  ކުޅިވަރު | ދުނިޔެ | 18 ފެބްރުއަރީ 2018 | 0 ކޮމެންޓް
އިނގިރޭސި އެފް.އޭކަޕުގެ ކުއާޓާ ފައިނަލަށް ކޮލިފައިވެފައިވާ ޓީމުތަކަށް ކުއާޓާގައި ކުރިމަތިލާން ޖެހޭ ޓީމެއް ކަނޑައަޅުމަށް ނަގާ ގުރުއަތުލުން ނަގާ ކުއާޓާ ފައިނަލުގެ މެޗު ޝެޑިއުލް އާއްމު ކޮށްފިއެވެ. kobadoctor
ރޭ ހާޑަސްފިލްޑް ބަލިކޮށް ކުއާޓާގެ ޖާގައެއް ކަށަވަރު ކުރި މެންޗެސްޓާ ޔުނައިޓެޑު މުބާރާތުގެ ކުއާޓާގައި ބައްދަލު ކުރާނީ ބްރައިޓަން އަލްބިއަން އާއެވެ. އަދި ވާދަވެރި ޗެލްސީ ލެސްޓާއާ ދެކޮޅަށް ނުކުންނައިރު ސައުތްހަމްޓަން ކުޅުންޖެހޭނީ މާދަމާ ރޭ މެންޗެސްޓާ ސިޓީއާ ވިގަން ބައްދަލު ކުރާ 5 ވަނަ ބުރުގެ މެޗުން ކުރި ހޯދާ ޓީމަކާއެވެ.

ކުއާޓާގެ އެންމެ ފަހު މެޗުގައި ބައްދަލު ކުރާނީ ޝިފެލްޑް ވެނެސްޑޭއާ ސްވަންސީ ބައްދަލު ކުރާ މެޗުން ކުރި ހޯދާ ޓީމަކާއި ރޮޝްޑޭލް އާއި ޓޮޓެންހަމް ބައްދަލު ކުރާ މެޗުން ކުރި ހޯދާ ޓީމެވެ.

އެފްއޭކަޕް ކުއާޓާފައިނަލުގެ ހުރިހާ މެޗެއް ވެސް ކުޅެން ހަމަޖެހިފައިވަނީ އަންނަ މަހުގެ 17/18 ވާ ހަފްތާ ބަންދުގައެވެ.

އެފްއޭ ކަޕް ކުއާޓާގެ މެޗުތައް ރޭވިފައިވާ ގޮތް:-

މެންޗެސްޓާ ޔުނައިޓެޑު (ވސ) ބްރައިޓަން
ލެސްޓާ ސިޓީ (ވސ) ޗެލްސީ
ސައުތަމްޓޮން (ވސ) މެންޗެސްޓާ ސިޓީ / ވިގަން
ސިފެލްޑް ވެނެސްޑޭ / ސްވަންސީ ސިޓީ (ވސ) ރޮޝްޑޭލް / ޓޮޓެންހަމް
ގުޅުންހުރި
މައިކަލް އޮލިވާގެ ނިންމުން ރަނގަޅެއް ނޫން: ސާ އެލެކްސް
15 މާޗް 2017
އާސެނަލާއި ވާދަކުރި މެޗުގައި ސުޓަންގެ ކީޕަރް ޕައިއެއް ކާލުމުން ހޫނު ފެނަށް!
21 ފެބްރުއަރީ 2017
ސުޓަންގެ މައްޗަށް ކުރިހޯދައި އާސެނަލްވެސް ކުއާޓާއަށް
21 ފެބްރުއަރީ 2017
މިފޮޓޯއިން މެންޗެސްޓާ ޔުނައިޓެޑު ސަޕޯޓަރުން ރޮއްވާލައިފި
21 ފެބްރުއަރީ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]