Dhivehi Kulhivaruge Legend Sayyid Hassan Avahaara Vejje
vfp.mv
HM
HM
ދިވެހި ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވަހާރަވެއްޖެ
inage
  ކުޅިވަރު | ރާއްޖެގެ ކުޅިވަރު | 18 ފެބްރުއަރީ 2018 | 0 ކޮމެންޓް
1970 އާއި 1980 ގެ އަހަރުތަކުގައި ރާއްޖޭގެ އެކި ކުޅިވަރުތައް ކުޅުމުގައި ވަރަށް އިސްކޮށް އުޅުއްވި ދިވެހި ކުޅިވަރަށް ވަރަށް ބޮޑު ޚިދުމަތްތެރިއެއް ކަމަށްވާ ސައްޔިދު ހަސަން ރޭގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ. muni
ސައްޔިދު އަހަވާރަވީ ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގެ ކިމަސް ހޮސްޕިޓަލުގައި އާލާސްކަންފުޅަކަށް ފަރުވާ ހޯދަވަމުން ގެންދަވަނިކޮށެވެ.

ސައްޔިދު ހަސަން އަކީ ވަރަށް ގިނަ ކުޅިވަރުންތަކުން ޗެމްޕިއަނެކެވެ. ފުޓްބޯޅައިގައި ވެސް އެއީ މޮޅު ކުޅުންތެރިއެކެވެ. އޭގެ އިތުރުން ހޮކީ، ޓޭބަލް ޓެނިސް، ޓެނިސް، ބައިސްކަލް ރޭސް އަދި ވޮލީ ކުޅުމުގައި ވެސް އޭނާ ވަނީ ފާހަނގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކާ ދިވެހިން ހިތްފަތަހަ ކޮށްފައެވެ.

ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު ސައްޔިދު އަލީގެ ކޮއްކޮ ސައްޔިދު ހަސަން ފެނިވަޑައިގަތީ ވަކި ކުޅިވަރަކުން ހާއްސަ ވުމަށް ވުރެ ބޮޑަށް ހުރިހާ ކުޅިވަރެއްގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ތަނެވެ.
ގުޅުންހުރި
ޕީއެފްއޭ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އެވާޑް ސަލާހް އަށް
4 ގަޑިއިރު ކުރިން
ސައުތްހަމްޓަން ބަލިކޮށް ޗެލްސީ ފައިނަލަށް
4 ގަޑިއިރު ކުރިން
ބީއެމްއެލް ވައު ކިޑްސް ދުވުން މި އަހަރު ޗެރިޓީ ރަން އަކަށް
22 އޭޕްރީލް 2018
ޔޫރޮޕާ ލީގު ތަށި ވަގަށް ނަގައިފި
22 އޭޕްރީލް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]