Grace Mugabege PHDge Massalaagai Universityge Vice Chancellor Hayyaru Koffi
vfp.mv
HM
HM
ގްރޭސް މުގާބޭގެ ޕީއެޗްޑީގެ މައްސަލާގައި ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހައްޔަރަށް
inage
ގްރޭސް މުގާބޭ---
  ދުނިޔެ | އެފްރިކާ | 18 ފެބްރުއަރީ 2018 | 0 ކޮމެންޓް
ޒިމްބާބުވޭގެ ކުރިގެ ރައީސް ރޮބާޓު މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ޕީއެޗްޑީ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައާއި ގުޅިގެން ގްރޭސް ޕީއެޗްޑީ ހާސިލު ކުރެއްވި ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ހައްޔަރުކޮށްފިއެވެ. Dhiraagu
ޔުނިވާސިޓީ އޮފް ޒިމްބާބުވޭގެ ވައިސް ޗާންސެލަރު ލެވި ނިޔަގްރާ ހައްޔަރުކޮށްފައިވަނީ ޒިމްބާބުވޭގެ އެންޓި ކޮރަޕްޝަން އެޖެންސީންނެވެ. އެ އެޖެންސީން ވަނީ ލެވި ނިޔަގްރާގެ މައްޗަށް މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފި ކަމުގެ ތުހުމަތުކޮށްފައެވެ.

ގްރޭސް މުގާބޭއަށް ގަވާއިދާ ހިލާފަށް އިޖުރާއަތުތައް ފުރިހަމަ ނުކޮށް ޕީއެޗްޑީ ދީފައިވާ މައްސަލަ ފެންމަތިވީ އެ ޔުނިވާސިޓީގެ ސޯޝިއޮލޮޖީ ޑިޕާޓުމެންޓުގެ ބައެއް މުވައްޒަފުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ. ގްރޭސް ޕީއެޗްޑީ ހާސިލު ކުރައްވާފައިވަނީ 2014 ވަނަ އަހަރުއެވެ.

އެ މައްސަލަ ފެންމަތިކޮށްފައިވަނީ ގްރޭސްގެ ޕީއެޗްޑީ ތީސިސް އާއްމު ކޮށްފައި ނުވާތިއެވެ. އެ ޔުނިވާސިޓީގެ އުސޫލުތައް ބުނާ ގޮތުން ޕީއެޗްޑީއަށް ހުށަހަޅާ ތީސިސް ޕީއެޗްޑީއާއެކު އެ ޔުނިވާސޓީން ޝާއިއު ކުރާނެއެވެ. ނަމަވެސް ގްރޭސްގެ ތީސިސް ޝާއިއުކޮށްފައިވަނީ އޭގެ ހަތަރު އަހަރު ފަހުން 2018 ވަނަ އަހރުގެ ޖެނުއަރީ މަހުއެވެ.

ގްރޭސްއަށް ޕީއެޗްޑީ ދިން އިރު އެ ޔުނިވާސިޓީގެ ޗާންސެލަރަކީ ވެސް އޭރުގެ ރައީސް އަދި ފިރިކަލުން ރޮބަޓް މުގާބާއެވެ.
ގުޅުންހުރި
މުގާބޭ ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލީހަށް ހާޒިރު ކުރަނީ
21 އޭޕްރީލް 2018
މުގާބޭ އުފަން ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފި
28 ނޮވެންބަރ 2017
މުގާބޭގެ ފިނޭންސް މިނިސްޓަރު ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމައިފި
28 ނޮވެންބަރ 2017
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]