Ministerge Helicopter Vetti maruhabaa Dhannavan Nukui 13 Meehaku Maru
vfp.mv
VFPBAAZAARU
HM
HM
މިނިސްޓަރުގެ ހެލިކަޕްޓަރު ވެއްޓި މަރުހަބާ ދަންނަވަން ނުކުތް 13 މީހަކު މަރުވެއްޖެ
inage
މިނިސްތަރުގެ ހެލިކޮޕްޓަރު ވެއްޓިފައި---ފޮޓޯ:ރިއުޓާސް
  ދުނިޔެ | ހުޅަނގު | 18 ފެބްރުއަރީ 2018 | 0 ކޮމެންޓް
މެކްސިކޯއަށް އައި ބާރުގަދަ ބިން ހެލުމުގައި ލިބުނު ގެއްލުންތައް ބެލުމަށް ހޯމް މިނިސްޓަރު އަލްފޮންސޮ ނަވްރަތު ޕްރިދާ ދަތުރު ކުރަމުން ދިޔަ ހެލިކަޕްޓަރު ވެއްޓި އޭނާއަށް މަރުހަބާ ކިޔަން ނުކުމެ ތިބި 13 މީހަކު މަރުވެއްޖެއެވެ. dhi2
އަލްޖަޒީރާގައި ބުނެފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ހެލިކަޕްޓަރު ޖައްސަން އުޅުމުގެ ތެރޭގައި ޕައިލެޓަށް ކޮންޓްރޯލު ގެއްލި ހެލިކަޕްޓަރު ވެއްޓުމުންނެވެ.

ހެލިކަޕްޓަރުން ދަތުރު ކުރި މިނިސްޓަރާއި އެހެން އޮފިޝަލުން ސަލާމަތްވި އިރު ހެލިކަޕްޓަރު ވެއްޓުމުން ވަގުތުން 12 މީހަކު ވަގުތުން މަރުވެފައިވެއެވެ. އަދި ފަހުން އިތުރު މީހަކު ވަނީ ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

އޮހާކާގެ ދެކުނުގައި އޮންނަ ސަރަހައްދެއްގައި ހިނގި އެ އެކްސިޑެންޓުގައި 13 މީހަކު މަރުވި އިރު 15 މީހަކުވަނީ ޒަހަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި މިނިސްޓަރަށް މަރުހަބާ ދަންނަވަން ގޮސް ތިބި ަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި ކުޑަ ދެ ކުއްޖަކު ހިމެނެއެވެ.

މިނިސްޓަރު އަލްފޮންސޮގެ އެ ދަތުރަކީ ހުކުރު ދުވަހު މެކްސިކޯއަށް އައި 7.2 މެގްނިޓިއުޑްގެ ބިން ހެލުމުގައި ލިބުނު ގެއްލުންތައް ބައްލަވާ ލެއްވުމަށް ކުރެއްވި ދަތުރެކެވެ.
ގުޅުންހުރި
އިދިކޮޅު ކެންޑިޑޭޓު މެކްސިކޯގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފި
2 ޖުލައި 2018
އެމެރިކާއިން ނަގަން އުޅޭ މުދަލުގެ ޑިއުޓީއަށް ދުލެއް ނުދޭނަން: ކެނެޑާ
30 ޖޫން 2018
މެކްސިކޯގެ ރިޔާސީ އިންތިހާބަށް ކުރިމަތިލި 48 މީހުން މަރާލާފައިވޭ: ރިޕޯޓް
30 ޖޫން 2018
ޓްރަމްޕްގެ އެމެރިކާގައި ބޯޑަރ ހުރަސްކުރާ ކުޑަކުދިންނަށް ޖެހޭ ހާލު!
28 ޖޫން 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]