Twitter account thah Suspend kuree hajam nuvegen: PPM
vfp.mv
VFPBAAZAARU
MIB
MIB
އެކައުންޓްތައް ސަސްޕެންޑްކުރީ ހަޖަމް ނުވެގެން: ޕީޕީއެމް
inage
އަލީ އާރިފް
  ހަބަރު | ސިޔާސީ | 14 ފެބްރުއަރީ 2018 | 2 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީނާއި ރައީސް ޔާމީނު ޕްރޮމޯޓްކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ ޓްވިޓަރ އެކައުންޓް ޓްވިޓަރ އިން ސަސްޕެންޑް ކޮށްފައިވަނީ ހަމަޖަމް ނުވެގެން ކަމަށް ޕީޕީއެމްއިން ބުނެފިއެވެ. Dhiraagu
ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑްކުރީ ޕީޕީއެމްއިން ރާއްޖޭގެ ހަގީގީ ހާލަތު ހާމަކޮށްދޭތީ އާއި ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދު އިދިކޮޅު ފަރާތްތަކަށް ހަޖަމް ނުވެގެން ކަމުގައެވެ.

މީގެ އިތުރުން ޕީޕީއެމްއަށް ނިސްބަތްވާ ޓްވިޓަރ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ ލަންކާގެ ކުންފުންޏެއްގެ އެހީތެރިކަން ހޯދައިގެން ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.

ޓްވިޓަރއިން ސަސްޕެންޑްކުރި އެކައުންޓްގެ ތެރޭގައި، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ރަސްމީ ޓްވިޓަރ އެކައުންޓްވެސް ހިމެނެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ބައެއް ޓްވިޓަރ އެކައުންޓްތަކާއި ރައީސް ޔާމީން ޕްރޮމޯޓްކުރާ ޕީޕީއެމްގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުންގެ ޓްވިޓަރ އެކައުންޓްތައްވެސް ޓްވިޓައިންވަނީ ސަސްޕެންޑް ކޮށްފައެވެ.

އޭގެ ތެރޭގައި އަސުރުމާ ޓްވިޓަރ އެކައުންޓާއި އަމާޒޭ ޔަގީން ޓްވިޓަރ އެކައުންޓްވެސް ޓްވިޓަރ އެކައުންޓްވެސް ޓްވިޓައިއިންވަނީ ސަސްޕެންޑް ކޮށްފައެވެ.

ޓްވިޓަރއިން އެ އެކައުންޓްތައް ސަސްޕެންޑް ކޮށްފައިވަނީ MaldivesInCrisis# ހޭޝްޓެގް ބޭނުންކޮށް ރާއްޖޭގެ ހާލަތު އޮޅުވާލާ ދޮގު މައުލޫމާތު އާއްމުކުރާ ކަމަށް ބުނެއެވެ.
ގުޅުންހުރި
އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތް، އިޔާޒު ސިފަކުރެއްވީ ފުރައްސާރައެއް ކަމަށް
16 އޯގަސްޓު 2018
ތިނަދޫ އިސްލާމީ މަރުކަޒު ޖަގަހައެއްގޮތަށް ބޭނުންކުރިކަމަށްބުނެ ފާޑުކިއުން
16 އޯގަސްޓު 2018
މަކުނުދޫ ފަދަ ރަށްރަށުގައި އެއާޕޯޓް އަޅައިދެވޭނީ ރައީސް ޔާމީނަށް: އަދުރޭ
16 އޯގަސްޓު 2018
ކާމިޔާބު ކުރަން މަކަރު ހަދާކަށް ނުޖެހޭ، ނާތީޖާ ވަރަށް ސާފު: ޝަހީމް
16 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި
އަލީ
ދެންހަޖަމު ކޮއްލައިގެން އަނގަފުޅާނުކޮއް ހުންނަވާ ދާދެއަވަހައް މިވެރިކަން ނިމޭނެ އެދުވަހަކުން އޮތީޖަލުގޮޅި ގާނޫނާ ގަވައިދާހިލާފައް ހޯދާފަހުރި ފުލެޓާ ތަންތަން އަތުލުމައްފަހު ހުކުންކުރާނެ
ބެއްޔާ
ޕީޕީއެމްގެ ޓުއިޓަރ އެކައުންޓްތައް ސަސްޕެންޑްކުރެވުނީ ބައިނަލް އަޤްވާމީ ޖަމާއަތް ތަކަށް
އިންޒާރުދީ ބިރުދައްކާތީ!އަދި ކުރިއަށް އޮތީ މިޤައުމުގެ އިސްވެރިންގެ ބޭންކް އެކައުންޓްތައް ފުރީޒް ކުރުން. އީޔޫގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު އެކަމާ ގޮތެއް ނިންމާނެ! އޭރުން ތިބޭނީ ރަގަޅަށް ރާކަނި މަސްކެވިފަ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]