Uhthama fandiyaaraai medhu kurevey thuhumathuthah aaila in dhogu koffi
vfp.mv
VFPBAAZAARU
HM
HM
އުއްތަމަ ފަނޑިޔާރާއި މެދު ކުރެވޭ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި
inage
އުއްތަމަ ފަނޑިޔާރު
  ހަބަރު | ސިޔާސީ | 14 ފެބްރުއަރީ 2018 | 5 ކޮމެންޓް
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއިމެދު ކުރެވޭ ތުހުމަތުތައް ފަނޑިޔާރުގެ އާއިލާއިން ދޮގުކޮށްފިއެވެ. kobadoctor
ވެރިކަން ވައްޓާލުމަށް ރިޝްވަތު ހިއްޕެވިކަމަށް ތުހުމަތުކޮށް އަބްދުﷲ ހައްޔަރުކޮށްފައިވާއިރު، ފުހުން މިއަދު ބޭއްވި ނިއުސް ކޮސްފަރެންސްގައި ފުލުހުން ބުނެފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން ރާއްޖޭން ބޭރުން އަގު ބޮޑެތި ޕްރޮޕަޓީސް ގަތުމަށް ދަތުރުކޮށްފައިވާ ކަމުގައެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒް މަގްސަދެއް ހިމެނޭ ގޮތަށް ދިން ކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ އެއް ބެނިފެޝަރީ އަކީ އަބްދުﷲ ސައީދުކަން ފުލުހުންނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.

"ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން އަލްއުސްތާޒް އަބްދުﷲ ސައީދު ރާއްޖޭން ބޭރުން އަގުބޮޑެތި މުދާ އަދި ޕްރޮޕަޓީސް ގަތުމަށް އެތަންތަނަށް ބަލަން ދަތުރުކޮށް، އެތަންތަނަށް ޒިޔާރަތްކޮށް މިކަންކަމުގެ ތެރޭގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ކިތާބީ ހެކި ނުވަތަ ޑޮކިއުމަންޓް އެވިޑަންސް އަޅުގަނޑުމެންނަށް ވަނީ ލިބިފަ" ޝިފާން ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އެޅުމަށް، ސުޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓޫމަކަށް ގެނައުމަށް މަސައްކަތް ކޮށްފައިވަނީ ސީދާ އަބްދުﷲ ސައީދުގެ އަމުރަށް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ އާއިލާގެ ފަރާތުން މިރޭ ރާއްޖެ ޓީވީގައި ވާހަކަ ދެއްކެވި އިމާދު ލަތީފް ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރެވެނީ ހުސް ދޮގު ތުހުމަތުތަކެއް ކަމުގައެވެ.

އެގޮތުން މަޤާމަށް ވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ރަސްމީ ހައިސިއްޔަތު ފިޔަވާ އުއްތަމަ ފަނޑިޔާރު ދަތުރުކުރެއްވީ ދެ ފަހަރަކު ކަމަށް އިމާދު ވިދާޅުވިއެވެ. އިމާދު ވިދާޅުވީ ދެފަހަރުވެސް އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ވަޑައިގެންނެވި އިރު އެއް ދަތުރުފުޅަކީ އުއްތަމަ ފަނޑިޔާރުގެ ހާލުކޮޅު ދެރަވެ ބޭސްފަރުވާއަށް ކުރެއްވި ދަތުރުފުޅެއް ކަމަށާއި އަނެއް ދަތުރުފުޅަކީ ފިރިހެން ދަރިފުޅެއް ބަލިވެގެން އޮޕަރޭޝަނަކަށް ކުރެއްވި ދަތުރު ފުޅެއް ކަމުގައެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރަކީ އަގުބޮޑު ދިރިއުޅުއްވުމަށާއި އަގުބޮޑެތި ތަކެއްޗަށް ލޯބިކުރައްވާ ބޭފުޅެއް ނޫންކަމަށާއި ތުހުލުން ކުރަނީ ހަގީގަތާއި ހިލާފު ދޮގު ތުހުމަތުތަކެއްކަމަށްވެސް އިމާދު ވިދާޅުވިއެވެ.
ގުޅުންހުރި
އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު އަބްދުﷲ ދީދީއަށް ރުހުންދީފި
27 ޖޫން 2018
އުއްތަމަ ފަނޑިޔާރު ކަމަށް ޑރ.އަބްދުﷲ ދީދީ އައްޔަން ކުރަން މަޖިލީހަށް ފޮނުވައިފި
27 ޖޫން 2018
އުއްތަމަ ފަނޑިޔާރު ކަމަށް ޑރ.އަބްދުﷲ ދީދީ އައްޔަން ކުރަނީ
26 ޖޫން 2018
މައްސަލަތައް ބަލައި ނުގަނެ ބޭރު ކުރި ކުރުން އެންމެ ފަހުން ޖެހުނީ އަމިއްލަ ގައިގައި
21 ޖޫން 2018
ހިޔާލު

ޤާދިރު
އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސައީދާއި ފަނޑިޔާރު ޢަލީ ޙަމީދު ސްޕްރީމްކޯޓް ރިސެސްގަ އޮތް ދުވަސްވަރު ކެނެޑާއަށާއި ލަންޑަނަށް ވަޑައިގަތް. މިކަމެއް ދޮގެއް ނުކުރެވޭނެ.
އަޑަފި
އެއީ ކާކުގެ ވީޑިއޯއެއްކަން ރާއްޖޭގެ އެންމެނަށް އެނގޭ މީހެއްގެ ވީޑިއޯ މިދޭތެރެއަކުން ލީކްވެގެން އުޅުނެވެ. ލޮލަށް ފެނި އަތުން ހިފުނަސް އެއީ ދޮގެކޭ ބުނޭމެ އެހިސާބުން ނިމުނީއެވެ.
ރަޝީދު
އިމާދު، ކާކުތޯ އަމިއްލައަށް އެއްބަސްވާނީ، ސިއްރުން ތިކަން ކުރިކަމަށް،! މިއުޅެނީ ފާޅުގަ އެނގޭ ކަންތަަކަށްވެސް އެެއްބަސް ނުވެވިގެން ދެން ތިހެން އަމިއްލައަށް ރިޝްވަތު ނެގިކަމަށް އެކަކުވެސް އެއްބަހެއް ނުވާނެ. އެހެންވީމަ ތީ ދައްކަން ބޭނުންވާވާ ވާހަކައެއް ނޫން.
ސާބަސް
ތި އިމާދު ތީ މިހާރު ގާސިމް އަތުން ކައިގެން އުޅޭ މީހެއް އެހެންވެ ވަރަށް އަނގަ ފުޅާކޮށްފަ ދޮގު ވާހަކަ ދައްކާނެ
ބެއްޔާ
ހެހެހެ މާބޮޑު ކަޅުފޮއްޓެއް ފެނިގެން އުޅެނީ! އެބުނާ ކަޅުފޮށިން ފެނުނީ ބާވެ ގިނަދުވަހު
ލާފައިވާ ދެ ޖަގިޔާ ކަމަށް ވަނީ!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]