Raees Maumoon ge aburah araa faraaiythakai medhu dhauva kureveyne: Vakeel
vfp.mv
VFPBAAZAARU
HM
HM
ރައީސް މައުމޫނުގެ އަބުރަށް އަރާ ފަރާތްތަކާއި މެދު ދައުވާ ކުރެވޭނެ: ވަކީލު
inage
ރައީސް މައުމޫނު
  ހަބަރު | ސިޔާސީ | 14 ފެބްރުއަރީ 2018 | 2 ކޮމެންޓް
ރައީސް މައުމޫނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ރައީސް މައުމޫނުގެ އަބުރަށް އަރާފަރާތްތަކާއި މެދު ދައުވާ ކުރެވޭނެކަމަށް ރައީސް މައުމޫނުގެ ވަކީލުން ވިދާޅުވެއްޖެއެވެ. kobadoctor
ރައީސް މައުމޫނުގެ ގާނޫނީ ޓީމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ރައީސް މައުމޫނާއި ބެހޭގޮތުން ގޮދު މައުލޫމާތު ފަތުރަނީ ފުލުހުންކަމަށް ވީ ނަމަވެސް އެފަރާތްތަކާއި ދެކޮޅަށް ދައުވާ ކުރައްވާނެކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމުގައެވެ.

މީގެ އިތުރުން ހައްޔަރުކޮށް ބަންދު ކުރެވިފައިވީ ނަމަވެސް ރައީސް މައުމޫނު ހުންނެވީ ސާބިތުކަންމަތީ ކަމަށާއި ރައީސް މައުމޫނާއިމެދު ކުރެވެނީ ދޮގު ތުހުމަތުތަކެއްކަމަށް ރައީސް މައުމޫނު ވިދާޅުވިކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށްފަހު ރައީސް މައުމޫނު ހައްޔަރުކޮށްފައިވާއިރު ރައީސް މައުމޫނުގެ މައްޗަށްވަނީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތާއި ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފައެވެ. އަދި ސަލަމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރުމުގެ ތުހުމަތުވެސް ރައީސް މައުމޫނުގެ މައްޗަށްވަނީ ކޮށްފައެވެ.

ރައީސް މައުމޫނުގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫނު ހަމީދު ވިދާޅުވީ ރައީސް މައުމޫނާއި މެދު ފުލުހުން ހަދަމުންދަނީ ދޮގު ކަމުގައެވެ. އެގޮތުން ރައީސް މައުމޫނު ތަހުގީގަށް އެއްބާރުކުން ނުދޭކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެއީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއްކަމަށް މައުމޫނު ވިދާޅުވިއެވެ.

މައުމޫނު ހަމީދު ވިދާޅުވީ ހައްޔަރުކޮށްފައިވާ ރައީސް މައުމޫމާއި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން އަހުމަދު ނަދީމުއާއި ތަހުގީގަށް ފުލުހުން މިހާތަނަށް އެއްވެސް ސުވާލެއްވެސް ކޮށްފައި ނުވާ ކަމުގައެވެ.

މީގެ އިތުރުން ރައީސް މައުމޫނާއި އާއިލާ އަދި އެހެން ބޭފުޅުންވެސް ހައްޔަރުކޮށްގެން ގެންގުޅެނީ ރައީސް މައުމޫނު ދެކެ މިސަރުކާރުން ގަންނަ ބިރެއްގެ ސަބަބުންކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
ގުޅުންހުރި
މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުން ކެންސަލްކޮށްފި
9 އޯގަސްޓު 2018
ރައީސް މައުމޫނުގެ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ
8 އޯގަސްޓު 2018
ޣައިރު ހާޒިރުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ރައީސް މައުމޫން އެދިވަޑައިގެންފި
8 އޯގަސްޓު 2018
ރައީސް މައުމޫނު މިނިވަން ކުރަން ކުރެވެން ހުރި ކަމެއް ކުރާނަން: ރައީސް ނަޝީދު
6 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި
ސަމްސު
30 އަހަރުގެ ވެރިކަމުގެ ރަހަ އަރުތެރެއިން ފިލާނީ ލައްކަ ދުވަހުން އެކަން އަދިވެސް އެއުޅެނީ
އަޙްމަދް
ކޮންތާކު ތިޖެހުނީ!
އަބުރުގެ ޤާނޫނު ކަމުނޮގޮސްގެން އުޅުމީހިން މިހާރު ތިބުނަނީ އަބުރުގެ ޤާނޫގެ ބޭނުން ހިފާވާހަކަ!؟
ތީ ވާވަރަކީ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]