Valentines Day Ge Hageegai!
vfp.mv
VFPBAAZAARU
HM
HM
ވެލެންޓައިންސް ޑޭގެ ޙަޤީޤަތް!
inage
ފޮޓޯ:---
  ދީން | ހުޅަނގު | 13 ފެބްރުއަރީ 2018 | 1 ކޮމެންޓް
ހުޅަނގުގެ ފިކުރީ އޮއިވަރާއެކު އަޅުގަނޑުމެންއަތުން ބެހިގެންދިއަ އެންމެ ބޮޑު އެއް އަސްލަކީ އިސްލާމީ އަޤީދާއާއި، ޝަގާފަތެވެ. އިސްލާމީ އާދަކާދައާއި، އުޅުމާއި، ގުޅުންތަކެވެ. ޔަހޫދީންނާއި، ނަޞާރާއިންގެ ފަސްފަހަތުން މުސްލިމް ޒުވާނުން ހިނގަމުންދަނީ ހެވާއި، ނުބައި، ތެލާއި، ފެން ވަކިނުވާ ހާލެއްގައެވެ. އެބައިމީހުން ޖެހި ބެރަކަށް ނަށަމުން ދެއްކިއެއްޗެއް ބަލަމުން، އިއްވި އެއްޗެއް އަހަމުން، އެޅިއްޔާ އެޅި ފިޔަވަޅެއްގެމަތީ ފިޔަވަޅު އަޅައި، އެބައި މީހުން ހުއްޓުނިއްޔާ ހުއްޓުނުތަނަކަށް ހުއްޓެމުންނެވެ. muni
ފަހުޒަމާނުގައި މުސްލިމުން އެބައިމީހުންގެ ފަހަތުން ހިނގާނެކަން ބަޔާންކުރައްވައި މިއުންމަތު ނަބިއްޔާ ހަދީޘް ކުރެއްވި ހަދީސްފުޅެއްގެ މާނާގައިވެއެވެ.

"ތިޔަބައި މީހުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ ގޮތްތަކަށް ތަބާވާނެކަން ކަށަވަރެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ދޮއްބެ، އެބަހީ ސަހަރާތެރޭ ބޮނޑެއްގެ ހޮރަށް ވަތްކަމުގައިވިޔަސް ތިއަބައިމީހުން އެބައިމީހުންގެ ފަހަތުންގޮސް އެހޮރަށް ވަންނާނެކަން ކަށަވަރެވެ”. އެހިނދު ޞަޙާބީ ބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ صلى الله عليه وسـلم އެވެ. އެއީ ޔަހޫދީންނާއި، ނަޞާރާއިން ހެއްޔެވެ؟" އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. “ފަހެ އެނޫން ދެން ކޮންބައެއްހެއްޔެވެ؟”

އެގޮތުން ޔަހޫދީންނާއި، ނަޞާރާއިންނާއި، ކާފަރުންނަށް ޚާއްޞަ ދުވަސްތަކާއި، ޙާފްލާތަކާއި، ޢީދުތައް ފާހަގަކުރުމުގައި މިއަދު އިސްލާމީ މުޖްތަމަޢުތައްވަނީ އަވަދިނެތިފައެވެ. އާއަހަރާއި، އުފަން ދުވަހާއި، ލޯބިވެރިންގެ ދުވަހާއި، ކްރިސްމަސް ފަދަ ދުވަސްތަކުގެ ޝައިތާނީ ކުލަތަކާއި، އަޑުތަކުން އިސްލާމީ މުޖްތަމަޢުތައްވަނީ ޒީނަތްތެރިކުރެވިފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކުރިމަތީގައިމިވާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަކީ ލޯބިވެރިންގެ ދުވަހުގެގޮތުގައި ފާހަގަ ކުރަމުންއަންނަ ބާޠިލް ޢީދެއް ކަމާއިމެދު ޝައްކެއްވެސް ނެތެވެ. މިދުވަހުގެ ޙަޤީޤަތް އެނގުމަށްޓާކައި ކުޑަކުޑަ ވަގުތުކޮޅެއް މިރިޕޯޓާއެކު ހޭދަކޮށްލުން ކީއްތޯއެވެ؟

ތާރީޚްގެ ތެރެއިން ފުރަތަމަ މިދުވަސް ފާހަގަކުރެވުނީ މީގެ 17 ޤަރުނު ކުރިން ރޫމީންގެތެރޭގައި އެބައިމީހުންގެ ބުދުދީނުގެ ލޯބީގެ ކަލާންގެ ނުވަތަ “ދަ ގޯޑް އޮފް ލަވް” އަށް ނިސްބަތްކޮށެވެ. އެގޮތުން ކިއުޕިޑްގެ ނަންދެވިފައިވާ މިކަލާންގެ އެބައިމީހުން ސިފަކޮށް އުޅުނީ ދެވަރަ ލިބިގެންވާ ކުޑަކުޑަ ކުއްޖެއްގެ ގޮތުގައެވެ. އޭގެފަހުން ދެން މިދުވަސް ފާހަގަކުރެވުނީ ރޫމީންގެތެރޭގައި ނަޞާރާ ދީނަށް ވަތް މީހުންގެތެރޭގައެވެ. ނަޞާރާ ދީނުގެ ފާދިރީއެއްކަމުގައިވާ ވެލެންޓައިންއަށް ނިސްބަތްކޮށެވެ. އެމްޕަރަރ ކްލައިޑިސް 2 ގެ ރަސްކަމުގައި ހަނގުރާމާގައި ބައިވެރިވާ ސިފައިންނަށް ކައިވެނިކުރުން މަނާކުރިއެވެ. އެހެންނަމަވެސް ވެލެންޓައިން ކިޔާ މިފާދިރީ ސިއްރުވެރިގޮތެއްގައި އެހަނގުރާމަވެރިންގެ ކައިވެނިތައްކޮށްދެމުން ދިޔައެވެ. މިކަން ފަޅާއެރުމާއެކު ވެލެންޓައިން މަރާލުމަށް ހުކުމްކުރެވި ޖަލައްލެވުނެވެ. ނަޞާރާ ދީނުގެ ފާދިރީންނަށް ކައިވެނިކުރުމާއި، ލޯބިވުމަކީ ޙަރާމްކަމެއްކަމުގައި ވީނަމަވެސް މި ވެލެންޓައިން ކިޔާ ފާދިރީ ޖަލު ބަލަހައްޓާ މީހާގެ އަންހެން ދަރިއާ ލޯބީގެގޮތުން ސިއްރު ގުޅުމެއް ބޭއްވިއެވެ. އެމްޕަރަރ ކްލައިޑިސް 2 ވެލެންޓައިންއަށް ހުށަހެޅީ ނަޞާރާ ދީން ދޫކުރުމަށްފަހު ބުދު ދީނަށް ވަނުމަށެވެ. އެހެން އެކަންކޮށްފިނަމަ އޭނާގެ އަންހެންދަރިއާ ކައިވެނިކޮށްދީ އެތަށް އިނާޔަތްތަކެއް ދޭނެކަމަށް ވަޢުދުވިއެވެ. އެހެންނަމަވެސް ވެލެންޓައިން މިދަޢުވަތާ ދެކޮޅު ހެދިއެވެ. ނަތީޖާއަކަށް ވެގެންދިއައީ މީލާދީން 270 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ވެލެންޓައިން މަރާލުމެވެ. މަރާލެވުނުއިރު މިފާދިރީ ވެލެންޓައިން އޭނާގެ ސިއްރު ލޯބިވެރިޔާއަށް ނޯޓްކޮޅެއް ލިޔެފައިވެއެވެ. އޭނާގެ ފަރާތުން ލިބުނު އޯގާތެރިކަމާއި، އަޅާލުމާއި، ލޯތްބާށް ޝުކުރު އަދާކޮށް ލިޔެފައިވެއެވެ. "ލޯބިވާ ވެލެންޓައިންގެ ފަރާތުން". އެހެންކަމުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ވެލެންޓައިންސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަހަކީ މުސްލިމުންގެ އަދާވާތްތެރިންނާއި، ހަރުބީ ކާފަރުންގެ އަޤީދާއާ ގުޅިފައިވާ އެބައިމީހުން އުފެއްދި، އެބައިމީހުންގެ ޢީދެކެވެ. އެއްވެސް ސިފައެއްގައި މިދުވަސް ފާހަގަކުރުމަށްޓަކައި މުސްލިމަކު ބައިވެރިވުމަކީ ހުއްދަކަމެއްނޫނެއެވެ. އެއީ ކަނޑައެޅިގެން ޙަރާމްކަމެކެވެ.

ހިތާމައަކީ ކަންބޮޑުވާންޖެހޭ މިންވަރަށް މުސްލިމް ޒުވާނުންގެތެރޭގައި ފާޅުކަން ބޮޑުގޮތެއްގައި މިދުވަސް ފާހަގަ ކުރެވެމުންދާކަމެވެ. ކުލަކުލައިގެ މާތައް ފޮނުވުމާއި، ކާޑުތަކާއި ހަދިޔާތައް ބަދަލުކުރުމާއި، ކެއުމުގެ ދަޢުވަތުތަކާއި ޙަފްލާތައް ކުރިއަށްގެންދިއުމާއި، ފޭސްބުކާއި ޓްވިޓާފަދަ މީޑިއާގެ ވަސީލަތްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް ތަޙްނިޔާ ކިޔައި، މިފާދިރީގެ ޒިކްރާ އާކުރަމުންދާކަމެވެ. ޣައިރު މުސްލިމުގެ މިފަދަ ޢީދުތަކުގައި ބައިވެރިވެވޭކަމެވެ. ތިބާ ބިރުވެތިވާންވީ ނޭނގި ހުއްޓައި ތިބާ އީމާންކަމުން ބޭރުވެ، އެޔަހޫދީންނާއި، ނަޞާރާއިންގެތެރެއިން ތިބާ ވެދާނެކަމަށްޓަކައެވެ. محمد صلى الله عليه وسـلم ކުރެއްވި ހަދީސްފުޅެއްގެ މާނާގައިވެއެވެ. “ބަޔަކާއި ވައްތަރުވެގެންފި މީހާ ފަހެވަނީ އެބައިމީހުންގެތެރެއިންނެވެ.


ރިޕޯޓް ވީޑިއޯއެއްގެ ސިފާގައި ބައްލަވާލައްވާ ވީޑިއޯ:-- ޔޫޓިއުބް/ނަސޭހަތް


މަސްދަރު: ނަސޭހަތް
ގުޅުންހުރި
ރަމަޟާން މަހަކީ ޤްރުއާންގެ މައްސަރު
19 މެއި 2018
ރޯދަވެރިޔާއަށް އިރު އޮއްސުމުން ހުއްދަވާ ކަންތައްތައް
18 މެއި 2018
މަޝްހޫރު ދީނީ އިލްމުވެރިޔާ ޔޫސުފް އެސްޓެސްގެ ދަރުހެއް ހުޅުމާލޭގައި
25 އޭޕްރީލް 2018
"އަދުލަށް ހުކުމް ނުކުރެވޭ ގާޒީން އިސްތިއުފާ ދީފައި ގެއަށް ދިއުން މާ ރަނގަޅު"
18 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި
އަހުމަދު
މިފަދަ ހަޤީޤަތް ނޭގި މިދުވަސް ފާހަގަކުރަމުން އަންނަ ޒުވާނުން މިކަހަލަފީކަޅާ އަމަލު ތަކުން ދުރުކުރައްވާށިއެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]