China housing adhi Laamu Link Project fettevee Raees Nasheed: China
vfp.mv
MIB
MIB
ޗައިނާ ހައުސިން، އަދި ލާމު ލިންކް ޕްރޮޖެކްޓް ފެއްޓެވީ ރައީސް ނަޝީދު: ޗައިނާ
inage
ޗައިނާ ހައުސިން، އަދި ލާމު ލިންކް ޕްރޮޖެކްޓް ފެއްޓެވީ ރައީސް ނަޝީދު: ޗައިނާ
  ހަބަރު | ސިޔާސީ | 13 ފެބްރުއަރީ 2018 | 4 ކޮމެންޓް
ރާއްޖޭގައި ޗައިނާއިން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ހަތް ރަށެއްގައި ކަމަށާއި އޭގެތެރެއިން ލާމުމު ލިންކް ރޯޑްގެ ޕްރޮޖެކްޓާއި ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ ހައުސިންގ ޕްރޮޖެކްޓްތައް ފައްޓަވާ ދެއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިކަމަށް ޗައިނާއިން ބުނެފިއެވެ. kobadoctor
ޗައިނާއިން މިހެންބުނީ ޗައިނާއިން ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުން ގެންދާ ގެންދިއުމާއި މެދި އަދު ރާއްޖެއިން ބިން އަތުލައި ޗައިނާއިން ރާއްޖޭގައި ބާރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅު ތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ޗައިނާއާއި ގާތްގުޅުމެއް އުފައްދާ ޗައިނާގެ ޕްރޮޖެކްޓްތައް ރާއްޖެގެނެސްފައިވާކަމަށާއި ނަމަވެސް މިހާރު ޗައިނާގެ ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގަމުން ގެންދިއުމާއި ރައީސް ނަޝީދު ދެކޮޅުވެވަޑައިގެންނެވީ ކީއްވެކަމެއް ނޭންގޭ ކަމުގައެވެ. އަދި އެކަން އެގޮތަށްވީ ކީވެތޯވަނީ ސުވާލު އުފައްދާފައެވެ.

ޗައިނާއާއި ދެކޮޅަށް ރައީސް ނަޝީދު ދައްކަވާ ވާހަކަ ތަކުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ގުޅުމަށް ހީނަރުކަމެއް ނާންނާނެކަމަށާއި އަދި ޗައިނާއިން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓަތަކަށް ރައީސް ނަޝީދުވެސް އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރާކަމަށް އެމްބަސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާރު ޗައިނާއިން ކުރިއަށް ގެންދާ މާލެ ހުޅުމާލެ ބްރިޖްގެ މަސައްކަތަށް ކުރިއަށް ދާނެކަމުގެ ޔަގީންކަންވެސް އެމްބަސީންވަނީ ދީފައެވެ.

ގުޅުންހުރި
ރާއްޖެއަށް ސިފައިން ފޮނުވުމަށް އިންޑިއާއިން މަސައްކަތް ކުރޭ: ޗައިނާ
13 ފެބްރުއަރީ 2018
ރާއްޖޭގެ ކަންކަން ހައްލުކުރާނީ ރާއްޖެއިން: ޗައިނާ
8 ފެބްރުއަރީ 2018
ރާއްޖެއިން ބިން އަތުލަން އުޅޭކަމުގެ ތުހުމަތު ޗައިނާއަށް!
22 ޖެނުއަރީ 2018
ދެން އުފެދޭ ސަރުކާރަކުން ޗައިނާ އެއްބަސްވުން މުރާޖަޢާ ކުރާނެ: ރައީސް ނަޝީދު
15 ޑިސެންބަރ 2017
ހިޔާލު

ކަކާ
ބަލަ ދޮގުހެދުމަކުން ހަގީގަތް އޮޅުވާނުލެވޭނެއެވެ. ވޭތުވެދިޔަ 4 އަހަރުތެރޭ ސަރުކާރުން ކުރިކަންކަމޭ ކިޔަފަ ދައްކާ ކަންކަމުގެތެރެއިން ހައުސިންގ މަޝްރޫޢުތަކާ މަގުތަކާ މުސްކުޅިންގެ އެލަވަންސާ ދަތުރުފަތުރާ މިކަންކަމަކީ ނަޝީދު ކުރަންފެށިކަންތަކެވެ. އެމަކު ލަދެއް ހަޔާއެއްނެތި އެބަ ބުނެއެއްނޫން ނަޝީދުގެ ދައުރުގައި ފްލެޓެއް ނައަޅައޭ. ޝައްކެތްނެތް އޭނަނުކުރާވަރަށް ބިޔަ މަޝްރޫޢު 4 އަހަރުތެރޭ ހިންގައިފި. އެއީ ހަމަ ގައުމުގެ ތާރީޚުގައިވެސް ނުހިނގާ ބޮޑެތި މަޝްރޫޢުތަކެވެ. އެމްއެމްޕީއާރސީ މިސާލަކަށް ފުދޭނެއެވެ. ގޯޅިގޯޅި ކަންމަތީ މިލިއަނުން ޚަރަދުކޮށްގެން ހަދާ ހޮޅުއަށިތައް އައިޖީއެމްއެޗްކާރީ ހަދަމުންދާ އިމާރާތް އެމްޑަބްލިޔުއެސްސީގެ ޕެނަލް ބޯޑު މިއީވެސް ރިކޯޑެކެވެ. ނަޝީދު މިފަދަ މަޝްރޫޢުތައް ނުހިންގައެވެ. ހެކި 4 އަހަރުތެރޭ ދަޢުވާއެއް ކޮށްފައިނެތުން.
ރުކުމާ
ދެން އަދުރޭމެން މިކިޔަނީ ކޯއްޗެކޭތަ؟ ދުވަސް ކޮޅަކުން ބުނާނެ ބުރިޖްގެ މަޝްރޫއު ވެސް ފައިންލް ކުރީ އަންނިއޭ، އެކަމު ޔާމީނޭ ހުރިހާ ފައިސާއެއްނެގީ..
ބުރޯ
އެހެން ވީމައޭ މިބުނަނީ ސިޔާސީ މީހުން ދައްކާވާހަކަ ތަކަށް ހެއްލި ފިކުރުކޮށް ނޫޅޭސޭ މިމީހުން ދައްކާ ވާހަކަ އާއި ކުރާކަންކަން ދިމާނުވާނެ އަމިއްލަ ދިރިއުޅުން އާރާސްތުކުރެވޭތޯ ބަލާށޭ
ޒައި
ގައިމު ޔާމީނު ކުރެޑިޓުނަގަން ހައްދުންމަތީ ބޮޑުމަގު ހެދީ ތިމަންނާއޭ ކިޔާ ޕޯސްޓަރު މުޅި މާލޭގަ ޖެހި.. މުޅިން އޮޅުވާލުމާ ދަޅަދެއްކުމުގަ.. ކާމިނީސަރުކާރަކުން އަތޮޅެއްގަ މެގަ ޕުރޮޖެކްޓެއް ނުހިންގާނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]