India in askaree fiyavalhu neylhi namaves raajje ah asarukuraane: Minister
vfp.mv
VFPBAAZAARU
MIB
MIB
އިންޑިއާއިން އަސްކަރީ ފިޔަވަޅު ނޭޅި ނަމަވެސް ރާއްޖެއަށް އަސަރުކުރާނެ: މިނިސްޓަރ
inage
  ހަބަރު | ސިޔާސީ | 13 ފެބްރުއަރީ 2018 | 3 ކޮމެންޓް
މިހާރު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވާ އަސްކަރީ ފިޔަވަޅު ނާޅާނެ ކަމަށާއި، ނަމަވެސް އިންޑިއާއިން ރާއްޖެއަށް އަސްކަރީ ފިޔަވަޅު އަޅާނެކަމަށް ދެކެވޭ ވާހަކަތަކުގެ ސަބަބުން ރާއްޖެއަށް އަސަރުތަކެއް ކޮށްފާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. kobadoctor
ޓީވީއެމް މެދުވެރިކޮށް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަސްކަރީ ފިޔަވަޅު އިންޑިއާއިން ނޭޅި ނަމަވެސް ދެކެވެމުންދާ ވާހަކަ ތަކުގެ ސަބަބުން ދިވެހިން އިންޑިއާއައި ދޭތެރޭ އޮންނަ އިހްތިރާމް ކުޑަވެދާނެ ކަމަށާއި އިންޑިިއާއިން ދިވެހިންނާއި ދޭތެރޭ އޮންނަ އިހްތިރާމް ކުޑަވެ އިންޑިއާއަށް ގޮސް އުޅުމުގައި ދިވެހިންނަށް ދަތިތަކެއް ކުރިމަތި ވެދާނެ ކަމުގައެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ ކަންތައްތަކާއި ދެކެވޭ ވާހަކަ ތަކުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ލިބެން ހުރި އިންވެސްޓްމެންޓްތަަކަށްވެސް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ. އަދި އިންޑިއާގެ ވިޔަފާރި ވެރިން ރާއްޖެއަށް އައުމުގައިވެސް މިކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވުމަށް ގޮވަމުންދާ ދިއުން ކުށްވެރި ކުރައްވާކަމަށް ވިދާޅުވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ވާހަކަ ތަކުގެ ސަބަބުން ގެއްލުންވާނީ ދެ ޤައުމުގެ ވެސް ރައްޔިތުންނަށް ކަމުގައެވެ.

މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވިއިރު އިންޑިއާއިން ރާއްޖެއަށް އަސްކަރީން ނުފޮނުވާނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް އެމްއެންޑީއެފުންވެސް މިއަދުވަނީ ބުނެފައެވެ.
ގުޅުންހުރި
ޑިފެންސް މިނިސްޓަރު އަމަލު ކުރެއްވީ ގާނޫނާއި ގަވާއިދާ ހިލާފަށް: ނަޝީދު
5 އޯގަސްޓު 2018
ސީރިއަސް މައްސަލައެއް މިނިސްޓަރު ފޭސްބުކްގައި ހާމަ ކުރުމުން ފާޑު ކިޔަނީ
5 އޯގަސްޓު 2018
އެމްއެންޑީއެފް އުވާލަން ވިސްނާ ފަދަ ކޮސް ބަޔަކު ވެރިކަމަށް ނުހޮވާނެ: އާދަމް
27 ޖޫން 2018
ރައީސްގެ މަންދޫބެއްގެ ގޮތުގައި އާދަމް ޝަރީފު ޖަލަށް ވަޑައިގެން މައުމޫނާ ބައްދަލުކޮށްފި
4 ޖޫން 2018
ހިޔާލު

ގުއިއްޒު
އިންޑިޔާއާ ދިވެހި ރައްޔަތުންނާ ނެތް މައްސަލައެއް. މައްސަލަ އޮތީ ރޢްޖެ ހިންގަން ހަވާލުވެތިބި މީހުންނާ.
ދެޔޯ
ތިމާމެން ކުރާ ކަމަކުން ނޫން އަސަރު ކުރަނީ، ތިމާމެން ކުރާ ކަންތަކުގެ ވާހަކަ ދެއއްކީމަ އަސަރު ކުރަނީ... އަމިއްލަ އަށް ޒިންމާ ނަގަން ނުކެރޭ މީހުން މި ކަހަލަ މަޤާމް ތަކުގަ ތިބުމަކީ ހުރި ލަދެއް
ޢަޛާން
ދެން ކީއްވެހޭ އެއްމެ މީހެއްގެ ޙައްޤުގައި މިޤައުމު ތިޔަ ހަލާކު ކޮލލަނީ. ކޮން ޙައްޤެއްހޭ އޮތީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]