Fandiyaarunnan Nufooz Foaruvey Varuge Kankan Hingi Kamuge Heki Libihje: Fuluhn
vfp.mv
VFPBAAZAARU
MIB
MIB
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވޭ ވަރުގެ ކަންކަން ހިނގި ކަމުގެ ހެކި ލިބިއްޖެ: ފުލުހުން
inage
  ހަބަރު | ސިޔާސީ | 13 ފެބްރުއަރީ 2018 | 2 ކޮމެންޓް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވޭ ވަރުގެ ކަންތައްތަކެއް ހިނގާދިޔަ ކަމުގެ ޑޮކިއުމަންޓް އެވިޑަންސް ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. muni
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުން ހިންގަމުންދާ ތަހުގީގާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިސްކަންދަރު ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި އެ ޑޮކިއުމަންޓް އެވިޑެންސް ލިބިފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނަޖްމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިންނެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ވިދާޅުވެ ޝިފާން ވިދާޅުވީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފާރިސް މައުމޫނުގެ ފަރާތުން ކުރީގެ ރައީސް މައުމޫނަށް ފޮނުވި ޑޮކިއުމަންޓެއް ފެނިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހާއްސަކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދުގެ ނިންމުންތަކާއި އެކިކަންކަމަށް ނުފޫޒު ފޯރުވޭ ކަހަލަ ގޮތަކަށް ކަންކަން ހިނގާދިޔަކަން "ޔަގީން ކުރެވޭ" މިންވަރަށް ޑޮކިއުމަންޓް އެވިޑަންސް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ގުޅުންހުރި
އެމްޑީޕީއަށް ސިހުރު ހަދާދޭކަމަށްބުނެ ކުޅުދުއްފުށިން ތިން މީހަކު ހައްޔަކުކޮށްފި
16 އޯގަސްޓު 2018
ފ. ނިލަންދޫގައި ބިދޭސީއަކު މަރުވެފަ އޮއްވާ ފެނިއްޖެ
15 އޯގަސްޓު 2018
ފުވައްމުލަކުގައި މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކާއި މީހަކު ހައްޔަރު ކޮށްފި
14 އޯގަސްޓު 2018
މަސްތުވާތަކެއްޗާއެކު ހިންމަފުށިން މީހަކު ހައްޔަރުކޮށްފި
13 އޯގަސްޓު 2018
ހިޔާލު

ޙަސަނމަނިކު
ޢެބުނާ ކަޅުފޮއްތަކީ މަތިންދާ ބޯޓުގަ ހުންނަކަހަލަ ކަޅުފޮއްޓެއްތޯ.؟ ހަހައް.ދެންދޯ.
.ރައްޔިތުން
.ފުލުހުން އެފޮށި ބަލާއިރު އެމީހުން ބެލުމުގެ ކުރިން އެފަދަ ލިޔުން ތައްޔަރުކޮށް ހަދައި ލެވިދާނެ މި އަދުގެ ޓެކްނޮލަޖީގެ އެހީގައި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]