6 Vana MarryBrown Tennis Championship Fashaifi
vfp.mv
VFPBAAZAARU
HM
HM
6 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި
inage
މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން
  ކުޅިވަރު | ރާއްޖެގެ ކުޅިވަރު | 12 ފެބްރުއަރީ 2018 | 0 ކޮމެންޓް
ހަވަނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕް ފަށައިފިއެވެ. muni
މިމަހުގެ 8 ވަނަ ދުވަހުގެ ހަވީރު ފެށި މުބާރާތް އިފްތިތާހް ކޮށްދެއްވީ އެކްޓިން ސްޕޯޓްސް ކޮމިޝަނަރު އިބްރާހިމް އިސްމާއީލެވެ. މިމުބާރާތުގައި ތަފާތު އުމުރު ފުރައިގެ ދެ ޖިންސްގެ ކުޅުންތެރިން ފެިގެންދާއިރު 8 ފެބްރުއަރީ އިން 20 ފެބްރުއަރީ 2018 އަށް ކުރިއަށްދާ މި މުބާރަތުގައި ޖުމްލަ 95 ކުޅުންތެރިން ބައިވެރި ވެއެވެ. އެއީ 51 ފިރިހެން ކުޅުންތެރިންނާއި 44 އަންހެން ކުޅުންތެރިންނެވެ.

ލިލީ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑް އިން ސްޕޮންސަރ ކޮށްގެން ބާއްވަމުން އަންނަ މޭރީ ބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ފެށިފައިވަނީ 2013 ވަނަ އަހަރުގައެވެ. މިއީ އެ ކުންފުނީގެ ސްޕޮންސާގެ ދަށުން ސްޕޮންސަރު ކޮށްގެން ބާއްވާ ހަވަނަ ޓެނިސް ޗެމްޕިއަންޝިވެ.

1 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ގެ ނަމުގައި އޮކްޓޯބަރ 2013 ގައި ބޭއްވުނު މުބާރާތް ވެގެން ދިޔައީ ވަރަށް ކާމިޔާބު މުބާރާތަކަށެވެ. އެއަށްފަހު ޖޫން 2014 ގައި 2 ވަނަ މެރީބްރައުން ޓެނިސް ޗެމްޕިއަންޝިޕްސް ބޭއްވުނެވެ. މި މުބާރާތުގެ ސަބަބުން އުމުރުފުރާތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިތުރުވެ އެކުދިންގެ ކުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރި ވެދިނެވެ. އަދި ޓެނިހުގެ މަޤްބޫލުކަން އިތުރުވެ މެރީބްރައުން ރެސްޓައުރެންޓް އިސްތިހާރު ކުރުމަށް އެހީއަކަށް ވެގެންދިޔައެެވެ.ގުޅުންހުރި
ދިވެހި ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވަހާރަވެއްޖެ
18 ފެބްރުއަރީ 2018
މުރޭ ޓެނިހުގެ އެއްވަނަ އަށް
6 ނޮވެންބަރ 2016
މަޝްހޫރު ޓެނިސް ކުޅުންތެރިއާ ޝަރަޕޯވާ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް
8 ޖޫން 2016
ކުއާޓާ ފައިނަލުން ފާރިސް ބަލިވެއްޖެ
9 ފެބްރުއަރީ 2016
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]