Dhiraagu ge Hishaadhaarunnah 897 Million Ruffiya Bahan Hushahalhanee
vfp.mv
VFPBAAZAARU
MIB
MIB
ދިރާގުގެ ހިއްސާދާރުންނަށް 897 މިލިއަން ރުފިޔާ ބަހަން ހުށަހަޅަނީ
inage
ދިރާގު--ފައިލް ފޮޓޯ
  ވިޔަފާރި | ކުންފުނި | 12 ފެބްރުއަރީ 2018 | 1 ކޮމެންޓް
މިދިޔަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 897.56 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ. Dhiraagu
އެއީ ކޮންމެ ހިއްސާއަކަށް 11.81 ރުފިޔާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބެހިފައިވަނީ އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 452.96 މިލިއަން ރުފިޔާ (ހިއްސާއަކަށް 5.96 ރުފިޔާ) އަދި މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 444.6 މިލިއަން ރުފިޔާ (ހިއްސާއަކަށް 5.85 ރުފިޔާ) ކަމަށެވެ.

މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަޅާ ފައިދާ ބަހާނީ ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ އިއުލާނުކުރާ "ބުކް ކްލޯޝަރ ޑޭޓް" ގައި ކުންފުނީގެ ރަޖިސްޓަރީގައިވާ ހިއްސާދާރުންގެ މެދުގައި ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދަނީ އެ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ދިރާގުން ވަނީ ބައެއް އާ ހިދުމަތްތަކާއި އާ ޕްރީޕެއިޑް ޕެކޭޖްތަކެއް ތައާރަފުކޮށްފައެވެ.

އެ ގޮތުން ދިރާގުން ވަނީ "މަމެން" ގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗްކޮށްފައެވެ. އޭގެ އިތުރުން ދިރާގުގެ ޑިޖިޓަލް ވޮލެޓް "ދިރާގު ޕޭ" ވަނީ ތައާރަފުކޮށްފައެވެ.
ގުޅުންހުރި
ގެލެކްސީ ނޯޓް 9 ގެ ޕްރީ އޯޑަރަށް ދިރާގުން މާދަމާ ހުޅުވާނަލީ
14 އޯގަސްޓު 2018
ދިރާގުގެ 29 ވަނަ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި
5 އޯގަސްޓު 2018
ބީއެމްއެލްއާއި ދިރާގަށް ހިމެނޭ ގޮތަށް ރަންލާރި އެވޯޑް 17 ފަރާތަކަށް
4 އޯގަސްޓު 2018
ފިލްމު ފޯ ޗޭންޖް ގެ ފިލްމުތައް ދައްކާލައިފި
3 އޯގަސްޓު 2018
ހިޔާލު

ކަލޯ
ހިއްސާއެއްގެ މޫނުމަތޯ އަގު ކިހާވަރެއް.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]