YeYe Coffee Promotion ge Naseebverinnai Grand Prize ge Naseebveriya Hovaifi
vfp.mv
MIB
MIB
ޔޭޔޭ ކޮފީގެ ނަސީބުވެރިންނާއި ގްރޭންޑް ޕްރައިޒްގެ ނަސީބުވެރިޔާ ހޮވައިފި
inage
  ވިޔަފާރި | ކުންފުނި | 10 ފެބްރުއަރީ 2018 | 1 ކޮމެންޓް
ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދިޔަ ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަންގެ އެންމެ ފަހު މަހުގެ ނަސީބުވެރިން ހޮވާ މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ. Dhiraagu
ޕްރޮމޯޝަންގެ އެންމެ ފަހު މަހުގެ 15 ނަސީބުވެރިންނާއި މުޅި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒް ލިބޭ ނަސީބުވެރިޔާ ހޮވާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.


ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒަށް ހުށަހަޅާފައިވާ ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕް ލިބޭ ނަސީބުވެރި ފަރާތް

ގްރޭންޑް އިނާމުގެ ގޮތުގައި ހުށަހަޅާފައިވަނީ "ޑެލް އިންސްޕިރޮން 15 7000 ޖޭމިންގް" މޮޑެލްގެ ލެޕްޓޮޕެކެވެ. އައި7 ސެވަންތް ޖެނަރޭޝަންގެ ޕްރޮސެސާއެއް ހިމެނޭ އެ ލެޕްޓޮޕްގައި 8 ޖީބީގެ ރެމް އަކާއި އެއް ޓީބީގެ ހާޑެއްގެ އިތުރުން 4 ޖީބީގެ ގްރެފިކްސް ކާޑެއް ހިމެނެއެވެ.


ޖެނުއަރީ މަހުގެ ނަސީބުވެރިން

ޖެނުއަރީ މަހުގެ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ގޮވުނު 15 ފަރާތަށް، ޑެލް ވޮސްޓްރޯ މަލްޓި މީޑިއާ ލެޕްޓޮޕެއް ލިބިގެންދާނެ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި ކޮންމެ މަހަކު ގުރުއަތުން ހޮވޭ 15 ފަރާތަކަށް 15 ލެޕްޓޮޕް ވަނީ ހުށަހަޅާފައެވެ.

ބީއެޗްއެމް އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި މިހާރު ވަނީ ސެޕްޓެމްބަރު، އޮކްޓޫބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ހޮވުނު 60 ފަރާތަށް ލެޕްޓޮޕް ހަވާލުކޮށްފައެވެ. އޭގެ އިތުރުން އެ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު 50 ބޯނަސް އިނާމު ވަނީ ލިބިގެންގޮސްފައެވެ.

އެ ޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާގެ އިނާމް ދޫކޮށްފައިވާ ކަމަށް ބީއެޗްއެމް އިން ބުނެއެވެ.

އެ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ ކަމަށާއި ޔޭޔޭ ކޮފީގެ "ސިޕް އެންޑް ވިން" ޕްރޮމޯޝަނަކީ ކާމިޔާބު ޕްރޮމޯޝަނެއް ކަމަށް ބީއެޗްއެމް އިން ބުނެއެވެ.
ހިޔާލު

ޜާނީ
ޙަވާލުކުރަނީ ކޮންއިރަކުން

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]