Source Code Leak Vefaivaa Kan Apple inn Yageenkohdheefi
vfp.mv
VFPBAAZAARU
MIB
MIB
ސޯސް ކޯޑް ލީކުވެފައިވާ ކަން އެޕަލް އިން ޔަގީންކޮށްދީފި
inage
އެޕަލް އައިފޯނެއް
  ޓެކްނޮލޮޖީ | | 10 ފެބްރުއަރީ 2018 | 0 ކޮމެންޓް
އައިއޯއެސް މޯބައިލް އޮޕަރޭޓިންގް ސިސްޓަމްގެ ސޯސް ކޯޑުތަކެއް ލީކުވެފައިވާކަން އެޕަލް އިން ޔަގީންކޮށްދީފިއެވެ. Dhiraagu
އައިއޯއެސް 9 އޮޕަރޭޓިން ޕްލެޓްފޯމުގައި ބޭނުންކުރި ބޫޓް-އަޕް ސޯސް ކޯޑުތަކެއް ވަނީ އިންޓަނެޓްގައި ލީކުވެފައެވެ. ސޯސް ކޯޑުތައް، އާންމުކޮށްފައިވަނީ ދުނިޔޭގެ ލީޑިންގް ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްލެޓް ފޯމެއް ކަމުގައިވާ "ގިޓްހަބް" ގައެވެ.

އެޕަލްއިން އައިއޯއެސް ސޯސް ކޯޑްތައް ބަހައްޓަނީ ސިއްރެއްގެ ގޮތުގައެވެ. އެހެންކަމުން ލީކުވި ކޯޑްތައް ނެގުމަށް އެޕަލް އިން ވަނީ "ގިޓްގަބް"ގައި އެދިފައެވެ.

އެއާއެކު އެޕަލް އިން ވަނީ އޮޕަރޭޓިންގް ސިސްޓަމް އަޕްގްރޭޑްކޮށްފައި ބެހެއްޓުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އެޕަލް އިން މިހާރު ބޭނުންކުރަނީ އައިއޯއެސް 11 އެވެ.

އެޕަލް އިން ބުނި ގޮތުގައި އައިފޯނު ބޭނުންކުރާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން މިހާރު ބޭނުންކުރަނީ އައިއޯއެސް 10 ނުވަތަ އެއަށްވުރެ ފަހުގެ އައިއޯއެސް އެވެ. އެ ޑިވައިސްތަކުގައި ލީކުވި ކޯޑު ނުހުންނާނެ ކަމަށް އެޕަލް އިން ބުނެއެވެ.
ގުޅުންހުރި
ފުރަތަމަ ކުއާޓަރުގައި އެޕަލްއަށް 61 ބިލިއަން ޑޮލަރުގެ އާމްދަނީއެއް
2 މެއި 2018
ފަށްޖަހާލެވޭ އައިފޯނެއް އުފެއްދުމުގެ މަސައްކަތް އެޕަލް އިން ކުރަނީ؟
26 މާޗް 2018
އެޕަލްއިން ދަރިންވަރުންނަށް ހާއްސަ "އަގުހެޔޮ" އުފެއްދުންތަކެއް ނެރެނީ
19 މާޗް 2018
އައިފޯނު އެކްސްގެ އާ މޮޑެލްތަކެއް މިއަހަރު ރިލީޒްކުރަނީ
19 މާޗް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]