Fulus Ofeehah Verin Ayyan Kurun Kulhey Kulhey Kamakah Vaneetha?
vfp.mv
VFPBAAZAARU
MIB
MIB
ފުލުސް އޮފީހަށް ވެރިން އައްޔަނުކުރުން "ކުޅޭކުޅޭ" ކަމަކަށް ވަނީތަ؟
inage
ކުރީގެ ސީޕީ އަރީފާއި، ކުރީގެ އެކްޓީން ކޮމިޝަނަ ސައުދީ---
  ރިޕޯޓް | ސިޔާސީ | 3 ފެބްރުއަރީ 2018 | 5 ކޮމެންޓް
ދައުލަތުގެ މައްޗަށް އަމުރުކޮށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރާ ގުޅިގެން ސަރުކާރަށާއި ދައުލަތުގެ އެންމެ އިސްވެރިޔާއަށާއި ސަލާމަތީ ހިދުމަތްތައް ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. kobadoctor
އެ ނުތަނަވަސްކަމާއެކު އެންމެ ބޮޑު ބަދަލެއް އަންނަމުންދަނީ ގާނޫނު ތަންފީޒުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ދިވެހި ފުލުހުންގެ ތެރެ އަށެވެ. ސުޕްރިމް ކޯޓް ނެރުނުތާ މާ ގިނަ އިރެއްނުވަނީސް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން ވަކިކުރެއްވި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަރީފް ވަކިކުރެއްވީ، ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވިގޮތުގައި އަރީފް އާ ރައީސް ޔާމީން ގުޅުއްވަން އުޅުއްވާ ނުގުޅުއްވިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ޕޮލިސް ކޮމިޝަނަރު އަރީފް ގެންދެވީ އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެކަން އެނގުނީ ފުލުހުންގެ ރަސްމީ ޓްވިޓް މެދުވެރިކޮށް ސުޕްރިމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ފެށިކަން އާންމުކޮށް އިއުލާނު ކުރުމުންނެވެ.

އަދަލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ފެށިކަން ފުލުހުން އިއުލާނުކުރިތާ މާ ގިނަ އިރެއް ނުވަނީސް ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަރީފް ވަކިކުރެއްވިކަން ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު އަނިލް އިއުލާނު ކުރެއްވީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަރީފް ވަކިކުރައްވައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަހުމަދު ސައުދީ އަށް އެކްޓިން ކޮމިޝަނަރުގެ މަގާމް ހަވާލު ކުރައްވާ ފުލުހުންގެ ހިދުމަތް ހިންގުން ހަވާލުކުރެއްވި އެވެ. ސައުދީ ފުލުހުންގެ ހިދުމަތް ހިންގުމާ ހަވާލުވި ފަހުން، ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިކުރެއްވި އަރީފް ވަނީ އޭނާ މަގާމުން ވަކިކުރެއްވި ސަބަބު މީޑިއާ އަށް ހާމަކޮށްފައެވެ.

އަރީފް ވިދާޅުވި ގޮތުގައި ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަރީފް ވަކިކުރެއްވީ ސުޕްރިމް ކޯޓުގެ އަމުރު ތަންފީޒު ކުރަން މަސައްކަތް ފެށުމުންނެވެ. ކޯޓް އަމުރު ތަންފީޒުކުރަން އުޅުމުން މަގާމުން ވަކިކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމް ޒިންމާ އާ ހަވާލުވެވަޑައިގެންނެވި ޑިޕީސީ ސައުދީ އަށް އެ ޒިންމާ އަދާކުރެއްވުމުގައި ހުންނެވުނީ އެންމެ 48 ގަޑިއިރު ތެރޭގައެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސައުދީ މަގާމުން ވަކިކުރައްވާ އިތުރު ބޭފުޅަކަށް ފުލުސް އޮފީސް ހިންގަން ރައީސް ޔާމީން މިއަދުވަނީ އަނެއްކާ ވެސް ހަވާލުކޮށްފައެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބުދުﷲ ނަވާޒް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ބަދަލު ކުރައްވާ ފުލުސް އޮފީސް ހިންގުން ވަނީ ނަވާޒާ ހަވާލު ކުރައްވާފައެވެ.

ސާޅީސް އަށް ގަޑިއިރު ތެރޭގައި ފުލުސް އޮފީސް ހިންގުން ދެ ވަނަ ބޭފުޅަކާ ހަވާލު ކުރެއްވިއިރު މިއީ ފުލުސް އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅަކު މަގާމުން ވަކިކުރައްވާ 48 ގަޑިއިރުތެރޭގައި ދެވަނަ ބޭފުޅަކަށް ފުލުސް އޮފީސް ހިންގުން ހަވާލު ކުރި ފުރަތަމަ ފަހަރެވެ. މި ސްޕީޑުގައި ފުލުސް އޮފީސް ހިންގުން އާ ބޭފުޅުންނާ ހަވާލު ކުރާ ނަމަ ފުލުހުންގެ ހިދުމަތަށް ވެގެންދާނީ ކިހިނެއް ބާއްވައެވެ.
ގުޅުންހުރި
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި
30 ޖުލައި 2018
ރާއްޖެއަށް އެތެރެ ކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
24 ޖުލައި 2018
ފުލުހުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
12 ޖުލައި 2018
އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
9 ޖުލައި 2018
ހިޔާލު

ސަވާރު
ކަލޯ ކުޅޭ ކުޅޭތަންތަނަށް މީހުން ލާނީވެސް ކުޅޭކުޅޭގޮތަށް. ތިޔައީ ގާނޫނު ނަގަހައްޓަށް އުޅޭބައެއްނޫން. ތިޔައީ ފަައިސާއާއި މަޤާމުހޯދަށް އުޅޭބައެއް. ތިޔަތަނުގައި ރަގަޅު މީހަކު ހަރެއްނުލާނެ އިވޭ ގޮތުގައި މިހާރު އެހުރީ ކުރީ ތިބި މީހުންނަށްވުރެ އަމިއްލައެދުން ބޮޑުމީހެއް..
ގައުމާއި ދީނަށްޓަކައި
ކަލޯ މިއީ އިސްލާމްދީނަށްޓަކައިވެރިކަންކުރާ ވެރިއެއް. އޭނާގެ އަމަލުތައް ހުންނާނީ މިގޮތަށް. ދެން ލަލަލާ
ފާތޭ
މިއީ މިހާރު ބޮޑުކަމެއް. ބޭނުންވާ ކަމެއް ނުކުރާ ނަމަ ވެރިމީހާ އެއްލާލަނީ. މިއީވެސް ދެރަކެއްދޯ
ކެޔޮޅު
ކަލޯ ގަޔާ. ފުލުހުންނަކީ ކޮބައިކަން އެނގޭވަރުގެ ވެރިއަކު ގައުމަށް ލީ ނަމަ ތިޔަހެން ނުހަދާނެދޯ. ކީއްކުރާނީ މިއީވެސް ގައުމެއް
ގައުމު
ފުލުހުންގެ ވެރިކަން ހިތަށް އަރާ އިރަށް ބަދަލުކުރުމަކީ ދުޅަހެޔޮކަމެއް ނޫން. އެކަމަކު ވެސް ކީއްކުރާނީ މިއީ ތަހުޒީބީ ގައުމެއްދޯ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]