Hamasge Leader Haniya akee Terroristeh Kamah America in Kanda Alhaifi
vfp.mv
VFPBAAZAARU
MIB
MIB
ހަމާސްގެ ލީޑަރު ހަނިއްޔާއަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި
inage
އިސްމާއީލު ހަނިއްޔާ---ފޮޓޯ:ރިއުޓާސް
  ދުނިޔެ | މެދުއިރުމަތި | 1 ފެބްރުއަރީ 2018 | 0 ކޮމެންޓް
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުންދާ ޖަމާއަތެއް ކަމަށްވާ ހަމާސްގެ ލީޑަރު އިސްމާއީލު ހަނިއްޔާއަކީ ދުނިޔެއަށް ހުރި ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފިއެވެ. jausa
ބުދަ ދުވަހު އެމެރިކާގެ ޓެރަރިސްޓުންގެ ލިސްޓުގައި ހަނިއްޔާ ހިމަނާފައިވާ އިރު ސްޓޭޓު ޑިޕާޓުމެންޓުން ބުނީ ހަނިއްޔާއާއި ހަމާސްގެ ހަނގުރާމަވެރި ގޮތްޕާ ގުޅުން އޮންނަ ކަމަށާއި ހަނިއްޔާއަކީ އެކަމަށް ވަކާލާތު ކުރާ މީހެއް ކަމަށެވެ.

ހަނިއްޔާ އެ ލިސްޓުގައި ހިމެނުމުން އެމެރިކާގެ ބާރު ފޯރާ ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރާނެއެވެ. އަދި އެމެރިކާގެ ބޭންކުތައް ނުވަތަ އެ ނޫން ތަންތަނުގައި ވެސް ހަނިއްޔާގެ މުދަލެއްވާ ނަމަ ހިފަހައްޓާނެއެވެ. އަދި ހަނިއްޔާއާއެކު ވިޔަފާރި ކުރުން އެމެރިކާގެ ފަރާތްތަކަށް މަނާ ކުރާނެއެވެ.

ހަމާސްގެ ލީޑަރު ކަމާ މިދިޔަ އަހަރު ހަވާލުވެވަޑައިގެންނެވި ހަނިއްޔާއަކީ އާއްމުންގެ ތެރޭގައި މަގުބޫލުކަން ބޮޑު ބޭފުޅެކެވެ.

ހަމާސްއިން ވަނީ އެމެރިކާގެ އެ ފިޔަވަޅުގެ ސަބަބުން ހަނިއްޔާ ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ހަނިއްޔާއާއި މެދު ފަހުރުވެރިވާ ކަމަށް ބުނެފައެވެ.
ގުޅުންހުރި
ޕެރަގުއޭގެ އެމްބަސީ ގުދުސްއަށް ބަދަލުކޮށްފި
14 ގަޑިއިރު ކުރިން
ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ހާލުކޮޅު ބޮޑުވެ އެޑްމިޓުކޮށްފި
21 މެއި 2018
އިޒްރާއީލުން ޒަހަމުކޮށްލާފައިވާ ފަލަސްތީނު މީހުން ތުރުކީއަށް ގެންދަނީ
17 މެއި 2018
58 މަރު: އެއް ދުވަހުގެ ތެރޭގައި އިޒްރާއީލުން ހިނގި އެންމެ ބޮޑު ޖަރީމާ
15 މެއި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]