Maa ginain Antibiotics Beynun Kuraanama Vaanee Kihineh?s
vfp.mv
VFPBAAZAARU
MIB
MIB
މާގިނައިން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ވާނީ ކިހިނެއް؟
inage
  ފޭޑި | ސިއްހަތު | 17 ޖެނުއަރީ 2018 | 0 ކޮމެންޓް
ރައްކާތެރި ގޮތުގައި އެންޓިބަޔޮޓިކް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެެވެ. kobadoctor
ބަލިވުމުން ކޮންމެ ފަހަރަކު ޑޮކްޓަރަށް ނުދައްކާ ބޭސް ނަގައިގެން ކެއުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއް ނޫންކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެއް ބައްޔަކަށް އެކަކު ކާ ބޭހަކީ އަނެކަކަށް އެންމެ އެކަށީގެންވާ ބޭހަށް ނުވެދާނެއެވެ. ހަށިގަނޑާއި ނުގުޅޭ ބޭސްތައް ބޭނުންކޮށް ފުރާނަ ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމުގެ ބަދަލުގައި ޑޮކްޓަރުގެ ލަފައާއެކު ބޭސް ބޭނުންކުރުމަށް އާދަކުރަން ޖެހެއެވެ.

މާގިނައިން އެޓްބަޔޮޓިކް ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރިކަމެއް ނޫންކަަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެއެވެ.

މާގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުން ހަށިގަނޑުގައި އާއްމުކޮށް ހުންނަ ރަނގަޅު ޖަރާސީމުތައް މަރުވެއެވެ. އަދި ބަލިތަކަށް ނުގުޑާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

އެހެން ބޭސްތަކުގެ އަސަރު ކުޑަކޮށް، އެލާޖިކްވުން ފަދަ ނުރަނގަޅު އަސަރުތައް ހަށިގަނޑުގައި އިތުރުވުމުގެ އަސްލަކަށް އެންޓިބަޔޮޓިކްސް ވާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ޑޮކްޓާރަށް ނުދައްކާ އެންޓިބަޔޮޓިކްސް ބޭނުން ކުރުމަކީ ދިވެހިންގެ ތެރޭގައި ވެސް މިހާރު ވަރަށް އާއްމުކަމެކެވެ. ވީއިރު އެންޓިބަޔޮޓިކް މާގިނައިން ބޭނުން ކުރުމަކީ ހަށިގަނޑަށް އެންމެ ރައްކާތެރިގޮތް ނޫންކަމުން އެންޓިބަޔޮޓިކްސް ބޭނުން ކުރާއިރު ޑޮކްޓަރުންގެ ލަފާ ހޯދާށެވެ.
ގުޅުންހުރި
ފަލަވާން ބޭނުންނަމަ މިކަންތައްތައް ކުރެވިދާނެ
15 އޯގަސްޓު 2018
ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖޫން މަހު: އެޗްޕީއޭ
28 ޖުލައި 2018
މީހެއްގެ ކިޑްނީން 3000 އެއްހާ ހިލަ ނަގައިފި
28 ޖުލައި 2018
ޖަރާސީމުން ތަޣައްޔަރުވެފައިވާ ތަރުކާރީގެ އިތުރު ބާވަތެއް ރާއްޖޭގެ ބާޒާރުގައި
18 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]