Raajje Sarahahdhun athulaigathee kandu feyrey boat thakeh kamah vidhaalhu vejje
vfp.mv
VFPBAAZAARU
HM
HM
ރާއްޖޭ ސަރަހައްދުން އަތުލައިގަތީ ކަނޑުފޭރޭ ބޯޓްތަކެއް ކަމަށް ވިދާޅުވެއްޖެ
inage
އިންޑިއާ ސްރީލަންކާ އަދި ރާއްޖެ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ތަކެއްގެ ތެރެއިން: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 14 ޖެނުއަރީ 2018 | 0 ކޮމެންޓް
މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ އިޤްތިސާދީ ސަރަހަށްދުން އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައި ގަނެފައިވަނީ ކަނޑުފޭރޭ ބޯޓްތަކެއްކަމަށް ޑިފެންސް މިނިސްޓަރު ޢާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. muni
ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ 63 ވަނަ އަސާސީ ތަމްރީނު ކޯސް ދަސްވެނިވުމަށް ގިރިފުށީގައި ބޭއްވި ހާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތަކެއް ފެނިގެން ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާކަމަށާއި މި ބޯޓުތަކަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ކަނޑުފޭރޭ މީހުންގެ ގޮތުގައި ހުނި ޖެހިފައިތިބި ބައެއްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމީހުންނާއެކު މުޤާބަލާކުރުމުގައި ދިވެހި ސިފައިން ދައްކާފައިވަނީ ހުށިޔާރުކަމާ ޒިންމާދާރުކަމުގެ ފުރިހަމަ ރީތި މިސާލެއްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖޭ އިޤްތިސާދީ ސަރަހައްދުން ފެނުނު ސޯމާލިއާ ދިދަ ނަގާފައިވާ ދެ ބޯޓް އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު އަލީންނެވެ. އެ ދެ ބޯޓް މިހާރުވަނީ މާލެ ގެނެސްފައެވެ.

"ޗޮޓްޕަޓައްނާ 51" ނަމަކަށް ކިޔާ މަސްބޯޓެއް އދ. މާމިގިލީ ހުޅަނގު ދެކުނުން 9 ނޯޓިކަލް މޭލު ބޭރުން އަތުލި އިރު މިބޯޓްގައި ސޯމާލިއާގެ ދިދައެއް ނަގާފައި ހުރި އިރު ތައިލެންޑުގެ 12 ފަޅުވެރިން މި ބޯޓްގައި ތިއްބެއެވެ. އަދި މި ބޯޓުގައި 250 ޓަނު މަސް ހުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"ޗޮޓްޕަޓައްނާ 55" ނަމަކަށް ކިޔާ މަސްބޯޓް ތައިލެންޑުގެ 10 ފަޅުވެރިންނާއި އެކު އަތުލައިގަތީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ތ ހިރިލަންދޫގެ ހުޅަނގުން 76.5 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ބޯޓުގައި 200 ޓަނު މަސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގުޅުންހުރި
ވާދޫ ކައިރިން ދޯންޏެއް އަޑިއަށް ދަނީ
16 ޖުލައި 2018
ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމަށް ޑައިވް ރޮބަޓް ބޭނުންކުރަނީ
15 ޖުލައި 2018
އިންޖީނު ހުއްޓުނު ދޯނި ތިނަދޫއަށް ގެންގޮސްފި
14 ޖުލައި 2018
"އިންތިހާބު ކިލަނބު ކުރުމަށް ފުލުހުންނާ ސިފައިން އެއްބާރުލުން ނުދެއްވާތި"
14 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]