Moonuge Hangandu Reethikohlan Kureveyne Baeh Kanthah
vfp.mv
VFPBAAZAARU
HM
HM
މޫނުގެ ހަންގަނޑު ރީތިކޮށްލަން ކުރެވޭނެ ބައެއް ކަންތައް
inage
  ފޭޑި | ސިއްހަތު | 14 ޖެނުއަރީ 2018 | 2 ކޮމެންޓް
ދިރިއުޅުމުގެ ކަންކަމުގައި މީހާ މާބޮޑަށް ބުރަވެ، ހަމަނިދި ނުލިބުމުގެ އިތުރުން ސިއްހީ މައްސަލަތައް ހުންނަ ނަމަ މީހާގެ މޫނުމަތިން ވަރުބަލިކަމަށް ދައްކައެވެ. dhi2
މޫނުމަތި އުޖާލާކޮށް ބެހެއްޓުމަށްޓަކައި ކުރެވޭނެ ކަންތައްތަކެއް އެބަހުއްޓެވެ. ތަފާތު އެކި ކެމިކަލްތައްް އެކުލެވޭ ބޭސްތައް ކައި، މީހާގެ ހަންގަނޑު ހަލާކުކޮށްލުމުގެ ބަދަލުގައި ގޭގައި ފަސޭހައިން ލިބޭނެ ތަކެތި ބޭނުން ކޮށްގެން މިތަނުން ފޭސް މާސްކެއް ތައްޔާރުކޮށްލާށެވެ.

ލުނބޮލާއި އަލުވި މާސްކު


ބޭނުންވާނެ ތަކެތި
1 އަލުވި
½ ލުނބޯ (ޖޫސް)

ތައްޔާރުކުރާނެ ގޮތް
މިކްސްޗަރަށް އަލުވިކޮޅު އަޅާލުމަށް ފަހު ހިމުން ކޮށްލާށެވެ. އެއަށް ފަހު ލުނބޯ ޖޫސްކޮޅާއި ހިމުންކުރި އަލުވިކޮޅު ރަނގަޅަށް އެއްކޮށްލާށެވެ.

20 މިނެޓު ވަންދެން މޫނުގައި ހާކާފައި ބަހައްޓުމަށް ފަހު ފެނުން ދޮވެލާށެވެ. މިއީ މޫނުމަތި އަލިކޮށް ސާފުކޮށްލުމަށް ކުރެވިދާނެކަމެކެވެ.

ކިއުކަމްބާ މާސްކު


ބޭނުންވާނެ ތަކެތި
1 ކިއުކަމްބާ
1 ބިސް

ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބިސްކޮޅު ގޮބޮޅި ގަނޑާއިއެކު ރަނގަޅަށް ގިރާލާށެެވެ. އެއަށްފަހު ކިއުކަމްބާ ކޮޅު ގާނާލާށެވެ. ގޭނި ކިއުކަމްބާ އިން 2 ސަމްސާ ނަނގާ ގިރާލި ބިސްކޮޅާއި އެއްކޮށްލާށެވެ. ކިއުކަމްބާ މާސްކު 15 މިނެޓް ވަންދެން މޫނުގައި ހާކާފައި ބަހައްޓަން ވާނެްއެވެ.

ލުނބޯ މާސްކު


ބޭނުންވާނެ ތަކެތި
1 ބިސް
1 ސައިސަމްސާ މާމުއި
1 ސައިސަމްސާ ކިރު
1 ސައިސަމްސާ ލުނބޯ (ލުނބޯ ދިޔަ)

ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ބިސްކޮޅު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު މާމުއި އާ ކިރު އަދި ލުނބޯކޮޅު ރަނގަޅަށް އެއްކޮށްލާށެވެ. އެގޮތަށް ތައްޔާރު ކުރުމަށްފަހު މޫނުގައި ހާކާލާށެވެ. 15 ވަރަކަށް މިނެޓް ވަންދެން މޫނުގައި ހާކައިފައި ބަހައްޓަން ވާނެއެވެ.

ދެ ތިން ދުވަސް ވަންދެން މިކަން ކޮށްލާށެވެ. މޫނު މައްޗަށް ބޮޑެތި ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެން ފަށާނެއެވެ.
ގުޅުންހުރި
ފަލަވާން ބޭނުންނަމަ މިކަންތައްތައް ކުރެވިދާނެ
15 އޯގަސްޓު 2018
ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖޫން މަހު: އެޗްޕީއޭ
28 ޖުލައި 2018
މީހެއްގެ ކިޑްނީން 3000 އެއްހާ ހިލަ ނަގައިފި
28 ޖުލައި 2018
ޖަރާސީމުން ތަޣައްޔަރުވެފައިވާ ތަރުކާރީގެ އިތުރު ބާވަތެއް ރާއްޖޭގެ ބާޒާރުގައި
18 ޖުލައި 2018
ހިޔާލު

ފީތުން
ލޯކައިރި ކަޅުވަންޔާ ކޮންމެ ރެޔަކު ނިދިމުގެ ކުރިން ލޮލުގެ ބޮނޑީގަޔާ އެއްކޮށް ކާށި ތެޔޮ އުގުޅާ ހަފްތާ އެއް ވަންދެން ރިޕީޓް ކޮށްލާ ބަދަލު ފެންނާނެ ވަރަށް އަވަހަށް. ތޭންކްސް ބަޓޮ ނޯ ތޭންކްސް...
ފާތުން
ލޯކައިރި ކަޅުވާތީ ކުރެވިދާނެ ކަމެއްބުނެދީބަލަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]