11 މީހުންނާއި އެކު މަސްވެރިކަމަށް ނިކުތުމަށްފަހު ހަބަރެއް ނުވެ ގެއްލިގެން ހޯދަމުން ދިޔަ ދޯނި ފެނިއްޖެއެވެ.
އެމްއެންޑީއެފުންބުނީ ހޯދަމުން ދިޔަ ތ ބުރުނީ "ނޫރު" ނަމަކަށް ކިޔާ ދޯންޏާއި އެދޯނީގެ ވެރިފަރާތަށް މިރޭ ގުޅިފައިވާ ކަމުގައެވެ. އަދި ދޯންޏާއި ނުގުޅުނީ މަސްވެރިކަމަށް ބޭރު ކަނޑުގައި އުޅުމުންކަމަށާއި މިހާރު ދޯނި ކ ދިއްފުއްޓާއި ދިމާއަށް ދަތުރު ކުރަމުން ގެންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދޯނީގެ ހަބަރެއް ނުވެގެން ދޯނި ހޯދަން ފެށިއިރު އެންމެ ފަހުން ދޯންޏާއި ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ހދ ނޮޅިވަރަމާއި ދިމާ ބޭރުގައި ވަނިކޮށް ކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.