Gengulhe Bodukuri meeha Janavaarun ves dhaney: Gasim
vfp.mv
VFPBAAZAARU
MIB
MIB
ގެންގުޅެ ބޮޑުކުރި މީހާ ޖަނަވާރުންވެސް ދަނޭ: ގާސިމް
inage
ގާސިމް އިބްރާހިމް: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 12 ޖެނުއަރީ 2018 | 0 ކޮމެންޓް
ޖަނަވާރުންވެސް އެސޮރުމެން ގެންގުޅެ ބަލާބޮޑުކުރި މީހާ ދަންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. muni
ގާސިމް މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގާސިމަށް އަމާޒުކުރައްވާ ފާޑު ވިދާޅުވެފައި ވަނިކޮށް މިރޭ ކުރެއްވި ޓްވިޓެއްގައެވެ.
ގާސިމް ވިދާޅުވީ ޖަނަވާރުންވެސް އެސޮރު ގެންގުޅެ ބަލާބޮޑުކޮށް، ވަރުގަދަ ސޮރަކަށް ހެދި މީހާ ދަންނަ ކަމުގައެވެ.

"ޖަނަވާރުންވެސްދަނޭ އެސޮރު ގެންގުޅެ ބަލާބޮޑުކޮށް، ވަރުގަދަ ސޮރަކަށް ހެދި މީހާ، މިސާލަކަށް ކުއްތާ އެސޮރު ބެލެހެއްޓި މީހާ ސަލާމަތް ކުރުމަށް ފުރާނަ ދުއްވާލާ ނޫންތޯ؟ ރާމާ މަކުނުވެސް ހެޔޮކަމެއް ކޮށްދިން މީހާ ދަނޭ ދެއްތޯ؟އެކަމަކު......" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ހަރަދުގައި ކިވަޔާ ވިދާޅުވެ ގާސިމްގެ ސަން އައިލެންޑް ރިސޯޓްގެ މެނޭޖަރަކަށް ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ މިނިސްޓަރުކަމަށް ވަޑައިގެންނެވި ސައީދު ގާސިމަށް ފާޑުވިދާޅުވީ ރޭ އއ މަތިވެރީގައި ރޭ ބޭއްވި ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާގައެވެ.

ސައީދުވަނީ ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމުން އެޕާޓީ ދޫކުރަށްވާ ޕީޕީއެމްއާއި ގުޅިވަޑައިގަންނަވާފައެވެ.

ޖަލްސާތަކުގައި ރައީސް ޔާމީނާއި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ އާއްމުގޮތެއްގާ ވާހަކަ ދައްކަވާ ސައީދު ރޭގެ ޖަލްސާގައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގާސިމް އއ. އާއި އދ. އަތޮޅަށް އިހުމާލުވެފައިވާކަމަށް ވިދާޅުވެފައެވެ.

ގާސިމަށް ފާޑުވިދާޅުވުން އަމާޒު ކުރައްވާ ސައީދު ވިދާޅުވީ އަރިއަތޮޅުގެ ތަރައްޤީއަށް ބައެއް ޕާޓީތަކުން ހުރަސްތައް ކުރިމަތި ކުރުވާއިރު އެކަން ކުރަނީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމުގައެވެ. އަދި ވިޔަފާރިވެރިއެއްގެ ޝައުގު ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް އަތޮޅެއް ނުވަތަ މީހެއް ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީގައި ބުނެފައި ނުވާކަމަށް ސައީދު ވިދާޅުވިއެވެ.
ގުޅުންހުރި
ޝަރުތުތަކަކާއެކު ސިޔާދު ގާސިމް ދޫކޮށްލަން އަމުރުކޮށްފި
15 ގަޑިއިރު ކުރިން
މަޝްވަރާއަށް އިދިކޮޅުން މިފަހަރުވެސް ކުރިމަތިކުރުވީ ޝަރުތުތަކެއް: ރައީސް ޔާމީން
18 ޖުލައި 2018
ރައީސް ނަޝީދާއި ގާސިމް ފައިސަލަށް މަރުޙަބާ ވިދާޅުވެއްޖެ
13 ޖުލައި 2018
ނަޝީދާ ހެދި ހަތަރު ޕާޓީގެ ގުޅުމަށް ގެއްލުން ލިބިދާނެ ކަމަށް ނުބުނަން: ގާސިމް
11 ޖުލައި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]