Emmenves thiben jeheynee Ganoonu dhakka size gai: Gasim
vfp.mv
HM
HM
އެންމެންވެސް ތިބެން ޖެހޭނީ ޤާނޫނު ދައްކާ ސައިޒްގައި: ޤާސިމް
inage
ގާސިމް ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 12 ޖެނުއަރީ 2018 | 0 ކޮމެންޓް
އެއްވެސް މީހަކަށް ނުވަތަ ބަޔަކަށްވެސް ޤާނޫނު އަސާސީއާއި ޤާނޫނުތަކަށްވުރެ ބޮޑު ނުވެވޭނެ ކަމަށާއި އެންމެންވެސް ތިބެން ޖެހޭނީ ޤާނޫނު ދައްކާ ސައިޒުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. kobadoctor
އިދިކޮޅު ފަރާތްތަކުން ރޭ އދ މާމިނގިލީގައި ބޭއްވި ޖަލްސަށް ގާސިމް ފޮނުއްވި މެސެޖްގައި އެންމެންވެސް ތިބެން ޖެހޭނީ ޤާނޫނު ދައްކާ ސައިޒްގައިކަމަށް ވިދާޅުވެ އެހެން ނޫންނަމަ ޤާނޫނު އެމީހުން ސައިޒް ކުރާނެ ނޫންތޯ ސުވާލު އުފެއްދެވިއެވެ.

ސަރުކާރަށާއި މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ގާސިމް ވިދާޅުވީ އެއްވެސް މީހަކަށް އެމީހެއްގެ ނަފްސާއި މުދަލުގެ ރައްކާތެރިކަން ނުލިބޭވަރަށް ޤައުމު ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމުގައެވެ.

ގާސިމް ވިދާޅުވީ ޤައުމުގެ މުޅި ސިސްޓަމް ފެއިލްވެ ކަރަޕްޓް ވެފައިވާއިރު، މި ހިތާމަވެރި ހާލަތުން އަރައި ގަތުމަށް ޤާނޫނުގެ މަޤަށް ރުޖޫއަވާން ޖެހޭކަމުގައެވެ. އަދި ސިޔާސީ ކަންކަމުގެ ތެރެއިން ކޯޓްތަކުގެ މަސައްކަތާއި ޝަރީއަތްތަކުގައި ސިޔާސީ ކުލަ ޖެހިފައިވާކަމަށް ރައްޔިތުން ގަބޫލުކުރާކަމަށްވެސް ގާސިމް ސިފަ ކުރެއްވިއެވެ.

ޝަރީއަތްތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާކަމުގެ އަޑުތައް އެކި ދިމަދިމާއިން އިވެމުންދާކަމަށް ވިދާޅުވެ ގާސިމް ވިދާޅުވީ ސިޔާސީ ބޭފުޅުންނާމެދު ކޯޓުތަކުގައި ކަންކަން ހިނގާ ގޮތުން ރައްޔިތުން ޢަދުލް އިންސާފާމެދު ޝަކުވާތައް ކުރަމުންދާ ކަމުގައެވެ.

މީގެ އިތުރުން ރައްޔިތުންގެ މުދަލާ ވިޔަފާރިތަކުގެ މައްސަލަތަކުގައި ސިޔާސީ ކުލަޖެހިފައިވާ މިންވަރުގެ އަޑު ޤައުމުގެ އެކި ދިމަދިމާލުން އިވެމުންދާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. މަޖިލިސް މެމްބަރުން ގޮނޑިގެއްލިފައިވާކަމަށް ކަނޑައަޅާފައިވަނީ އަދި ބައެއް މެމްބަރުން ޖަލަށް ލެވިފައިވަނީ ޤާނޫނުތަކާއި ޤާނޫނު އަސާސީއާއި ހިލާފަށްކަމަށް ވިދާޅުވަމުން ޤާސިމް ވިދާޅުވީ ގާނޫން އަސާސީ މުގުރާލާ ބައެއްގެ މައްޗަށް މާދަމާ ގާނޫންގެ ދިގު އަތް ފޯރާނެ ކަމުގައެވެ.


ގުޅުންހުރި
ސަނާ ގާސިމް އިދިކޮޅު އިހްތިޖާޖްގައި، އަނިޔާއާ ދެކޮޅަށް ތެދުވުމަށް ގޮވައިލެއްވި
6 އޭޕްރީލް 2018
"ސިޔާދަށް ވިޔަފާރި ބައްދަލުވުންތައް ކޯޓުން އެންގުމުން ވެސް ހަމަޖައްސާ ނުދޭ"
26 މާޗް 2018
ސިޔާދުއާއި ބައްދަލު ކުރުމުގެ ފުރުސަތެއް ނުދޭ: ވަކީލުން، އާއިލާ
26 މާޗް 2018
ގާސިމް ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލު
25 މާޗް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]