Anekkaaves PPM Viber Leakeh: Markeytu Golhithah Memberun Beynunvi Gothah!
vfp.mv
MIB
MIB
އަނެއްކާ ވެސް ޕީޕީއެމް ވައިބަ ލީކެއް: މާރުކޭޓު ގޮޅިތައް މެންބަރުން ބޭނުންވި ގޮތަށް!
inage
ދަތުރުވެރިންގެ މާރުކޭޓު---
  ހަބަރު | ސިޔާސީ | 10 ޖެނުއަރީ 2018 | 14 ކޮމެންޓް
ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދިނުމުގައި ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަން ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންގެ ތެރެއިން ގޮޅިތަކަށް އެދިލެއްވި މެންބަރުންގެ ދާއިރާތަކަށް ގޮޅިތައް ދެއްވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ދެއްވި ކަމަށް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވާ ޗެޓުލޮގުތަކެއް ލީކުކޮށްލައިފިއެވެ. thegardens
އިދިކޮޅު ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިހާރު ފަތުރަމުންދާ އެ ޗެޓު ލޮގަކީ ސައްހަ ޗެޓު ލޮގެއްކަން ޕީޕީއެމް ޕީޖީގައި މިހާރު ވެސް ތިއްބެވި ބައެއް މެންބަރުންވަނީ ވީއެފްޕީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގައި މިހާރު ވެސް ހަރަކާތްތެރިވެވަޑައިގަންނަވާ މެންބަރަކު ވިދާޅުވީ އެއީ 2015 ވަނަ އަހަރު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ބެހިއިރު ގޮޅިތައް ބޭނުން ކަމަށް ވިދާޅުވި ބައެއް މެންބަރުންނަށް އެ މެންބަރުން ބޭނުންވާ މީހުންނަށް ގޮޅި ދޭނެ ކަމުގެ ޔަގީން ކަން ދެއްވުމުގެ ގޮތުން ނިހާން ދެއްވާފައިވާ މެސެޖެކެވެ.

ލީކުވެފައިވާ ޗެޓު ލޮގުގައި ނިހާން ވިދާޅުވެފައިވަނީ "ދަތުރުވެރިންގެ މާރުކޭޓަށް އެދިލެއްވި އެމްޕީންގެ ދާއިރާތަކުގެ މީހުންނަށް ހަމައަށް ގޮޅި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު އަޅުގަނޑަށް އަންގާފައިވޭ،" ކަމަށެވެ. އެއާއެކު ނިހާން ވަނީ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒަށާއި، ރައީސް އަބްދުﷲ ޔާމީނަށް ޝުކުރު އަދާ ކުރައްވާފައެވެ.


ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ޗެޓުލޮގު ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޓްވީޓު ކުރައްވާފައި---

މިހަބަރާއި ގުޅޭ ގޮތުން ނިހާންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ގުޅުންހުރި
"ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ޓިކެޓު ދޭތީ ހައިރާނެއް ނުވޭ، ބާއްވަން ވެސް ނުކެރޭނެ"
15 ޖެނުއަރީ 2018
"2018 ގައި ރައީސްކަމުގެ ގޮނޑި ވެސް ޖެހޭނީ ރައީސް ޔާމީނަށް ވެދުން ކުރަން"
15 ޖެނުއަރީ 2018
އަނެއްކާވެސް މިނިސްޓަރު ސައީދުގެ ބަހުގެ ހަމަލާތަކެއް ގާސިމަށް
12 ޖެނުއަރީ 2018
އައްބުއްރަހީމް ރައީސް މައުމޫނަށް: ދެ މީދާފެހި ބުޅަލަށް ވީވަރުވެސް ނުވި!
11 ޖެނުއަރީ 2018
ހިޔާލު

ގުޅުންހުރި
ބުރޯ
މައްސަލައަކީ ގޮޅިވެސް ނަގާފަ ޗެޓް ލޮގް ލީކް ކުރާތީ!
ޙަސަން
ޔާމީނު ބުނަނީ ވައްކަން ކުރުމަކީ ޠަބީއީ ކަމެކޭ..
ނާއިބު
މިދެންކޯއްޗެއް ؟ ކޮބާތަ ރިޔާޒު ރައްޔިޔުންނޭކިޔަިގެން އަދިވެސް އަގައަރުވަބަލަ؟
ދި ކޮމެންޓާރ
ޗެޓް ލޮގްސް ރިލީސިންގ ސީޒަން އިޒް ކަމިންގ ސޫން.. ޔޭއީ.......
ދެން
ލަދެއް ނުގަނެއޭ، މީ އަމިއްލަ ތަރިކަ މުދާތަ، މީހުންގެ ޓްވީޓަށް ރައްދުދެވޭފަދަ އިޚްލާސްތެރިކަމެއްނެތޭ
ވައްލޯ
ހަމަ ފްލެޓްވެސް މިހެން ދީފަ މިބުނަނީ ކުއްޔަށް ދިނުންމަނާ، އެކަމަކު ހަމަކުއްޔަށް ދީފަވީ، ކުލިވެރިން ކުލިދައްކާ ދައްކާ،
ހުސެންބެ
މީ ފޭރޭ ބައެއް.
ބޭއިންސާފު
ބޭއިންސާފުން ކަންތައްކުރާ އެންމެހައި މީހުން ނިކަމެތި ކުރައްވާށި :(
އަލިބެއްޔާ
މިގައުމު ރޭޕުަކުރަމުންދާގޮތް މިފެންނަނީ
.2....
މީ ޢަބްދުﷲ ރިޔާޒު ކައިރީ ބުނިޗެޓްލޮގް ދޯ ނިހާނޫ...
ގުއިއްޒު
މިމީހުން ނަރަކައިގައިވެސް ކުރާނީ ވައްކަން ކަން ޔަޤީން
ފިރުސާނު
ކީކޭ ދެން ބުނާނީ މީ މިވެރިންގެ ކަންތައްތައް ހުންނަ ގޮތް!
ފައިނަލް ސުކޯރ
މީތަ ނިހާނު އެބުނާ ޗެޓުލޮގަކީ؟ އެހެންވިއްޔާ ޢަބްދުﷲ ރިޔާޒަށް އެކެއް، ނިހާނަށް ސުމެއް..
މަ ލަދު ގަތީ.
ނިހާނު ހައްޕު. ދެން އަދި މީ ދޮގެކޭ ބުނާތި ހައެއްކަ ދުވަސް ފަހުން. ހުސް މިކަހަލަ ކަންތައް ކުރަނީ. އެކަމކު 2018 ޔާމީނު ޔަގީނޭވެސް ކިޔާނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]