Raees Ge Abikabalun Chinage School akah Ziyaarai Kuravvaifi
vfp.mv
HM
HM
ރައީސް އަނބިކަނބަލުން ޗައިނާގެ ސްކޫލަކަށް ޒިޔާރަތް ކުރައްވައިފި
inage
ރައީސް އަނބިކަނބަލުން ޗައިނާގެ ސްކޫލަކަށް ޒިޔާރަތް ކޮށްފި--ފޮޓޯ ރައިސް އޮފިސް
  ހަބަރު | | 7 ޑިސެންބަރ 2017 | 0 ކޮމެންޓް
ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޗައިނާގެ ސްކޫލެއް ކަމަށްވާ ބެއިޖިންގު ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައިފިއެވެ. jausa
ރައީސްގެ އަނބިކަނބަލުން ބެއިޖިން ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް ޒިޔާރާތް ކުރެއްވުމުން އެސްކޫލްގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެ ޒިޔާރަތުގައި ރައީސްގެ އަނބިކަނބަލުން ވަނީ ބެއިޖިންގު ޒިޝުކޫ އެލިމެންޓަރީ ސްކޫލް ބައްލަވާ ލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމީ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީނާއި އަނބިކަނބަލުން ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެއިތުރުން ޗައިނާގަ ދިރިއުޅޭ ދިވެހި ޢާއިލާތަކާ ދިވެހި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާ ޔާމީން އާއި އަނބިކަނބަލުން ބައްދަލު ކުރެއްވިއެވެ.
ގުޅުންހުރި
އެމްއެންޔޫގެ ފުރަތަމަ ޕީ.އެޗް.ޑި ދަސްވެނިންނާ ރައީސް ބައްދަލުކުރައްވައިފި
23 އޭޕްރީލް 2018
ސްކޫލްތަކުން ހޮވާ އެންމެ މޮޅު ދަރިވަރަށް ރައީސްގެ ހަނދާނީ ފިލައެއް
23 އޭޕްރީލް 2018
އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މަމްދޫހު
17 އޭޕްރީލް 2018
ހާއްސަ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ
17 އޭޕްރީލް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]