Usable Reserve 179.8 Million Dollar ah Vehtihje
vfp.mv
HM
HM
ޔޫޒަބަލް ރިޒާވް 179.8 މިލިއަން ޑޮލަރަށް ވެއްޓިއްޖެ
inage
އެމްއެމްއޭ-ފައިލް ފޮޓޯ
  ވިޔަފާރި | އިގްތިސާދު | 7 ޑިސެންބަރ 2017 | 0 ކޮމެންޓް
ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި މިންވަރު 179.8 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ. thegardens
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އާންމުކުރި ނޮވެމްބަރު މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން ޔޫޒަބަލް ރިޒާވް ވަނީ އަހަރުން އަހަރަށް ބަލާއިރު ތިން އިންސައްތަ އަދި މަހުން މަހަށް ބަލާއިރު ހައެއް އިންސައްތަ ދަށަށް ގޮސްފައެވެ.

މަހުން މަހަށް ބަލާއިރު ޔޫޒަބަލް ރިޒާވް ދަށްވެފައިވަނީ އެމްއެމްއޭއަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އިގްތިސާދީ ރިވިއުގައި ބުނެފައިވެއެވެ.

އިގުތިސާދީ ރިވިއުގައިވާ ގޮތުން އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 494.4 މިލިއަން އެމެރިކާ ޑޮލަރެވެ. ރަސްމީ ރިޒާވްވެސް ދަށަށް ގޮސްފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އަހަރުން އަހަރަށް ބަލާއިރު ނުވަ އެއް އިންސައްތަ އަދި މަހުން މަހަށް ބަލާއިރު ރަސްމީ ރިޒާވް ފަސް އިންސައްތަ ދަށަސް ގޮސްފައިވާ ކަމަށް އިގްތިސާދީ ރިވިއުގައި ބުނެފައިވެއެވެ.
ގުޅުންހުރި
ދެ ރުފިޔާގެ ފައިސާ ފޮތި ޖަހައިގެން ގެނެސްފި
6 ޑިސެންބަރ 2017
އެޗްއެސްބީސީގެ 98 އެކައުންޓަށް ނޯޓިސް ދީފި
22 ނޮވެންބަރ 2017
ބަޖެޓާ ބެހޭ ގާނޫނެއް ހަދާ، އިންކަމް ޓެކްސް ނަގަން ފެށުމަށް ލަފާދީފި
20 ނޮވެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]