MPLge Muvazzafun Hithaanee Campah Thayyaaru Vumugai Avadhinethi!
vfp.mv
VFPBAAZAARU
HM
HM
އެމްޕީއެލްގެ މުވައްޒަފުން ހިތާނީ ކޭމްޕަށް ތައްޔާރުވުމުގައި އަވަދިނެތި!
inage
އެމްޕީއެލްގެ މުވައްޒަފުން ރެހެންދި ސުކޫލު ތެރޭގައި ހިތާނީ ކޭމްޕަށް ތައްޔާރު ކުރަނީ---
  ހަބަރު | ސިޔާސީ | 7 ޑިސެންބަރ 2017 | 1 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ސަދަގާތު ފައުންޑޭޝަނުން ބާއްވާ ހިތާނީ ފެސްޓިވަލުގެ ތައްޔާރީތަކުގައި އެމްޕީއެލްގެ މުވައްޒަފުން ބައިވެރިވާން ފަށައިފިއެވެ. Dhiraagu
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ޑިއުޓީ ގަޑީގައި އެމްޕީއެލްގެ މުވައްޒަފުން ގޮސް ހިތާނީ ފެސްޓިވަލު މިއަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ރެހެންދި ސުކޫލު ތައްޔާރު ކުރުމުގައި އުޅެމުންދާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ތަން ތައްޔާރު ކުރުމަށް ރެހެންދި ސުކޫލުގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ އިރު ހިތާނީ ކޭމްޕަށް ބޭނުންވާ ބައެއް އެނދު ފަދަ ތަކެތި އެމްޕީއެލްގެ އެހެން ބައެއް ތަންތަނުގައި ވެސް ދަނީ ތައްޔާރު ކުރަމުންނެވެ.

ވީއެފްޕީން މިއަދު ސުވާލު ދެންނެވުމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިތާނީ ފެސްޓިވަލުގެ ތައްޔާރީތަކުގައި އެ ކޯޕަރޭޝަނުގެ މުވައްޒަފުން ބައިވެރިވަމުންދަނީ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ކަމަށެވެ.

ސަދަގާތު ފައުންޑޭޝަނުން ހިތާނީ އުފާގެ ނަމުގައި މިދިޔަ އަހަރު ވެސް ކޭމްޕު ބާއްވާފައިވެއެވެ. އެ ކޭމްޕު ކުރިއަށް ގެންދިއުމުގައި ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ. އެ އެހީތަކުގެ ތެރޭގައި ތަން ތައްޔާރު ކުރުމާއި ކޭމްޕުގައި ބައިވެރިވި ކުދިންނަށް ހަދިޔާ ފަދަ ތަކެތި ދިނުން ހިމެނެއެވެ.

ހިތާނީ ފެސްޓިވަލު މި މަހުގެ 15 ވަނަ ދުވަހު ފަށާއިރު އެ ފެސްޓިވަލުގައި މިއަހަރު 500 ކުއްޖަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
ގުޅުންހުރި
ރައީސްގެ އަނބިކަނބަލުން މިއަހަރު ވެސް ކަދުރު ބަހަނީ
13 މެއި 2018
ބަޔަކު ދިރިއުޅޭ ތަނަކަށް ފައިވާނުގައި ވަދެވަޑައިގެންނެވުމުން ފާޑު ކިޔަނީ
8 މެއި 2018
ވޯޓް ހޯދަން ފަސްޓްލޭޑީ މާލޭގެ ގޭގެއަށް
7 މެއި 2018
ޕީޕީއެމްގެ ރައީސް ކަމުގެ މަގާމަށް ފަސްޓް ލޭޑީ ފާތުމަތު ގެންނަން ޖެހޭ: ފަޒާދު
5 މެއި 2018
ހިޔާލު

ާހަސަން
ތި ކޯޕްރޭޓު ސޯޝަލް ރެސްޕޮންސިބިލީޓީ ގެ ދަށުން އަހަރެމެންގެ ދަރިން ކޮޅު ސްކޫލަށް ގެންގޮސްްދީ ގެއަށް މަސްގަނެދީ ހަދާދޭން ތި ތާގެ މުވައްޒަފުން ފޮނުވާދޭންވީނުން...

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]