Faruvaa hoadhan Addu Hospital ah Male in ves Meehun dhaane: Muizzu
vfp.mv
MIB
MIB
ފަރުވާ ހޯދަން އައްޑޫ ހޮސްޕިޓަލަށް މާލެއިންވެސް މީހުން ދާނެ: މުއިއްޒު
inage
އީސީސީ
  ހަބަރު | ސިޔާސީ | 22 އޮކްޓޯބަރ 2017 | 5 ކޮމެންޓް
އައްޑޫ ސިޓީގެ ތާޝިއަރީ ހިސްޕިޓަލު ތަރައްޤީކޮށް ނިމޭއިރު އެތަނުން މާލެއިންވެސް ލިބެން ނުހުންނަ ހިދުމަތް ލިބެން ހުންނާނެކަމަށާއި ސިއްހީ ފަރުވާ ހޯދުމަށް މާލެއިންވެސް އެ ހޮސްޕިޓަލަށް މީހުން ދާނެކަމަށް ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. Dhiraagu
"އަފިރިންނަސް ތައްޔާރަ" މި ނަމުގައި ޕީޕީއެމްއިން ހިތަދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އަނަނަ 2018 ވަނަ އަހަރުގެ ޖޫން މަސް ނިމުމުގެ ކުރިން އައްޑޫގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ ހޮސްޕިޓަލް ހުޅުވާނެ ކަމުގައެވެ.

ހިތަދޫގައި ހަދާ 100 އެނދުގެ ހޮސްޕިޓަލް ހަދަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ސާރކް ސަމިޓް ބޭއްވުމަށް އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު، އީސީސީ ގައި ތަރައްޤީ ކޮށްފައިވާ ކޮންވެންޝަން ސެންޓަރަށް ބަދަލުތަކެއް ގެނަމުމަށް ފަހުގައެވެ.

އައްޑޫ ސިޓީގައި 100 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސައޫދީ ފަންޑުންދޭ 12.5 މިލިއަން ޑޮލަރު (192.7 މިލިއަން ރުފިޔާގެ) ލޯނު އެގްރިމަންޓްގައި ސޮއިކޮށްފައި ވަނިކޮށް 2012 ފެބްރުއަރީ މަހު ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ގޮސްފައި ވެއެވެ.

އޭގެ ފަހުން އެ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ދެވަނަ ލޯނު އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 17 އޮކްޓޯބަރ 2012 ގައެވެ. އެއީ އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޯޕިޑް) ނަގާ 8.4 މިލިއަން ޑޮލަރު (129.5 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.

މި ދެ ލޯނުގެ ޖުމްލަ އަދަދަކީ 20 މިލިއަން ޑޮލަރު ނުވަތަ 308.4 މިލިއަން ދިވެހި ރުފިޔާއެވެ.

އަދި އެ ހޮސްޕިޓަލް އެޅުމުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 28 އޭޕްރިލް 2014 ގައެވެ. އެދުވަހުގެ ރަސްމިއްޔާތުގައި އޭރުގެ ހެލްތު މިނިސްޓަރު ޑރ މަރިޔަމް ޝަކީލާވަނީ ކުރިން ބުނެވުނު ސައޫދީ ފަންޑުގެ ލޯނާއި އޯޕެކް ފަންޑުގެ ލޯން ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ފަހުން 10 ޑިސެމްބަރ 2015 އިކޮނޮމިކް ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އޭރުގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުވަނީ އައްޑޫ ސިޓީގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 20 މިލިއަން ޑޮލަރު (308.4 މިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.


ގުޅުންހުރި
އައްޑޫ ސިޓީގައި 400 އަށް ވުރެ ގިނަ އުޅަނދު ބަލާ ފާސްކޮށްފި
2 ނޮވެންބަރ 2017
އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް ސީރިއަސް އަނިޔާތަކެއް!
2 ނޮވެންބަރ 2017
އައްޑޫސިޓީ ހުޅުދޫ ގެއެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި
26 އޮކްޓޯބަރ 2017
އައްޑޫއަށް އިރުއެރީ ކަރަންޓް ނެތި
26 އޮކްޓޯބަރ 2017
ހިޔާލު

ގުޅުންހުރި
ޔގުންޑާ
މި ހަބަރުގަ ޖަހާފަހުރި ތާރީހުތަކަށް މަށަކަށް ހަޖަމެއްނުވޭ 2014 ގެ ފަހުގެ ތާރީހަށް މިހާރުން މިހާރަށް ބަދަލުކުރޭ
ގުއިއްޒު
ކުރިން ލިބިފައިހުރި 20 މިލިޔަން ޑޮލަރު ޖީބަށް ލާފަ އަނެއްކަ 20 މިލިޔަނުގެ ލޯނެއް ނަގައިގެން ހަދަނީ؟ މިމީހުން މިއުޅެނީ ދިވެހިންގެ ވަސްވެސް ފޮހެލަންތަ؟ ފައިސާ މައަޗަށް ފައިސާ އެޅީމަ ގެނބުން ހުއޓޭނެކަމަށް ލަފާ ލިބިފައިވަނީ. އެހެންވެ ގަނބާ އީސީސީ ހޮސްޕިޓަލަކަށް ބަދަލިކުރަނީ. އެހެންނޫނަސް ގެނބި ވަރެއްދޯ ރަނގަޅީ. އޭރުން އަބަދު ޖީބަށް ފައިސދާއެޅޭނެ ކަމެއްދޯ އެއޮތީ ކުރަން.
މިސްޓަރ ބީން
ޔޫރަޕުގެ މީހުން ތިޔަހޮސްޕިޓަލުން ފަރުވާހޯދަން އަންނާނެކަމައް އުންމީދުކުރަން އަދިމާލެނުގޮސް ހއ މީހުންވެސް ތިތަނައްދާނެކަމައް އުންމީދުކުރަން
ފިޔޯރީސައީދު
ހަމަޔަގީނުންވެސް އައްޑޫ އަތޮޅުން ( އައްޑޫ ސިޓީން ) ސިއްހީ ރަނގަޅުޚިދުމަތެއް ލިބޭކަމަށް ވެއްޖެނަމަ ދެކުނު 4 އަތޮޅު ތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށްވާނެ.
އަލީހަމީދު
ރައިސްޔާމިނު ބުނި ގަނބާތާކު ހަދާފަހުރި ފަނއަޅާފަ ހުރި ބޭކާރު ތަނެކޭ މިހާރު ނުގަނބަނީތަ ކޮހިނެތްހެދީ ބިންގަނޑު ދަށައް ތިޖޫރީގަ ހުރި ފައިސާ އެޅީތަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]