Dhivehin Inthigaalee Sarukaareh Beynumeh nuvey: Abdulraheem
vfp.mv
MIB
MIB
ދިވެހިން އިންތިގާލީ ސަރުކާރެއް ބޭނުމެއް ނުވޭ: އަބްދުއްރަހީމް
inage
އަބްދުއްރަހީމް ޕީޕީއެމްގެ އިވެންޓެއްގައި
  ހަބަރު | ސިޔާސީ | 22 އޮކްޓޯބަރ 2017 | 8 ކޮމެންޓް
ދިވެހި ރައްޔިތުން އިންތިގާލީ ސަރުކާރެއް ބޭނުން ނުވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. Dhiraagu
އަބްދުއްރަހީމް މިހެން ވިދާޅުވީ ދެ ރާއްޖޭގައި ގާއިމް ކުރެވެންވާނީ އިންތިގާލީ ސަރުކާރެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
އަދްބުއްރަހީމް ވިދާޅުވީ ދިވެހިން އިންތިގާލީ ސަރުކާރެއް ބޭނުން ނުވާކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމުގައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހޮވަން ޖެހޭނީ ކަންކަން ހައްލުކޮށް މިނިވަން އިންތިހާބަކަށް ފަހިކޮށްދޭނެ ގުޅިފައިވާ ޕާޓީތަކުގެ އިންތިގާލީ ރައީސެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށާއި ގުޅިފައިވާ އިދިކޮޅު ޕީޖީއަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު އޮތީ ޕާޓީތަކުން ނުކުމެ ވާދަކޮށް ވެރިކަމަށް އާދެވިދާނެ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

"މިއަދު ޕާޓީތަކުން ނުކުމެ ވާދަކޮށް އިންތިހާބަކުން މޮޅުވާނޭ ކަމުގެ ސައިޓިފިކް ޔަގީންކަން ލިބޭ ހާލެއްގައެއް ނޫން އަޅުގަނޑުމެން މިތިބީ. އަޅުގަނޑު ސައިންޓިފިކް ޔަގީންކަމޭ މިދަންނަވަނީ އަޅުގަނޑުމެން އިންތިހާބުން މޮޅުވަނީ އަދަދުން. ހަމަ ސައިންސުން. އެ ސާފު މަންޒަރު އެމްޑީޕީ އެކަންޏެއް ނޫން ޖުމްހޫރީ ޕާޓީއަކަށް ވެސް އަދާލަތު ޕާޓީއަކަށް ވެސް ރައީސް މައުމޫނަކަށް ވެސް. އެއްވެސް ބޭފުޅަކަށް ވެސް އިންތިހާބުން ކާމިޔާބުވޭވޭނޭ ސާފު މަންޒަރެއް ނުފެންނާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން އިންތިގާލީ ރައީސެއް ހޮވުމުން ފައިދާވާނީ ހަމައެކަނި އެމްޑީޕީއަށް ނޫން ކަމަށާއި މުޅި ގައުމުގެ މަސްލަހަތު ވެސް އޮތީ އެކަމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ވެސް ފޮނުވާފައިވާ އެ މެސެޖުގައި ރައީސް ނަޝީދުވަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ ކެންޑިޑޭޓެއްގެ މެނިފެސްޓޯ ތައްޔާރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ މެނިފެސްޓޯގައި އެމްޑީޕީން ވަކާލާތު ކުރި ތާހިރު ދިރިއުޅުމާއި ތަނަވަސްވެ ރިވެތިކޮށް އުޅެވޭނެ ގޮތްވާން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ގުޅުންހުރި
ވެރިކަމަށް 4 އަހަރު: ބޯހިޔާވަހިކަމުގެ ވައުދު ދިޔައީ ޗޮކުން
17 ނޮވެންބަރ 2017
ޕީޕީއެމްގެ އިތުރު މަޖިލިސް މެމްބަރުންތަކެއް އިދިކޮޅާ ގުޅިދާނެކަމުގެ ނިޝާނެއް!
14 ނޮވެންބަރ 2017
ޕީޕީއެމާ ދުރަށް ނުދަން، ހަރަކާތްތަކުން ނުފެންނަނީ ރާއްޖޭގައި ނެތުމުން: ފަލާހު
13 ނޮވެންބަރ 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓު ތޮއްޔިބަށް ހަލީލުގެ އިންޒާރެއް!!!
13 ނޮވެންބަރ 2017
ހިޔާލު

މިސްޓަރ ބީން
ދިވެހިން ބޭނުމެއްނުވާނެ ވައްކަމާ ފަސާދާއިގެ ސަރުކާރެއް 2018ގަ
މަންމާފުޅު އަދުރޭ
ދީނީގޮތުން މިކަންއޮތްގޮތް ސާފުކޮށްލަދީބަލަ
ޅަޅަޅާ
އަދުރޭ އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަކީ ދީނީގޮތުން ކޮންކަހަލަ ކަމެއްތޯ!
ކޮސް
ބެކް ޑްރޮޕް ގަ އުސް ކޮށް ފެންނަން އެހުރީ މިސަރުކާރުގެ ކޮރަޕްޝަން ލެވެލް ހުރިވަރު، ކަލޭމެން ވޯޓުން ވެސް ކުރާނީ ވައްކަން.
ނިހާން
އަބްދުރަހީމަށް މާބޮޑަށް އެނގިގަނެގެން ނޫޅޭ ! ދިވެހިން ބޭނުންވާގޮތް 2018 ގައި ދުނިޔޭގައި ތިބިބަޔަކަށް ފެންނާނެ!!!!!!!
ޕުރްރްރް
އިދިކޮޅަށް ބަސްބުނާ އެންމެންގެ ކަރުގައި ބަަރަށް ހިފާގެން ތިބެ، ދައުލަތުގެ ވަސީލަތްތައް ހިސޯރުކޮށްގެން ތިޖޫރީ ކުދިންކޮޅު ރައްރަށަށް އަރާ ރައްޔިތުން ބޭނުންވަނިއްޔޭ ގޮވީމާ އެ ވާނެތަ ތެދަކަށް؟
ފީރޯޒް
ޢަނިޔާވެރިކަމުން މިންޖުވާން ބޭނުން
ސައްޕޭަ
ކަލޭ ބަލާގެންގެން ހުރޭ، ދިވެހިން ބޭނުންވަނީ ކޮންކަހަލަ ވެރިއެއްކަން!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]