Faris aai Imran varah avahah Minivan vaane: Raees Nasheed
vfp.mv
MIB
MIB
ފާރިސް އާއި އިމްރާން ވަރަށް އަވަހަށް މިނިވަން ވާނެ: ރައީސް ނަޝީދު
inage
ރައީސް ނަޝީދާއި ރައީސް މައުމޫނު
  ހަބަރު | ސިޔާސީ | 21 އޮކްޓޯބަރ 2017 | 1 ކޮމެންޓް
މިއަދު ގެއިން ޖަލަށް ބަދަލުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވަރަށް އަވަހަށް މިނިވަން ވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. Dhiraagu
ރައީސް ނަޝީދު މިހެން ވިދާޅުވީ ފާރިސް އާއި އިމްރާން ކުއްލި ގޮތަކަށް މިއަދު ޖަލަށް ބަދަލު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވިޓެއްގައެވެ.
މިއަދު ފާރިސް ޖަލަށް ބަދަލުކުރި އިރު، މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށްބުނެ ފާރިސް ބަންދުކޮށް 83 ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އެއަށް ބަދަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ކަރެކްޝަނުން އޭރުބުނީ ފާރިސް ގެއަށް ބަދަލުކުރީ ޖަލުގެ މަރާމާތަކަށް ކަމަށާއި މަރާމަތުގެ މަސައްކަތް ނިމުމުން އަނބުރާ ޖަލަށް ބަދަލު ކުރެވޭނެ ކަމުގައެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ޖަލުން ގެއަށް ބަދަލު ކުރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲވެސް މިއަދުވަނީ އަނބުރާ ޖަލަށް ބަދަލު ކޮށްފައެވެ.

ޝައިހް އިމްރާން ދަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 2015 ވަނަ އަހަރުގެ މެއި މުޒާހަރާއާއި ގުޅިގެން ޓެރަރިޒމްގެ ދައުވާ އުފުލައި، އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ގުޅުންހުރި
ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް އަންގައިފި
14 ނޮވެންބަރ 2017
މިއީ ވެރިކަމުގެ ނިޒާމާމެދު ވިސްނުން ރަނގަޅު ދުވަސް: ރައީސް ނަޝީދު
11 ނޮވެންބަރ 2017
"އެމެރިކާއާއި އިންޑިއާއިން ބޭނުންވިޔަސް ނަޝީދުގެ ނަން ވޯޓު ކަރުދާހަކު ނޯންނާނެ"
8 ނޮވެންބަރ 2017
ގާނޫނު އަސާސީ އިސްލާހުކޮށްގެން ނޫނީ ނަޝީދަށް ވާދައެއް ނުކުރެވޭނެ: ޝައިނީ
8 ނޮވެންބަރ 2017
ހިޔާލު

ނޭފަތުފޫޅު
ސަރުކާރު ވެއްޓެނީ ވެއްޓެނީ ވެއްޓެނީ އޭ ކިޔާތާ މިހާރު މިސަރުކާރުގެ އުމުރުން މިވީހާ ދުވަސް ވެއްޖެ. 5 އަހަރުގެ ދައުރު މިހަމަވަނީ އެބުނާ "ވެއްޓުމެއް" ނުވެއްޓި.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]