Imran aai Faris vaguthun dhookohlan jehye: Raees Maumoon
vfp.mv
HM
HM
އިމްރާނާއި ފާރިސް ވަގުތުން ދޫކޮށްލަން ޖެހޭ: ރައީސް މައުމޫނު
inage
ރައީސް މައުމޫނާއި ފާރިސް
  ހަބަރު | ސިޔާސީ | 21 އޮކްޓޯބަރ 2017 | 0 ކޮމެންޓް
މިއަދު ގެއިން ޖަލަށް ބަދަލުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު ވަގުތުން ދޫކޮށްލަން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. thegardens
ރައީސް މައުމޫނު މިހެން ވިދާޅުވީ ފާރިސް އާއި އިމްރާން ކުއްލި ގޮތަކަށް މިއަދު ޖަލަށް ބަދަލު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވިޓެއްގައެވެ.
މިއަދު ފާރިސް ޖަލަށް ބަދަލުކުރި އިރު، މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށްބުނެ ފާރިސް ބަންދުކޮށް 83 ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އެއަށް ބަދަލުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ކަރެކްޝަނުން އޭރުބުނީ ފާރިސް ގެއަށް ބަދަލުކުރީ ޖަލުގެ މަރާމާތަކަށް ކަމަށާއި މަރާމަތުގެ މަސައްކަތް ނިމުމުން އަނބުރާ ޖަލަށް ބަދަލު ކުރެވޭނެ ކަމުގައެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ޖަލުން ގެއަށް ބަދަލު ކުރި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲވެސް މިއަދުވަނީ އަނބުރާ ޖަލަށް ބަދަލު ކޮށްފައެވެ.

ޝައިހް އިމްރާން ދަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 2015 ވަނަ އަހަރުގެ މެއި މުޒާހަރާއާއި ގުޅިގެން ޓެރަރިޒމްގެ ދައުވާ އުފުލައި، އިމްރާން 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.
ގުޅުންހުރި
މަޖިލިސް މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: ރައީސް މައުމޫނު
19 ނޮވެންބަރ 2017
ލަންކާ މައްސަލާގައި ރިޔާޒު ރަޝީދަށް ރައީސް މައުމޫނުގެ ބަހުގެ ހަމަލާއެއް
10 ނޮވެންބަރ 2017
ނަޝީދާ ސައްލާ ކުރަން މައުމޫން ލަދު ގަންނަން ޖެހޭނެ: ނިހާން
9 ނޮވެންބަރ 2017
ރައީސް މައުމޫނުގެ ބަހުގެ ހަމަލާތަކެއް ކޯޓުތަކަށް: މިނިވަން ކަމެއް ނެތް!
9 ނޮވެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]