Brazilgai Kudakudhinnaa behey Meehunna Dhekolhah Bodu Operationeh
vfp.mv
VFPBAAZAARU
MIB
MIB
ބްރެޒިލުގައި ކުޑަކުދިންނާ ބެހޭ މީހުންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް
inage
އެ އޮޕަރޭޝަންގައި 108 މީހަކު ހައްޔަރުކޮށްފައިވޭ---
  ދުނިޔެ | މެދުއިރުމަތި | 21 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ ދެކޮޅަށް ބްރެޒިލްގައި ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ. kobadoctor
ބްރެޒިލްގެ 24 ސްޓޭޓަކުން އެ އޮޕަރޭޝަންގައި 108 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބްރެޒިލްގެ ޖަސްޓިސް މިނިސްޓަރު ޓޮރކުއަޓޯ ޖާޑިމް ވިދާލުވި ގޮތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ކުޑަކުދިންގެ އޮރިޔާން ފޮޓޯ އިންޓަނެޓުގައި ފަތުރަމުން ދިޔަ "ރިންގަކަށް" ނިސްބަތްވާ ބައެކެވެ. އެ އޮޕަރޭޝަން ފަށާފައިވަނީ ހަ މަސް ދުވަހުގެ ތަހުގީގަކަށް ފަހު ކަމަށް ބްރެޒިލްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ކުރީގެ ފުލުހުންނާއި، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ފުޓްބޯޅަ ޗްލަބުތަކުގެ އިސްވެރިން ހިމެނޭ ކަމަށް ބްރެޒިލްގެ ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަންގައި ފުލުހުންވަނީ ގިނަ އަދަދެއްގެ ކޮމްޕިއުޓަރު ސިސްޓަމުތަކާއި ހާޑުތައް އަތުލާފައެވެ. ފުލުހުން ބުނާ ގޮތުގައި އެ މީހުން ދައުރު ކުރަމުން ދިޔަ ގިނަ އަދަދެއްގެ ފޯޓޯއާއި ވީޑިއޯތައް ރައްކާކޮށްފައި ހުރީ އެހެން ގައުމުތަކުގައެވެ.
ގުޅުންހުރި
ބާސެލޯނާއެކު ކާމިޔާބު ސީޒަނަކަށްފަހު ޕޯލީނިއޯ އެނބުރި ޗައިނާ ލީގަށް
9 ޖުލައި 2018
ނޭމާގެ ލަނޑުން މެކްސިކޯ ބަލިކޮށް ބްރެޒިލް ކުއާޓާއަށް
2 ޖުލައި 2018
ވޯލްޑް ކަޕް ބަލަން ފަސޭހަވާނެހެން ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެންނަނީ
6 ޖޫން 2018
އެއްފަހަރާ ދެ މީހުންނާ ކައިވެނި ކުރާކަށް ނޫޅެން: ރޮނާލްޑީނިއޯ
26 މެއި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]