MH370 Hoadhumuge Masahkai Alun Fashanee
vfp.mv
HM
HM
އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ
inage
  ދުނިޔެ | އޭޝީއާ | 21 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ގެއްލިފައިވާ މެލޭޝިޔަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތް އަލުން ފެށުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ފަށައިފިއެވެ. thegardens
މީގެ ތިން އަހަރު ކުރިން، 2014 ވަނަ އަހަރުގެ ތެރޭގައި ގެއްލުނު އެމްއެޗް 370 ހޯދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ.

ފްލައިޓް ހޯދުން އަލުން ފެށުމަށް، މެލޭޝިޔާއިން، އެމެރިކާގެ ކުންފުނިތަކާއި ވާހަކަ ދަށްކަމުންދާކަން މެލޭޝިޔާއިން ވަނީ ހާމަކޮށްފައެވެ.

މެލޭޝިޔާއިން ވާހަކަ ދެއްކި އެމެރިކާގެ ކުންފުނިތަކުގެ ތެރޭގައި "އޯޝަން އިންފިނިޓީ" ހިމެނެއެވެ. އެ ކުންފުންޏަކީ އެމްއެޗް 370 ހޯދުމުގައި މީގެ ކުރިންވެސް ހަރަކާތްތެރިވި ކުންފުންޏެކެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފްލައިޓް ނުފެންނަ ނަމަ، އަގު ނުނަގާނެ ކަމަށް އޯޝަން އިންފިނިޓީން ވަނީ ބުނެފައެވެ.

އެމްއެޗް 370 ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، މެލޭޝިޔާގެ ކުއަލަލަމްޕޫރުން ފުރައިގެން ބެއިޖިންގްއަށް ދަތުރު ކުރަމުންދަނިކޮށެވެ. ފްލައިޓުން 239 މީހުން ދަތުރުކުރިއެވެ.

ފްލައިޓް ހޯދުމުގެ މަސައްކަތް ހުއްޓާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ގުޅުންހުރި
އެމްއެޗް370 ނުފެނުމުން ހިތާމަކުރަން: އޮސްޓްރޭލިއާ
3 އޮކްޓޯބަރ 2017
އެމްއެޗް 370 ހޯދަން ހިންގި އޮޕަރޭޝަން ހުއްޓާލައިފި
17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުން ހުއްޓާލަނީ، މިހާރު އެކަމުގައި ހަރަކާތްތެރިވަނީ އެއްމެ ބޯޓެއް
14 ޑިސެންބަރ 2016
"މޮރިޝަސް އާއި ދެކުނު އެފްރިކާ އިން ފެނުނީ އެމްއެޗް 370 ގެ ބައިތަކެއް"
12 މެއި 2016
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]