Faseyha Molhakaekee New Ah Thaavaluge 1 Vanagai 5 Point Ge Lead Eh
vfp.mv
VFPBAAZAARU
MIB
MIB
ފަސޭހަ މޮޅާކާއެކީ ނިއުއަށް ތާވަލުގެ އެއްވަނާގައި 5 ޕޮއިންޓުގެ ލީޑެއް
inage
އާލީ ފާސިރް (ސެންޓޭ) ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 21 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ރޭ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ބައްދަލު ކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށް ފުރަތަމަ ބުރު އެއް ވަނާގައި ނިންމާލި ނިއު، ތާވަލުގެ އެއް ވަނާގައި 5 ޕޮއިންޓު ލީޑެއް ނަގައިފިއެވެ. dhi2
މެޗުގައި މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޔޫކްރޭނުގެ ޑިފެންޑަރު ކޮވަލްޗަކް ޕެޓްރޯ އާއި ނުލާ ކުޅެން ޖެހުނު ގްރީންއަށް މެޗު ފެށިގެން އެންމެ 6 މިނެޓު ތެރޭގައި ވަނީ ކުޅުންތެރިއަކު މަދުވެފައެވެ. އެގޮތުން މެޗުގެ ފެށިގެން ވަރަށް ކުރީ ކޮޅު އެޓީމުގެ ޒުވާން ކުޅުންތެރިއާ އަލީ ޝާމިސް (ތޮއްޕޭ) އަށް ސީދާ ރަތް ކާޑެއް ދެއްކުމާއި ގުޅިގެން އެޓީމުން މެޗުގެ ބޮޑުބައި ކުޅުނީ 10 ކުޅުންތެރިންނާއި އެކު އެވެ. ތޮއްޕޭއަށް ރަތް ކާޑު ދެއްކީ ނިއުގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގައި ނިއު ރޭޑިއަންޓު ފުރަތަމަ ލަނޑު ޖަހާ އެޓީމުން ލީޑް ނެގީ ގްރީން އަށް ރަތް ކާޑު ދެއްކިތާ މާގިނައިރުތަކެއް ނުވަނީހެވެ. މެޗުގެ 14 ވަނަ މިނިޓްގައި ނިއު އަށް ލީޑު ނަަގައިދިނީ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ގަލާޑޯ އަރިމަތިން ނަގައިދިން ބޯޅަ ހަމްޕު ވަނީ ބޮލުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިންމާލީ 1-0 ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެއެވެ.

ނިއު އަށް ދެ ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 64 ވަނަ މިނިޓްގައި ސެންޓޭ އެވެ. އޭރިއާ ބޭރު ރޮނގުކައިރިން ދަގަނޑޭ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީ އަތުގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުރި ސެންޓޭ އަށެވެ.

ނިއުގެ ރިލޭ މެޗުގެ ތެރެއިން ގިނަ ފައުލްތަކެއް ކުރި ކަމުގައި ވީނަމަވެސް ރެފްރީ އޭނާއަށް ކާޑެއް ނުދެއްކުމާއި ގުޅިގެން ގްރީންގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ.

ނިއުގެ ތިން ވަނަ ލަނޑު މެޗުގެ 85 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ރަޝީދު (ހޮކޭ) އެވެ. އޭނާ މި ލަނޑު ޖެހީ ކޯނަރަކުން އައި ބޯޅައެއް ކުޅުންތެރިއެއްގައިގާ ޖެހި އޭނާ ވަރަށް ހުސްކޮށް ހުއްޓާލިބުމުން ވަރަށް ހަމަޖެހިލައިގެން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

މި މޮޅާއެކު ނިއު އެއް ވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް އަށް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، މި ދެ ޓީމު މާދަމާރޭ ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ނިއުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެ އެވެ.
ގުޅުންހުރި
ނިއުރޭޑިއަންޓަށް މިވަނީ ކިހިނެއް؟
26 ފެބްރުއަރީ 2017
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް ސުޒޭން
15 ފެބްރުއަރީ 2017
އީގަލްސްގެ ސެޑިކް ވިކްޓަރީއަށް ސޮއިކޮށްފި
2 ފެބްރުއަރީ 2017
މާޒިޔާގެ ކޯޗުކަމުން ސުޒޭން އިސްތިއުފާ ދީފި
26 ނޮވެންބަރ 2016
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]