2 Rasheh ge MIRA Collection Center Hulhuvaifi
vfp.mv
MIB
MIB
ދެ ރަށެއްގައި މީރާ ކަލެކްޝަން ސެންޓަރު ހުޅުވައިފި
inage
ދެ ރަށެއްގައި މީރާ ކަލެކްޝަން ސެންޓަރު ހުޅުވައިފި
  ވިޔަފާރި | އިގްތިސާދު | 19 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ދ ކުޑަހުވަދޫ އަދި ފ ނިލަންދޫ ގެ މީރާގެ ކަލެކްޝަން ސެންޓަރު މިއަދު ހުޅުވައިފިއެވެ. jausa
ކުޑަހުވަދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ގޮތުން ހެދުނު ބޭއްވި ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ދ. އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު ޝާފިއުއާއި ކުޑަހުވަދޫގެ ރަށު ކައުންސިލްގެ ރައީސް އަޙްމަދު ޝާމެވެ.

ހަވީރު ބޭއްވި ނިލަންދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ އޮފީސް ހުޅުއްވައިދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ފ އަތޮޅު ކައުންސިލްގެ ރައީސް އުމަރު ޒާހިރާއި ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޖަލީލެވެ.

ކުޑަހުވަދޫ އަދި ނިލަންދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސްދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައި ވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދިނުންކަމަށް މީރާއިން ބުނެއެވެ.

މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާކަމަށް މީރާއިން ބުނެއެވެ.
ގުޅުންހުރި
މީރާގެ މުވައްޒަފުން ކެއާ ސޮސައިޓީއަށް 52000 ރުފިޔާ ހަދިޔާ ކޮށްފި
20 އޭޕްރީލް 2018
ދިހަ މިލިއަންގެ އާމްދަނީ އެއް ލިބޭނަމަ އޮންލައިންކޮށް ބީ.ޕީ.ޓީ ބަޔާން ހުށަހެޅުން ލާޒިމް
12 އޭޕްރީލް 2018
މިދިޔަ މަހު މީރާއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
4 އޭޕްރީލް 2018
ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ރަށަކަށް 345 މިލިއަން ދައްކަން ހުކުމްކޮށްފި
1 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]