27 Aharahfahu Furathama Faharah Saudi ge Airline Akun Iraaqah Dhathurukohfi
vfp.mv
HM
HM
27 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުދީގެ އެއާލައިނަކުން އިރާގަށް ދަތުރުކޮށްފި
inage
ފްލައިނަސްގެ ފްލައިޓެއް
  ވިޔަފާރި | ދުނިޔެ | 19 އޮކްޓޯބަރ 2017 | 0 ކޮމެންޓް
ސައުދީގެ ކޮމާޝަލް އެއާލައިނަކުން، 27 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން އިރާގަށް ދަތުރުކޮށްފިއެވެ. muni
ސައުދީގެ ބަޖެޓް އެއާލައިނެއް ކަމުގައިވާ ފްލައިނަސް އިން، ވަނީީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުން އިރާގުގެ ވެރިރަށް ބަގުދާދަށް ދަތުރުކޮށްފައެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން ބުދަ ދުވަހު ކުރި ދަތުރުގެ ޓިކެޓް ވިއްކަން އިއުލާނުކޮށްފައިވަނީ ހަތް ޑޮލަރަށެވެ.

ފްލައިނަސް އިން ވަނީ ބަގުދާދަށް ދަތުރުކުރި ފަސިންޖަރުންނާއި ކެބިން ކްރޫންގެ ފޮޓޯއެއް ޓްވީޓްކޮށްފައެވެ.

ސައުދީ އަރަބިއްޔާ އިން އިރާގާއި ދެމެދު ކޮމާޝަލް ފްލައިޓް ދަތުރުން ހުއްޓާލީ 1990 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ދަތުރުތައް ހުއްޓާލީ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިން، ކުވައިތަށް، އިރާގު ސިފައިން އެރުމަށް އަމުރު ކުރެއްވުމުންނެވެ.

ސައުދީގެ ގައުމީ އެއާލައިން ސައުދިއާއިންވެސް ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ބަގުދާދަށް ދަތުރުތައް ފެށުމަށް ނިންމާފައެވެ.
ގުޅުންހުރި
ދައުވާއެއް ނެތި އިލުމުވެރިޔާ ސަލްމާން އަލް އައުދާ ހައްޔަރުގައި ހުންނަވާތާ 4 މަަސް
8 ޖެނުއަރީ 2018
ދިރިއުޅުމުގެ ހަރަދުތައް މައްޗަށް ދިއުމުން ރަސްގެފާނުގެ ހާއްސަ އިނާޔަތް އެންމެންނަށް
6 ޖެނުއަރީ 2018
ސައުދީ އާއި ޔޫއޭއީ އިން ވެލިއު އެޑެޑް ޓެކްސް ނަގަން ފަށައިފި
2 ޖެނުއަރީ 2018
ޒަމްޒަމް ވަޅު މަރާމާތު ކުރުމުގެ 36 އިންސައްތަ ނިންމާލައިފި
31 ޑިސެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]