Agu Bodukoh Diesel Gai Massalagaai Fenakaige Isveriegge Mahchah Dhauvaa Kuranee
vfp.mv
HM
HM
އަގުބޮޑުކޮށް ޑީސަލް ގަތް މައްސަލާގައި ފެނަކައިގެ ވެރިއެއްގެ މައްޗަށް ދައުވާ ކުރަނީ
inage
ފެނަކައިން ހިންގާ އިންޖީނުގެއެއް---
  ހަބަރު | | 19 އޮކްޓޯބަރ 2017 | 3 ކޮމެންޓް
ފެނަކައިން އަތޮޅު ތެރޭގެ ރަށްރަށަށް ކަރަންޓު ފޯރުކޮށް ދިނުމަށް ބޭނުންވާ ތެޔޮ އެސްޓީއޯ މެދުވެރިކޮށް ގަތުމަށް ނިންމާފައިވަނިކޮށް އެސްޓީއީއޯއަށް ވުރެ ބޮޑު އަގުގައި އަމިއްލަ ފަރާތްތަކުން ބައެއް ރަށްރަށަށް ތެޔޮ ގަތް މައްސަލާގައި ފެނަކަ ކުންފުނީގެ ޕްރޮކިއުމެންޓް ޑިޕާޓުމެންޓުގެ ޑައިރެކްޓަރުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. thegardens
ޕްރޮކިއުމެންޓު ހެޑްގެ މައްޗަށް ދައުވާ ކުރަނީ އެސްޓީއޯގެ އެފްއެސްއެމްއަށް ވުރެ ބޮޑު އަގުގައި ފެނަކައަށް ބޭނުންވާ ޑިސަލް ގަނެފައިވާތީއެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެގޮތަށް އަމިއްލަ ފަރާތްތަކުން ޑީސަަލު ގަތުމަށް ހުއްދަ ދީ އޭނާ ސޮއިކޮށްފައިވާ އިރު ވަޒީފާގެ ބަޔާނުގައި ވެސް އެ ކޯޕަރޭޝަނަށް ބޭނުންވާ މުދާ ހޯދަން ވާނީ ޕްރޮކިއުމެންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހެޔޮ އަގު ހުށަހަޅާ ފަރާތަކުން ކަމަށް ބަޔާންކޮށްފައިވެއެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ފެނަކައަށް ބޭނުންވާ ޑީސަލް އެސްޓީއޯ މެދުވެރިކޮށް ގަތުމަށް އެކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާ އެގޮތަށް ވަނީ އަންގާފައެވެ. އަދި އެގޮތަށް އަމަލު ކުރަމުންދާ ކަމަށް ފެނަކައިން ވެސް ވަނީ އަންގާފައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އޮގަސްޓު 15 އާއި ހަމައަށް ދެކުނުގެ ހަތަރު އަތޮޅާއި، ދ.ކުދަހުވަދޫއާއި، ހދ.ކުޅުދުއްފުއްޓަށް ބޭނުންވާ ޑީސަލު ގަނެފައިވަނީ އެފްއެސްއެމްއަށް ވުރެ އަގުބޮޑުކޮސް އަމިއްލަ ފަރާތަކުންނެވެ. އެއީ އޭސީސީން ތަހުގީގު ހިންގި މުއްދަތެވެ.

އެ މައްސަލާގައި ޕްރޮކިއުމެންޓު ޑިޕާޓުމެންޓުގެ ޑައިރެކްޓަރުގެ މައްޗަށް އެހެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދާ ދިނުމުގެ ދައުވާގެ އިތުރުން އެ މުއްދަތުގައި ކުންފުންޏަށް އެކަމުން ގެއްލުންވެފައިވާ 1027370 ރުފިޔާ އޭނާގެ އަތުން ހޯދަން ވެސް ދައުވާ ކުރުމަށް އޭސީސީން އެދިފައިވެއެވެ.
ގުޅުންހުރި
އައްޑޫއަށް އިރުއެރީ ކަރަންޓް ނެތި
26 އޮކްޓޯބަރ 2017
ފެނަކަ މުވައްޒަފުން ޕީޕީއެމް ޖަލްސާއަށް ދާއިރު ކާޑު ގެންދަން ޖެހޭ
19 އޮކްޓޯބަރ 2017
އައްޑޫއަށް ގެންދިޔަ ދެ ޖަނަރޭޓަރ އިންސްޓޯލް ކޮށްފި
12 އޮކްޓޯބަރ 2017
ހިޔާލު

ރާކަނި
ކޮބައިތޯ އެހެން ހުރިހާ އަތޮޅުތަކެއް އަދި ތިޔަ ބުނާ ބޮޑު އަގުގައި ތެޔޮ ގަނެފައިވަނީ 1 މޭ 2017 އާއި ހަމައަށް އުމުއްތަށްވީ ކިހިނެތްތޯ؟ ވަކިހިސާބުން ލަފުގައިހިފާ ހިއްލާލީތޯ ހުއްޓާލީ.
މިސްރު
މިވެސް މިހާރު ޖަލްސާއަށް ގެންދަން ކުރާ ކަމެއްދޯ.
މޯޑޭ
ޢެއް މިލިޔަންތޯ ފެނަކާ އަށް ގެއްލުންވީ ؟ އެތައް މިލިއެނެއްގެ ފައިދާ ބަޔަކު އެކަމުން ނުނަގާތޯއެވެ. ؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]