Moosa ge Award Rilawan Mamma ah
vfp.mv
MIB
MIB
މޫސަގެ އެވޯޑް ރިލްވާން މަންމަ އަށް
inage
މޫސަ މިއަދު ރިލްވާންގެ މަންމައާއި އެކު: ފޮޓޯ އަނާ
  ހަބަރު | | 12 އޮކްޓޯބަރ 2017 | 0 ކޮމެންޓް
މޯލްޑިވްސް މިޑިއާއި ކައުންސިލް، އެމްއެމްސީން ރޭ ބޭއްވި އެވޯޑް ހަފްލާގައި 2016 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުނު މޫސާ ރަޝީދުގެ އެވޯޑް ގެއްލުވާލާފައިވާ އަހުމަދު ރިލްވާންގެ މަންމަ އަށް ހަދިޔާ ކޮށްފިއެވެ.
އަވަސް އޮންލައިންގެ ނޫސްވެރިޔާ މޫސާ ރަޝީދު ރިލްވާންގެ މަންމައަށް އެވޯޑް ހަދީޔާކުރީ މިއަދު ހަވީލު ރިލްވާންގެ އާއިލާ ދިރިއުޅޭ ގެއަށް ގޮސްއެވެ.

ރިލްވާންގެ މަންމަ މިއަދު ބުނީ މޫސަގެ އެވޯޑް ހަދިޔާ ކުރުމުން އިތުރު ހިއްވަރެއް ލިބިއްޖެ ކަމުގައެވެ. އަދި ރިލްވާން ގެއްލުވާލުމުގެ އަޑީގައި ތިބި މީހުން އިންސާފްގެ ކުރިމައްޗަށް ގެނެއުމަށް ކުރާމަސައްކަތަށް ޝުކުރު އަދާ ކުރާ ކަމުގައެވެ.

ރިލްވާނަށް ވީނުވީއެއް ނޭނގި ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ރޭ އެވެ.

ރިލްވާން އެ ރޭ މާލޭގައި އުޅެފައި ހުޅުމާލެ ޓާމިނަލަށްދާއިރު އޭނާއަށް ބަޔަކު ފާރަލަމުންދާ ކަން ސީސީޓީވީ ފުޓޭޖުތަކުން އެނގެއެވެ.

މިމައްސަލާގައި ބައެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، ދައުވާލިބޭ އެކަކު މަރުވެފައިވާކަމަށް މައުލޫމަތު ލިބޭކަމަށް ދައުލަތުންވަނީ ކޯޓްގައި ބުނެފައެވެ.

ގުޅުންހުރި
ރިލްވާނުގެ މައްސަލާގައި ދައުވާކުރި އެކަކު މަރުވެފައިވާކަމަށް ބުނެފި
21 ސެޕްޓެމްބަރ 2017
ރިލްވާން ގެއްލުވާލި މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ
19 ސެޕްޓެމްބަރ 2017
ރިލްވާން ގެއްލުވާލި މައްސަލާގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި
17 ސެޕްޓެމްބަރ 2017
ރިލްވާންގެ ހިނގާލުމުގައި ބައިވެރިވި ފުލުހުންގެ ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
14 އޯގަސްޓު 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]